Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެފްސީއެސްސީ މުވައްޒަފުން ތަމްރީންކުރުން

އެފް.ސީ.އެސް.ސީ މުވައްޒަފުންނަށް ހިންގި ތަމްރީނު ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ހަނދާނީ ލިޔުން ދީފި

މި ތަމްރީން ޕްރޮގްރާމްގައި 33 މުވައްޒަފުން ބައިވެރިވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 މާރިޗު 2022 | އަންގާރަ 08:07
ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރު (އެފް.ސީ.އެސް.ސީ) ތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން 3 ދުވަހުގެ މުއްދަތައް ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ހަނދާނީ ލިޔުންދީފިއެވެ.

މާޗް 3ން 5ށް ކުރިޔަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޛު ކުރުން އަވަސް ކުރުމަށް އެފް.ސީ.އެސް.ސީތަކުގެ މުވައްޒަފުންނަށް ފަންނީ މައުލޫމާތު ދިނުމާއި، މި މަސައްކަތް ކުރިއަށް ގެންދިޔުމަށް އަތޮޅު އަދި ރަށު ފެންވަރުގައި ކުރިއަށް ގެންދެވޭނެ ހަރަކާތްތައް ރޭވުމަށް މައުލޫމާތުދިނުމެވެ.

Advertisement - newsAdvertisement

ބީހައިވް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވާފައިވަނީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުޙައްމަދުދީދީ އެވެ.

މި ތަމްރީން ޕްރޮގްރާމްގައި ރާއްޖޭގެ އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ހުރިހާ އެފް.ސީ.އެސް.ސީ ހިމެނޭ ގޮތަށް 33 މުވައްޒަފުން ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި އެކްޒެކެޓިވް ޑިރެކްޓަރުން، އެސިސްޓަންޓް ޑިރެކްޓަރުން އަދި ފަންނީ މުވައްޒަފުން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ޖެންޑަރ މިނިސްޓަރު ވިދާޅުވީ މަސައްކަތްތައް ލާމަރުކަޒު ކުރުމަށް ކުރާ މަސައްކަތުގައި އެފް.ސީ.އެސް.ސީ ތަކުގައި، އަތޮޅުތެރޭގައި ތިބޭ މުވައްޒަފުން ހާއްސަކޮށް އެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށްފައިވާ މުވައްޒަފުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެފް.ސީ.އެސް.ސީތަކުގެ ހުރިހާ މުވައްޒަފުން އިތުރަށް، ޖެންޑަރ ސެންސިޓައިޒޭޝަން ސެޝަންތައް ކުރިއަށް ގެންގޮސް އިތުރަށް މިންތީގެ ނަޒައްރިއްޔާތަކުން ވިސްނާ މަސައްކަތް ކުރުމަށް ބާރު އެޅުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ލާމަރުކަޒީ އުސޫލަކުން ތަންފީޒުކުރުމަށް އެފް.ސީ.އެސް.ސީތަކުގެ ދައުރު ވަރަށް ބޮޑުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ވަކިން ޚާއްސަކޮށް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއެކު މަސައްކަތް ކުރުމުގައި އެފް.ސީ.އެސް.ސީތަކުން ވިލަރެސްކޮށް މަސައްކަތް ކުރުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ޒިފްލީނާ ހަސަން ވިދާޅުވީ މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ދެއްވުމާއި ގުޅިން ލާމަރުކަޒީ އުސޫލުން އެ ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ ހުނަރާއި މައުލޫމާތު ދިނުން ކަމަށެވެ. މިއީ މި އަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން ހިންގުން ހަރަކާތެއް ކަމަށް ވިދާޅުވިއެވެ.

މި ތަމްރީން ޕްރޮގްރާމުގައި ހިއްސާކޮށްފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެފް.ސީ.އެސް.ސީތަކުގެ މުވައްޒަފުން މިމަހުގެ ނިޔަލަށް އަތޮޅު އަދި ރަށު ފެންވަރުގައި ފަންނީ މައުލޫމާތު ދިނުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިއެވެ.

ޖެންޑަރ މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

24 ނޮވެމްބަރު 2025
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

28 ސެޕްޓެމްބަރު 2025
ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

18 މާރިޗު 2025
ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ

ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ

09 އޮކްޓޯބަރު 2024
ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި

ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި

04 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު