Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ އަސަރުތައް

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ޝިޕިންގއަށް ބަދަލެއް ނާދޭ: ސެންކޯ ޝަރީފު

3 މާރިޗު 2022 | ބުރާސްފަތި 01:48

މި ހަނގުރާމަ ފެށިގެން ގާތްގަނޑަކަށް ހަފްތާއެއްވެފައި ވާއިރު، މީގެ ސަބަބުން ރާއްޖޭގެ ޝިޕިންގއަށް މިހާތަނަށް އެއްވެސް އަސަރެއް ކޮށްފައި ނުވޭ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 3 މާރިޗު 2022 | ބުރާސްފަތި 01:48
ކެޕްޓަން މުހައްމަދު ޝަރީފް

ކެޕްޓަން މުހައްމަދު ޝަރީފް | ރާއްޖެއެމްވީ

ރަޝިޔާ އާއި ޔޫކްރެއިންއާއި ދެމެދު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ދަތުރުކުރާ ބޯޓުތަކަށް ބަދަލެއް ނާންނަކަމަށް އެމްޕީއެލްގެ ޗެއާރމަން މުހައްމަދު ޝަރީފު (ސެންކޯ ޝަރީފު) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ ރަޝިޔާ އާއި ޔޫކްރެއިންއާއި ދެމެދު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޝިޕިންގއަށް މާބޮޑު އަސަރެއް ކުރާނެކަމަށް ލަފާ ނުުރެއްވޭ ކަމަށެވެ. ސަބަބަކީ ޤައުމުތަކަށް ދަތުރުކުރާ ބޯޓުތައް ސީދާ އެޤައުމަށް ނުގޮސް އެހެން ޤައުމުތަކުންލާފައި ދަތުރުކުރާތީ ކަމުގައި ޝަރީފު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝަރީފު ވިދާޅުވީ މި ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޝިޕިންގ ކުންފުނިތަކަށް ކުޑަ އަސަރެއް ކޮށްފާނެ ކަމަށެވެ. ނަމަވެސް މީގެ ސަބަބުން ބޮޑު ބަދަލެއް ނުވަތަ ދަތިތަކަކާއި ކުރިމަތިލާން ޖެހިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ޝަރީފު ވިދާޅުވިއެވެ. އެގޮތުން ދުނިޔެއަށް މުދާ ގެންދާ ބޮޑެތި ކުންފުނިތަކުން މިހާލަތަށް ވިސްނާ ޑައިވާޝަންތަކެއް ގެންގުޅޭނެކަމަށް ވިދާޅުވިއެވެ. އަދި ރަޝިޔާ އާއި ޔޫކްރެއިންއަށް ގެންދާ މުދާތައް ކައިރި އެހެން ޤައުމަކަށް ބޭލުމަށް ހަމަޖެހިފައިވާނެތީ މީގެ ސަބަބުން މުޅި ދުނިޔޭގެ ޝިޕިންގއަށް ބޮޑު އަސަރެއް ނުކުރާނެކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

މި ހަނގުރާމަ ފެށިގެން ގާތްގަނޑަކަށް ހަފްތާއެއްވެފައި ވާއިރު، މީގެ ސަބަބުން ރާއްޖޭގެ ޝިޕިންގއަށް މިހާތަނަށް އެއްވެސް އަސަރެއް ކޮށްފައި ނުވާކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދޭން ފެށުމާއެކު ޔޫކްރެއިންގައި ތިބި ރާއްޖޭގެ ރައްޔިތުން ހަންގޭރީއަށް ބަދަލުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ކޮށްފައެވެ. އެގޮތުން ޔޫކްރެއިންގައި ތިބި ހުރިހާ ދިވެހީން މިހާރު ވަނީ ހަންގޭރީއަށް ގެންގޮސްފައެވެ. އަދި ރަޝިޔާގައި ތިބި ދިވެހީންގެ ތެރެއިން މާލެއަށް އަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމުގެ މަސައްކަތްވެސް ފޮރިން މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

06 ޖުލައި 2026

ނޭޓޯ ސަމިޓުގައި ޓްރަމްޕް، ޒެލެންސްކީ އާއި އަލް ޝަރާއާ ބައްދަލު ކުރައްވަނީ

06 ޖުލައި 2026
ނޭޓޯ ސަމިޓުގައި ޓްރަމްޕް، ޒެލެންސްކީ އާއި އަލް ޝަރާއާ ބައްދަލު ކުރައްވަނީ
05 ޖުލައި 2026

ހަނގުރާމަ އަށް ޙައްލު ހޯއްދުމަށް އެހީތެރި ވާނެ ކަމަށް، ޓްރަމްޕް ޕުޓިން އަށް އަންގަވައިފި

05 ޖުލައި 2026
ހަނގުރާމަ އަށް ޙައްލު ހޯއްދުމަށް އެހީތެރި ވާނެ ކަމަށް، ޓްރަމްޕް ޕުޓިން އަށް އަންގަވައިފި
29 ޖޫން 2026

ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވާނެ ކަމަށް ޕުޓިން ވައުދުވެ ވަޑައިގެންފި

29 ޖޫން 2026
ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވާނެ ކަމަށް ޕުޓިން ވައުދުވެ ވަޑައިގެންފި
18 ޖޫން 2026

ސުލްހަ ޤާއިމު ކުރުމުގެ ނިޔަތެއް ރަޝިޔާގެ ކިބައިގައި ނެތް ކަަމށް ޖީ7 ގެ ލީޑަރު އެއްބަސްވޭ: މެކްރޮން

18 ޖޫން 2026
ސުލްހަ ޤާއިމު ކުރުމުގެ ނިޔަތެއް ރަޝިޔާގެ ކިބައިގައި ނެތް ކަަމށް ޖީ7 ގެ ލީޑަރު އެއްބަސްވޭ: މެކްރޮން
17 ޖޫން 2026

ޒެލެންސްކީއާ ބައްދަލު ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، ރަޝިޔާ އިން ސުލްޙައިގެ އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށް

17 ޖޫން 2026
ޒެލެންސްކީއާ ބައްދަލު ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، ރަޝިޔާ އިން ސުލްޙައިގެ އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށް
17 ޖޫން 2026

ރަޝިޔާގެ ތެލުގެ ވިޔާފާާރި އަށް ފިޔަވަޅު އަޅަން ތައްޔާރު: ޓްރަމްޕް

17 ޖޫން 2026
ރަޝިޔާގެ ތެލުގެ ވިޔާފާާރި އަށް ފިޔަވަޅު އަޅަން ތައްޔާރު: ޓްރަމްޕް
15 ޖޫން 2026

ޓްރަމްޕްގެ އުފަން ދުވަހު، ޕުޓިން އާއި ޒެލެންސްކީއާ ވަކިވަކިން މަޝްވަރާ ކުރައްވައިފި

15 ޖޫން 2026
ޓްރަމްޕްގެ އުފަން ދުވަހު، ޕުޓިން އާއި ޒެލެންސްކީއާ ވަކިވަކިން މަޝްވަރާ ކުރައްވައިފި
07 ޖޫން 2026

ސްޓާމަރ، މެކްރޮން، ޒެލެންސްކީ އަދި މާޒްގެ ބައްދަލުވުމެއް އިނގިރޭސިވިލާތުގައި

07 ޖޫން 2026
ސްޓާމަރ، މެކްރޮން، ޒެލެންސްކީ އަދި މާޒްގެ ބައްދަލުވުމެއް އިނގިރޭސިވިލާތުގައި
07 ޖޫން 2026

13 ގަޑިއިރުގެ ތެރޭގައި، ރަޝިޔާ އިން ޔޫކްރެއިންގެ 339 ޑްރޯން ހުއްޓުވައިފި

07 ޖޫން 2026
13 ގަޑިއިރުގެ ތެރޭގައި، ރަޝިޔާ އިން ޔޫކްރެއިންގެ 339 ޑްރޯން ހުއްޓުވައިފި
06 ޖޫން 2026

މިވަގުތު ޒެލެންސްކީއާ ބައްދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕުޓިން ވިދާޅުވެއްޖެ

06 ޖޫން 2026
މިވަގުތު ޒެލެންސްކީއާ ބައްދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕުޓިން ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް