Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފްލެޓް ލިސްޓު މައްސަލަ

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް

ފްލެޓް ލިބޭ ފަރާތްތައް މިނެކިރުމުގައި އެއްވެސް ހަމައެއް ނެތް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 2 އޯގަސްޓު 2025 | ހޮނިހިރު 15:38
ސައިފް ފާތިހު ޓީވީ ޓޯކް ޝޯވްގައި ވާހަކަދައްކަވަނީ: ޝައިފް ވިދާޅުވީ މި ސަރުކާރުން ފްލެޓް ލިސްޓްގެ ކަންކަން ސިއްރުކުރައްވަނީ ބޭނުން ބަޔަކަށް ފްލެޓް ދޭއްކަމަށް

ސައިފް ފާތިހު ޓީވީ ޓޯކް ޝޯވްގައި ވާހަކަދައްކަވަނީ: ޝައިފް ވިދާޅުވީ މި ސަރުކާރުން ފްލެޓް ލިސްޓްގެ ކަންކަން ސިއްރުކުރައްވަނީ ބޭނުން ބަޔަކަށް ފްލެޓް ދޭއްކަމަށް

ރައީސް މުއިއްޒުގެ މި ސަރުކާރުން 4000 ފްލެޓް ލިބޭ ފަރާތްތަކަށް މިނެކިރުމުގައި އެއްވެސް ހަމައެއް ނެތް ކަމަށާއި މަސައްކަތް ކުރަނީ ވީހާ ވެސް ގިނަ ބަޔަކު ފެލެޓް ލިސްޓުން ކަޓުވާލަން ކަމަށް މާލެސިޓީ ކައުންސިލުގެ މެންބަރު މުހައްމަދު ސައިފް ފާތިހް ވިދާޅުވެއްޖެއެވެ.

ފާތިހު މިފަދައިން ވިދާޅުވީ ރާއްޖެޓީވީގެ "ޓީވީ ޓޯކް" ޝޯވް ގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ސައިފް ފާތިހު ވިދާޅުވީ 4000 ފެލްޓް ލިބޭ މި ޕްރޮގްރާމް އަކީ ކޮމާޝަލް ޕްރޮގްރާމެއް ނޫން ކަމަށާއި މިއީ އެތައް ހާސް ބަޔަކު ކުރިމައިލައިގެން އުޅޭ ސޯޝަލް ހައުސިންގ ޕްރޮގްރާމެއް ކަމަށެވެ. އަދި އެ ފްލެޓް ބެހުމުގައި އެންމެ އަސާސީ ކަމެއްގެ ގޮތުގައި ބެލެވޭ ކަމަކީ އެ ފްލެޓް ލިބޭ ފަރާތްތަކާއި އެ ފަރާތަށް ލިބޭ ޕޮއިންޓް ތަކުގެ ތަފްސީލް އެނގެން އޮތުން ކަމުގައި އޭނާ ވިދާޅުވީ އެވެ.

4000 ފެލްޓް ޕްރޮގްރާމަކީ ކޮމާޝަލް ޕްރޮގްރާމެއް ނޫނޭ އިނގޭތޯ. މިއީ ސޯޝަލް ހައުސިންގ ޕްރޮގްރާމެއް. އޭގެ މާނައަކީ އެތައް ހާސްބަޔަކު ކޮމްޕީޓު ކުރެއޭ މި މަދު 4000 ފްލެޓަށް. މިސާލަކަށް ތިބޭފުޅާ އާއި އަޅުގަނޑު ކުރިމަތިލާފަ މިއޮތީ ފްލެޓަށް، އަޅުގަނޑަށް ނުލިބި ތިބޭފުޅާއަށް ލިބުނީ، އެހެން ނަމަވެސް އަޅުގަނޑު އެބަ އެނގެން ބޭނުންވޭ ކީއްވެތޯ ތިބޭފުޅާއަށް ފްލެޓް ލިބުނީ، ކިތައް ޕޮއިންޓް ތޯ ތިބޭފުޅާއަށް ލިބުނީ. އެހެން ވީމާ އެއީ އެންމެ އާސާސީ ކަންތައް. އެނގެން ޖެހޭ ކަންތައް
މާލެސިޓީ ކައުންސިލުގެ މެންބަރު މުހައްމަދު ސައިފް ފާތިހް

ސައިފް ވިދާޅުވީ ފްލެޓް ތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބުނަސް އަދި ނުލިބުނަސް އެ ފަރާތްތަކަށް ޕޮއިންޓު ލިބިފައި ހުރި ތަރުތީބާއި އޭގެ ތަފްސީލް އެނގެން ޖެހޭ ކަމަށެވެ.

ނޫން ނަމަ ފްލެޓް ލިބޭ މީހުންނާއި ނުލިބޭ މީހުން ވެސް ވަކި ނުކުރެވި މައްސަލަތަކެއް އޭގެން ކުރިމަތި ވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ލިސްޓަށް މި ސަރުކާރުން އިތުރު ބަޔަކު ހިމަނައިގެން އެބަޔަށް ފްލެޓް ދިނަސް ނޭނގޭ ނެ ކަމަށް ވެސް ފާތިހު ވިދާޅުވި އެވެ.

ސައިފް ފާތިހު ވިދާޅުވީ މިކަން މި ކުރައްވަނީ ސިއްރިއްޔާތުގައި ސަރުކާރުން ބޭނުންވާ ގޮަތަށް ކަންކަން ކުރަން ކަމަށާއި އެއީ މީގެ ކުރިން ވެސް ކަންތައް ކޮށްފައި އޮތް ގޮތް ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ހިޔާ ފްލެޓު ލިބުނު ފަރާތްތަކުގެ ޕޮއިންޓް އާންމު ނުކުރައްވާ ކަމަށާއި އެންމެ ފަހުން އެ ލިސްޓު ލިބުނު އިރު، ޕޮއިންޓް ދީފައި ހުރީ ރަނގަޅަށް ނޫން ކަން އެނގިފައިވާ ކަމަށެވެ.

ހައުސިންގ މިނިސްޓަރ އަބްދުﷲ މުއްތަލިބު 4000 ފްލެޓް ލިބޭ މީހުންގެ ނަން ސިއްރުކުރައްވާ ކަން ފާހަގަކުރައްވާ ސައިފް ވިދާޅުވީ އެބޭފުޅާ އެކަން ކުރައްވަން ޖެހޭ އެއް ވެސް ސަބަބެއް ނެތް ކަމަށެވެ.

ސައިފް ވިދާޅުވީ 4000 ފްލެޓް ނިމި ދިއަ ސަރުކާރުން ދޭން ނިންމާފައި އޮތް ގޮތަށް ދޭން މި ސަރުކާރުން ބުނާއިރު، އޭގެއިން ސިއްރުކުރަން ޖެހޭ އަދި ފޮރުވަން ޖެހޭ އެއްވެސް އެއްޗެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އަދި 4000 ފްލެޓް ލިސްޓުން ބައެއް އުނިކުރަން މި ސަރުކާރުން ބުނެފައިވާ ކަމަށާއި ނަމަވެސް ބަޔަކު އުނިކުރާކަމުގައި ވަނީ ވިއްޔާ އުނިކުރާ ފަރާތްތަކުގެ ނަންތަކާއި، އެބަޔަކު އުނިކުރި ސަބަބެއް ވެސް އެނގެން ޖެހޭ ކަމަށް ސައިފް ވިދާޅުވިއެވެ.

ރައީސް މުއިއްޒުޑިމޮކްރެޓްސްގެ ކައުންސިލް މެމްބަރު ސައިފު ފާތިހު (އައިކޮ)މާލޭ ސިޓީ ކައުންސިލްސޯޝަލް ހައުސިންގހިޔާ ފްލެޓްބޯހިޔާވަހިކަން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ.ޢަބްދުالله މުއްތަލިބު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު