Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯހިޔާވަހިކަން

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

ފަހި ދިރިއުޅުން ކޯޕަރޭޝަން އާއި ފްލެޓް ލިބުނު މީހުންނާއި ދެމެދު ހަދަމުންދަނީ ކުލީގެ އެއްބަސްވުމެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 2 އޯގަސްޓު 2025 | ހޮނިހިރު 19:36
މާލޭ ސިޓީ ކައުންސިލް މެމްބަރު ސައިފް ފާތިހު: ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމަށް ކަމަށް

މާލޭ ސިޓީ ކައުންސިލް މެމްބަރު ސައިފް ފާތިހު: ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމަށް ކަމަށް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގައި ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ އޮބިއަޅާ، ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން ކަމަށް މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ސައިފް ފާތިހު (އައިކޮ) ވިދާޅުވެއްޖެ އެވެ.

ސައިފް މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ "ޓީވީ ޓޯކް" ޝޯވް ގައި ވާހަކަދައްކަވަމުން ނެެވެ.

Advertisement - newsAdvertisement

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކުރިއަށްގެންދިޔަ "ގެދޮރުވެރިޔާ"ގެ ފްލެޓްތަކުގެ އެއްބަސްވުން މިހާރު އެކުލަވާލަމުން ދަނީ މިލްކުވެރިފަރާތާއި މެދު އޮޅުން އަރާ ގޮތަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

އެގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަން އާއި ފްލެޓް ލިބުނު މީހާ އާއި ދެމެދު ހަދަމުން ދަނީ "ޔުނިޓް ކުއްޔަށް ދިނުމާއި މިލްކް ކުރުމުގެ އެއްބަސްވުން" ކަމަށް ވުމާއި އެކު އެއީ ކުލީގެ އެއްބަސްވުމެވެ. އޭގެ ދަށުން ރަށްވެހިކަމުގެ ރެޖިސްޓްރީ ނުހެދޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އެކަމަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން ސައިފް ވިދާޅުވީ ރާއްޖޭގައި މިވަގުތު ސޯޝަލް ހައުސިންގ ގާނޫނެއް ނެތް ކަމަށާއި އެހެން ކަމުން ސީދާ ސޯޝަލް ހައުސިންގ ސްކީމެއްގައި އަމަލުކުރަން ޖެހޭނެ އިޖުރާއަތްތައް ކަނޑައެޅިފައި ނެތް ކަމަށެވެ.

އެހެން ކަމުން ގާނޫނީ ގޮތުން ނެތް ކަމެއް ކުރަން އެންޕޯސް ކުރަން ކޯޓަށް ދެވެން ނޯންނާނޭ ކަމަށާއި ނަމަވެސް މިކަމުގައި މީހެއްގެ ހައްގަކަށް އުނިކަމެއް ލިބެންޏާ އެ ހައްގެއް ދިފާއުކުރަން ކޯޓަށް ދެވިދާނެ ކަމަށް ސައިފް ވިދާޅުވި އެވެ. އަދި އެއީ ވެސް ވަރަށް ޓެކްނިކަލް މަސައްކަތެއް ކަމަށާއި ފަހި ޔޫނިއަންގެ ފަރާތުން ގާނޫނީ ވަކީލުން އެމަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައިފް ވިދާޅުވީ ސިޓީ ކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން ފްލެޓް މައްސަލާގައި އެތައްބަޔަކާއި ބައްދަލުކުރެވިފައިވާ ކަމަށާއި އެހެން ކަމުން މިކަމުގައި ގާނޫނީ ފަރުވާ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.ނަމަވެސް އަދި މިވަގުތު ގިނަބަޔަކު ގޮވައިގެން މި މައްސަލާގައި ކޯޓަށް ދެވެން އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ސައިފް ވިދާޅުވި އެވެ.

ސައިފް ވިދާޅުވީ މިވަގުތު ކޯޓަށް މި މައްސަލާގައި ނުދެވުނު ނަމަވެސް ކުރިއަށް އޮތް ތަނުގައި ކޯޓަށް ވެސް ދާނޭ ކަމަށެވެ. އަދި ސަރުކާރުން ބޭނުންހާ އެއްޗެއް ހަދަން ފުރުސަތު ދީގެން މަޑުން ނުތިބޭނޭ ކަމަށާއި ސަރުކާރަށް މިކަން ހިންދާލައިގެން ސަލާމަތުން ނުތިބޭނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުލި ނުދައްކާ ފަރާތްތަކަށް ބޮޑު އަދަދަކުން ޖޫރިމަނާ ކުރާގޮތަށް އޮތް އޮތުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ސައިފް ވިދާޅުވީ މިވަގުތު އަސާސީ ބޯހިޔާވަކިން ލިބިފައި ތިބި ނިކަމެތި މީހުންގެ އަތުން އެންމެ 3000 ނުވަތަ 4000 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ނަގަން އެ ވިސްނަނީ ސަރުކާރަށް ގޮތްހުސްވީމަ ކަމަށެވެ. އެހެން ނޫން ނަމަ ސަރުކާރަކަށް އެވަރުގެ އަދަދެއް ބޭނުން ވެގެން އުޅެން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނާ ކަމަށް ސައިފް ވިދާޅުވިއެވެ.

ސައިފު ވިދާޅުވީ މި ސަރުކާރުން ފައިސާ ބޭނުމިއްޔާ އާމްދަނީ ހޯދޭނެ ގޮތްތައް އެބަހުރި ކަމަށާއި ނަމަވެސް މި ސަރުކާރުން ވިސްނަމުން އެ ގެންދަނީ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމަށް ކަމަށެވެ.

މިދެން ކިހާދެރަކަމެއް. ކިހާ ފައިސާއެއްތޯ މި ސަރުކާރުން ބޭނުންވެގެން މިއުޅުއްވަނީ. އަސާސީ ބޯހިޔާވަހިކަމުގެ ހައްގު ލިބިފައިވާ މީޙުންގެ އަތުން އެންމެ 3000 ނުވަތަ 4000 ރުފިޔާ ނުލިބިގެން އެ އުޅުއްވަނީ.. މިހާރު މުވައްޒަފުންނަށް މުސާރަ ދެވޭވަރުވެސް ނެތީތޯއޭ.. އެހާވަރަށް ސަރުކާރު ޑެސްޕެރޭޓް ވެގެން އެ އުޅުއްވަނީ.. ބަލަ އާމްދަނީ ހޯދަން ބޭނުންނަމަ އިތުރު ގޮތްތައް ވެސް އެބަ ހުއްޓޭ.. އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދަން އެ އުޅުއްވަނީ.
މާލޭ ސިޓީ ކައުންސިލް މެމްބަރު ސައިފް ފާތިހު

ފާތިހު އިތުރަށް ވިދާޅުވީ މި ސަރުކާރުގެ ބޮޑޭުންނަށް، އަގުބޮޑު ކާރުކޮޅުގައި މަހަކު މުސާރައިގެ ގޮތުގައި ލައްކައެއްހާ ރުފިޔާ ލިބޭ ބޭފުޅުންނަށް ލާރީގެ ގޮތުން ދަތި ކަމެއް އިހުސާސް ނުވެދާނެ ކަމަށާއި ނަމަވެސް އެންމެ 7 ހާސް ނުވަތަ 8 ހާސް މުސާރައަށް ލިބޭ އާންމު ނިކަމެތި މީހާއަތުން ޖޫރިމާނާއޭ ކިޔާފަ އެތައް ހާސް ރުފިޔާއެއް ނަގާއިރު ލަދެއް ހަލާތެއް މި ސަރުކާރުގެ ބޭފުޅުންގެ ނެތް ކަމަށެވެ.

ރައީސް މުއިއްޒުޑިމޮކްރެޓްސްގެ ކައުންސިލް މެމްބަރު ސައިފު ފާތިހު (އައިކޮ)ގެދޮރުވެރިންސޯޝަލް ހައުސިންގމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރމާލޭ ސިޓީ ކައުންސިލްމިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ.ޢަބްދުالله މުއްތަލިބު

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު