Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބެންގާޒީގެ ޖަނަވާރުންގެ ހޮސްޕިޓަލް

ޖަނަވާރުންނަށް ހާއްސަ ހޮސްޕިޓަލާއެކު ބެންގާޒީގެ ޖަނަވާރުން ގެންގުޅޭ މީހުންނަށް ބޮޑު އުފަލެއް

މަގުމަތީގައި ބަލިވެފައި ތިބޭ ޖަނަވާރުންނަށް ހިލޭ ފަރުވާދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 މާރިޗު 2022 | ހުކުރު 05:29
ބެންގާޒީގައި އަލަށް ހުޅުވި ޖަނަވާރުންގެ ހާއްސަ ހޮސްޕިޓަލުގައި އެތަނަށް ވިހެއި ބުޅާތަކަކަށް ސިރިންޖުން ކިރު ދެނީ

ބެންގާޒީގައި އަލަށް ހުޅުވި ޖަނަވާރުންގެ ހާއްސަ ހޮސްޕިޓަލުގައި އެތަނަށް ވިހެއި ބުޅާތަކަކަށް ސިރިންޖުން ކިރު ދެނީ

ހަނގުރާމައާއި އެތެރޭގެ ހަމަނުޖެހުންތަކަށް އަހަރުތަކެއް ވެފައިވީނަމަވެސް، ލީބިޔާގެ ބެންގާޒީގައި އޮޅު ޖަނަވާރު ގެންގުޅޭ މީހުންނަށް ހިތްހަމަޖެހުމެއް ލިބި އުއްމީދެއް ގެނުވާފައިވަނީ އެ ސަހަރުގައި އަލަށް ހުޅުވި ޖަނަވާރުންގެ ހޮސްޕިޓަލް ނުވަތަ ވެޓެރިނަރީ ހޮސްޕިޓަލާއެކުގައެވެ. މިއާއެކު އެމީހުންނަށް އޮޅު ޖަނަވާރުތަކަށް ބޭނުންވާ ސިއްހީ ފަރުވާ ލިބިގެންދާނެއެވެ.

އަލް-ރަވާސީ އަކީ ލީބިޔާގެ އިރުމަތީގައި އަލަށް ހުޅުވުނުން ޖަނަވާރުންނާއި ބެހޭ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލު ކަމަށް ޑޮކްޓަރުންނާއި އޮޅު ޖަނަވާރު ގެންގުޅޭ ފަރާތްތަކުން ބުނެއެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހުޅުވި މި ހޮސްޕިޓަލަށް މިހާތަނަށް އައި އިރު، ބުޅާ، ކުއްތާ އަސް އަދި މިނިކާވަގަށް ވަނީ ފަރުވާދީފައެވެ.

ޖަނަވާރުން ގެންގުޅޭ ފަރާތްތަކުން ބުނެފައިވަނީ ބެންގާޒީގައި މި ހދުމަތް ލިބުމުން ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށެވެ. މީގެ ކުރިން ޖަނަވާރެއް ބަލިވެއްޖެ ނަމަ ފޮނުވަން ޖެހެނީ އެހެން ސަހަރުތަކުގެ ހޮސްޕިޓަލްތަކަށް ނުވަތަ ކުޑަ ކްލިނިކުތަކަށް ކަމަށާއި، އެކަމުގެ ސަބަބުން ބޮޑު ހަރަދެއް ދާ ކަމަށެވެ. އަދި އެ ތަންތަނުން އެންމެ އެކަށީގެންވާ ހިދުމަތެއް ނުލިބޭ ކަމަށެވެ.

ހޮސްޕިޓަލުން ހިދުމަތްދެނީ އަގުދައްކައިގެންނެވެ. ނަމަވެސް އޮޅު ޖަނަވާރު ނޫން އެހެންޖަނަވާރުތަކަށް ހޮސްޕިޓަލުން ހިލޭ ފަރުވާދެއެވެ.

އެތެރޭގެ ހަމަނުޖެހުންތަކާއި ހަނގުރާމައާއި ގުޅިގެން ބެންގާޒީގެ ސިއްހީ ދާއިރާއަށް ވަނީ ބޮޑެތި ލޮޅުންތަކެއް އައިސްފައެވެ. ހަނގުރާމައާއި ހަމަނުޖެހުންތަކުގައި ސިއްހީ ފަރުވާދޭ ތަންތަނަށް ބޮން އަޅާ އެތަންތަނަކީ ހަނގުރާމަވެރިން ފިލަން ބޭނުންކުރާ ތަންތަން ގޮތުގައި ބޭނުންކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ބަލި މީހުންނަށް ފަރުވާ ދިނުމުގައި ގޮންޖެހުންތަކެއް ދިމާވެފައިވާ އިރު، ފަރުވާ ހޯދުމަށް ހަރަދު ކުރުން ވެސް ވަނީ ތަކުލީފަކަށް ވެފައެވެ.

މީގެ އިތުރުން ކޮވިޑް ފެތުރެން ފެށުމާއެކު، ބެންގާޒީގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އިތުރު ފިއްތުންތަކާއި ކުރިމަތިލާން ޖެހިފައިވާ އިރު، އައިސީޔޫ އެނދާއި ވެންޓިލޭޓަރުގެ ދަތިކަން ވެސް އިންތިހާއަށް ވަނީ ކުރިމަތިވެފައެވެ.

ބެންގާޒީގެ އާންމު މީހަކަށް އޭނާގެ ސިއްހީ ފަރުވާ ހޯދުމަށް ނުކުޅެދިފައި ވީނަމަވެސް، ޖަނަވާރު ގެންގުޅޭ ފަރާތްތަކަށް މިހާރު ވަނީ އެމީހުންގެ ޖަނަވާރުންތަކަށް ރަނގަޅު ހިދުމަތެއް ދޭނެ ބަޔަކު ތިބިކަން ކަށަވަރުވެފައެވެ.

ޖަނަވާރުންގެ ހާއްސަ ޑޮކްޓަރުބެންގާޒީލީބިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
"ދެބަފައިންގެ ހިލަމެއް، ނިޝާނެއް ނެތް... ދެމައިން އަދިވެސް އެތިބީ ރޯލަރޯލާ، ދިރި ތިއްބާ ފެންނާނެކަމުގެ ޢުއްމީދުގަ"

"ދެބަފައިންގެ ހިލަމެއް، ނިޝާނެއް ނެތް... ދެމައިން އަދިވެސް އެތިބީ ރޯލަރޯލާ، ދިރި ތިއްބާ ފެންނާނެކަމުގެ ޢުއްމީދުގަ"

05 އޮކްޓޯބަރު 2023
"ލޯ ކުރިމަތިން އަމިއްލަ މަރު ފެނި، އުމުރުދުވަހު ދުށް ހުވަފެން ވިއްސިވިހާލި ވެއްޖެ"

"ލޯ ކުރިމަތިން އަމިއްލަ މަރު ފެނި، އުމުރުދުވަހު ދުށް ހުވަފެން ވިއްސިވިހާލި ވެއްޖެ"

19 ސެޕްޓެމްބަރު 2023
ތޫފާން "ޑެނިއަލް" ގައި މަރުވި މީހުންގެ އަދަދު 11000ށްވުރެ މައްޗަށް

ތޫފާން "ޑެނިއަލް" ގައި މަރުވި މީހުންގެ އަދަދު 11000ށްވުރެ މައްޗަށް

17 ސެޕްޓެމްބަރު 2023
ތޫފާން ޑެނިއަލްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވީ ގޭގައި މަޑުކުރަން އެންގުމުގެ ސަބަބުންކަމަށް ކުރާ ތުހުމަތު، އޮފިޝަލުން ދޮގުކޮށްފި

ތޫފާން ޑެނިއަލްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވީ ގޭގައި މަޑުކުރަން އެންގުމުގެ ސަބަބުންކަމަށް ކުރާ ތުހުމަތު، އޮފިޝަލުން ދޮގުކޮށްފި

16 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު