Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ރަޝިޔާ

ރަޝިޔާގެ ތެލުގެ ވިޔާފާާރި އަށް ފިޔަވަޅު އަޅަން ތައްޔާރު: ޓްރަމްޕް

މީގެ ކުރިން ރަޝިޔާގެ ތެލާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އޮތް އެންމެ ބޮޑު ހުރަހަކީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުން. ނަމަވެސް، މިހާރު އެ ހާލަތު ބަދަލު ވެފައިވާ ކަމަށް ޓްރަމްޕް ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖޫން 2026 | ބުދަ 04:48
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އެމެރިކާއާއި އީރާންއާ ދެމެދު ގާއިމު ކުރި ސުލްހައިގެ އެއްބަސްވުމާ އެކު ހޯރްމޫޒް ކަނޑު އޮޅިން އަލުން ތެޔޮ އުފުލަން ފެށުމުން، ރަޝިޔާގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް އަލުން ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ގާބިލުކަން އެމެރިކާ އަށް މިހާރު ލިބިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޖީ7 ބައްދަލުވުމުގެ ތެރެއިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައި ކުރުމުގައި ހުރި ހުރަސްތައް ނެތި ގޮސް، ތެލުގެ މުއާމަލާތްތައް އާންމު ހާލަތަކަށް ރުޖޫއަވާން ފަށާފައިވާ ކަމަށެވެ. މީގެ ކުރިން ރަޝިޔާގެ ތެލާ ދެކޮޅަށް ހަރުކަށި ފިޔަވަޅު ތަކެއް އެޅުމަށް އޮތް އެންމެ ބޮޑު ހުރަހަކީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުން ނަމަވެސް، މިހާރު އެ ހާލަތު ބަދަލު ވެފައިވާ ކަމަށް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ.

އެމެރިކާގެ ސަރުކާރުން މިފަދަ ނިންމުމަކަށް މިސްރާބު ޖަހާފައި މި ވަނީ، އީރާން އާއެކު ވެވުނު ސުލްހައިގެ އެއްބަސްވުމުގެ ސަބަބުން މެދު އިރުމަތީގެ މަސްރަހު ފިނިވެ، ހޯރްމޫޒް ކަނޑު އޮޅިން ތެޔޮ އުފުލާ އުޅަނދު ފަހަރަށް އޮތް ނުރައްކާ ކުޑަވުމާ ގުޅިގެންނެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ބޭނުންވާ ތެލުގެ ސަޕްލައި މެދު ނުކެނޑި ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ވަނީ ބޮޑު ވެފައި އެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ، ރަޝިޔާގެ އިގްތިސާދުގެ މައިބަދަ އަކީ ތެލުގެ ވިޔަފާރި ކަމަށްވާ އިރު، އެ ގައުމާ ދެކޮޅަށް އަޅާ ފިޔަވަޅު ތަކުގެ ސަބަބުން ރަޝިޔާގެ އާމްދަނީ އަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށެވެ. އަދި މި ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ތައްޔާރީތައް އެމެރިކާގެ ކަމާ ބެހޭ އިދާރާ ތަކުން ވަމުންދާ ކަމަށާއި، ވަރަށް އަވަސް މުސްތަގުބަލެއްގައި މިކަމާ ގުޅޭ ރަސްމީ ނިންމުންތައް އިއުލާން ކުރައްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މި ސިޔާސަތުގެ ދަށުން ރަޝިޔާގެ ތެޔޮ ބޭރު ކުރުން ހުއްޓުވުމަށް އެމެރިކާ އިން މަސައްކަތް ކުރަމުންދާ އިރު، މިއީ ބައިނަލްއަގުވާމީ ސިޔާސީ މަސްރަހުގައި ރަޝިޔާ އަށް ދެވޭ ވަރުގަދަ އިގްތިސާދީ ހަމަލާއެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ސިފަ ކުރެ އެވެ.

އެމެރިކާގެ މި ނިންމުމާ އެކު ދުނިޔޭގެ ތެލުގެ ބާޒާރަށް އަތުވެދާނެ ބަދަލު ތަކަށް ގިނަ ގައުމު ތަކަކުން މިހާރު ދަނީ ފާރަވެރި ވަމުންނެވެ.

މަސްދަރު: އަލް ޖަޒީރާ

ރަޝިޔާރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިއާ-ޔޫއެސްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

16 ޖޫން 2026

ޕޫޓިންއަށް ފާޑުކިޔަމުންދިޔަ ރަޝިޔާގެ ކުރެހުންތެރިއަކު ޕޮލެންޑުގައި ބަޑިޖަހައި މަރާލައިފި

16 ޖޫން 2026
ޕޫޓިންއަށް ފާޑުކިޔަމުންދިޔަ ރަޝިޔާގެ ކުރެހުންތެރިއަކު ޕޮލެންޑުގައި ބަޑިޖަހައި މަރާލައިފި
16 ޖޫން 2026

އީރާންގެ އެއްބަސްވުމުގެ ދެ ވަނަ މަރުޙަލާ އަށް ތައްޔާރު: ޓްރަމްޕް

16 ޖޫން 2026
އީރާންގެ އެއްބަސްވުމުގެ ދެ ވަނަ މަރުޙަލާ އަށް ތައްޔާރު: ޓްރަމްޕް
16 ޖޫން 2026

ހުކުރު ދުވަހުގެ ކުރިން، އެމެރިކާ އާއި އީރާންގެ އެއްބަސްވުން ޓްރަމްޕް އާންމު ކޮށްފާނެ

16 ޖޫން 2026
ހުކުރު ދުވަހުގެ ކުރިން، އެމެރިކާ އާއި އީރާންގެ އެއްބަސްވުން ޓްރަމްޕް އާންމު ކޮށްފާނެ
16 ޖޫން 2026

އީރާން އެއްބަސްވުމުގެ ތަފްސީލު ހާމަ ކުރުމަށް، އެމެރިކާ ސެނެޓުގެ މެޖޯރިޓީ ލީޑަރު ގޮވާލައްވައިފި

16 ޖޫން 2026
އީރާން އެއްބަސްވުމުގެ ތަފްސީލު ހާމަ ކުރުމަށް، އެމެރިކާ ސެނެޓުގެ މެޖޯރިޓީ ލީޑަރު ގޮވާލައްވައިފި
16 ޖޫން 2026

ޓްރަމްޕްގެ އިތުރުން، ނައިބު ރައީސް ވޭންސް އާއި އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާާފް ވެސް އެއްބަސްވުމުގައި ސޮއި ކުރައްވައިފި

16 ޖޫން 2026
ޓްރަމްޕްގެ އިތުރުން، ނައިބު ރައީސް ވޭންސް އާއި އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާާފް ވެސް އެއްބަސްވުމުގައި ސޮއި ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު