Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޑިމޮކްރަސީ އާއި އެކު ހޯދި ލާމަރުކަޒީ ނިޒާމް ދޫކޮށް، ކަތީބު ނިޒާމާއި ދިމާލަށް؟

މި ވެރިކަމުގައި ކައުންސިލްތައް ނިކަމެތިކޮށްލައިފިއެވެ. މަޑުމަޑުން ލާމަރުކަޒީ ނިޒާމާއި ދުރަށް ޖެހި ކަތީބު ނިޒާމުގެ ސިފަތައް ދަނީ ފެންނަމުންނެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 އޯގަސްޓު 2025 | އަންގާރަ 15:01
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުއިއްޒު، މީގެ ކުރިން ވެސް ވަނީ ލާމަރުކަޒީ ނިޒާމާ ދެކޮޅަށް އެތައް ކަމެއް ކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުއިއްޒު، މީގެ ކުރިން ވެސް ވަނީ ލާމަރުކަޒީ ނިޒާމާ ދެކޮޅަށް އެތައް ކަމެއް ކުރެއްވި

ކައުންސިލްތަކާއި، ކައުންސިލް ނިޒާމްގެ މަތިން ބައެއް ވެރިން ހަނދާން އާވަނީ އިންތިޚާބު ބޯމަތިވީމައެވެ. ޚާއްސަކޮށް ކައުންސިލް އިންތިޚާބާއި ދިމާކޮށް ލައްކަ ބައިވަރު ވާހަކަ ދައްކާ މަންޒަރު ފެނެއެވެ. އެކަމަކު ބަލާބެލުމަށް ލާމަރުކަޒީ ނިޒާމަކީ މިހާރު ވެރިކަމުގައި ތިއްބެވި ޕީއެންސީން މާ ގަޔާވާ ކަމެއް ކަމަކަށް ނުފެނެއެވެ.

މިހެން މި ބުނަން ޖެހެނީ ސަބަބެއް ނެތިއެއް ނޫނެވެ. އެހެންޏާ ފަހެ މިވެރިން ވެރިކަމަށް ވަޑައިގަތީ ތިމާމެންނަކީ ލާމަރުކަޒީ ނިޒާމްގެ ޗެމްޕިއަނުން ކަމަށް ދައްކައިގެންނެވެ. ތިމާމެންގެ ވެރި މީހާ އަކީ ލާމަރުކަޒީ ނިޒާމް މާ މޮޅަށް ދަންނަ މާ ބޮޑަށް ފަރިތަ ވެރިއަކު ގެންނަ ވާހަކަ މިވެރިން އައީ ދައްކަމުންނެވެ. އެހެންވީމަ ރައްޔިތުން ހީކޮށްގެން ތިބީ މިވެރިންގެ ވެރިކަން ވާނީ ލާމަރުކަޒީ ނިޒާމަށް ނިކަން ފަހި ނިކަން މުއްސަނދި ވެރިކަމަކަށް ކަމަށެވެ.

އެކަމަކު ކަންވެގެންދިޔައީ އެހެންތޯއެވެ؟ މި ވެރިކަން ވީ ލާމަރުކަޒީ ނިޒާމްގެ ކަންކަށިމަތީގައި ޖަހާލި ދިލަ އެތިފަހަރަކަށެވެ. ވާނީވެސް އެހެންތާއެވެ. މާ މޮޅު ލާމަރުކަޒީ ވެރިއަކު އައިސް މި ފެށީ މުޅި ނިޒާމް މަރުކަޒުކޮށް، އެކީ އެކައްޗަކަށް ނިޒާމް ހަފުސްކޮށްލާށެވެ.

އެކަމަކު އެއީ ވެސް ވެރިޔަކަށް ހުންނެވި މިހާގެ ފަތިފުށް ދަންނަ މީހުން މާކަ ހައިރާންވާނެ ކަމެއް ނޫނެވެ. އެހެނީ މި ވެރި މީހާ އަކީ މިއީ އެ މަނިކުފާނު ހައުސިން މިނިސްޓަރކަމުގައި ހުންނަވައިގެން ކައުންސިލްތަކުގެ ބާރުވެރިކަން ނަގާލި ބޭފުޅެކެވެ. މާލެސިޓީ ކައުންސިލްގެ ބާރުތައް ނަގަމުން ނަގަމުން ގޮސް އެންމެ ފަހުން އެ މަނިކުފާނު ކައުންސިލަށް ދޫކޮށްލީ ވިހާ މަރުވާ މީހުންގެ ދަފްތަރު ބެލެހެއްޓުމުގެ ޒިންމާ އެކަންޏެވެ.

ފުލުފުލުގައި އެކި ޤާނޫނުތަކަށް އިސްލާހު ގެންނަންވައިގެން މިހާރުވެސް ކުރައްވާ ކަމަކީ ކައުންސިލްތަކާއި ބާރުވެރިކަމާއި ވީހާވެސް ބޮޑަށް ދުރުކޮށްލުމެވެ. ފަޅެއް ފަރެއް އޮތިއްޔާ އެތަން ކައުންސިލްގެ އިހުތިސާސަށް ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. އިދާރީ އޮނިގަނޑުގެ މުޅި ކޮންޓްރޯލް ވެސް އެހާމެ ބޭނުމެވެ.

މުށުތެރެއިން ކިރިޔާ ވެސް ބާރެއް ދޫކޮށްލައްވައިފިއްޔާ ތިމަންމަނިކުފާނު ނިކަމެތިވެދާނެ ކަމަށް ހީވަނީތޯއްޗެކެވެ. އަދި އަމުދުން ކައުންސިލްތަކުން ކުރާ ޚަރަދަށް ފާރަވެރިވުމަކީ ފުރަތަމަ ދުވަހުން ފެށިގެން މި ވެރިކަމުގެ މޮޓޯ ކަމަށް އޮތީ ހަދާފައެވެ. ކައުންސިލްތަކުން ކުރާ ޚަރަދަނީ ދައުލަތުން ކުރާ ހޭދައިގެ 5% އަށް ވީ ނަމަވެސް އެންމެ ބޮޑަށް ބަލަން ވީ ވެސް ކައުންސިލްތަކުގެ މާލިއްޔަތެވެ. ޚަރަދުބަރަދު ކުރާ ގޮތަށް އެންމެ ބޮޑު ފާޑެއް ކިޔަންވީ ވެސް ހަމަ ކައުންސިލްތަކަށެވެ.

ސިއްރުން ދެއްކި ވާހަކަ ފާޅުގައި ދައްކާ އިސާހިތަކު ކައުންސިލަރުން މަދުކުރުމުގެ ވާހަކަ ވެސް ފެށީ ހަމަ މި ވެރިކަމުގައި މި ވެރި މީހާއެވެ. ކައުންސިލްތަކުގެ އަދަދު މަދުކުރުމުގެ ވާހަކައިން ފެށިގެން ސިޓީތަކުގެ އަދަދަށް ބަދަލު އަންނަ ފަދަ އެތައް ކަމެއްގެ ވާހަކަ މި ވެރިކަމުގެ އިސް ފަޑީގައި އެބަދައްކައެވެ.

ޖުމްލަކޮށް މި ދައްކާ ވާހަކައިން އަޅުގަނޑަށް ދޭހަވީ ކަމަކީ މި ބޭފުޅުން ހަގީގަތުގައި ބޭނުމީ ރައީސް ވިދާޅުވީމަ "އާދެ ލައްބަ" ކިޔާނެ ބައެއްކަމެވެ. ކޮންމެހެނަކުން ރައްޔިތަކަށް ހެވެއް އެދިގެން ލާމަރުކަޒީ ނިޒާމް ދެކެ ލޯބިން އުޅުއްވާ މަންޒަރެއް ހިލާ ނުފެނެއެވެ. މިހެން ދަމުން ދަމުން ގޮސް ރައީސް އައްޔަންކުރައްވާ ކައުންސިލަރުން ތިއްބަވާ މަންޒަރު ފެނުނަސް މިހާރު ދެން އަޅުގަނޑު ހައިރާނެއް ނުވާނެއެވެ. މިސްރާބު ވަރަށް ސާފެވެ. އިންތިޚާބު ކުރިއަސް ނުކުރިއަސް ކައުންސިލަރުން މި ގެންދަނީ ކަތީބި ނިޒާމާއި ދިމާލަށެވެ. އެވެރިން ކުރިއަށް އޮތްތާ ވާނީ ނަމެއް އޮތަސް ކަމެއް ނެތް ކަތީބުންނަށެވެ.

ކައުންސިލުތައްލާމަރުކަޒީ ނިޒާމުޕީއެންސީމާލޭ ސިޓީ ކައުންސިލްކަތީބީ ނިޒާމްމަޖިލިސް އިންތިޚާބު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު