Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރަޝިޔާއާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް

ކްރިޕްޓޯ ކަރަންސީއަށް ރަޝިޔާ ސަލާމަތްކޮށެއްނުދެވޭނެ

ފިޔަވަޅުތައް އަޅަމުންދަނީ ޕުޓިންއަށް ރަޝިޔާގެ 630 ބިލިއަން އެމެރިކާ ޑޮލަރުގެ ފޮރިން ރިޒަރވް ބޭނުންކުރުމުގެ ފުރުސަތު ވީހާވެސް ކުޑަކުރެވޭނެ ގޮތްތައް ބަލައިގެން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 1 މާރިޗު 2022 | އަންގާރަ 12:43
ރަޝިޔާއަށް އަޅަމުންދާ އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު، ރަޝިޔާގެ އިގުތިސާދު ނަގާ ކޮޅަށްޖެހޭނެ ގޮތެއް ހޯދަންޖެހޭ

ރަޝިޔާއަށް އަޅަމުންދާ އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު، ރަޝިޔާގެ އިގުތިސާދު ނަގާ ކޮޅަށްޖެހޭނެ ގޮތެއް ހޯދަންޖެހޭ

ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށުމާއެކު އެމެރިކާއާއި އެމެރިކާގެ ބައިވެރިން ވަނީ ރަޝިޔާއާ ދެކޮޅަށް އިގުތިސާދީގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. ރަޝިޔާގެ ސެންޓްރަލް ބޭންކާއި، އެކި ބޭންކުތަކާއި، ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންއާއި ޕުޓިންގެ އެންމެ ގާތް މީހުންނާއި، ރަޝިޔާގެ އެންމެ މުއްސަނދި މީހުންނަށެވެ. މިހެން ގޮސް މިލިސްޓް ކިތަންމެ ދިގުކޮށްވެސް ކީދާނެއެވެ.

އެމެރިކާ، އިނގިރޭސިވިލާތް، ޔޫރަޕިއަން ޔޫނިއަން އަދި ކެނެޑާއިން ވަނީ ހޯމަ ދުވަހު އިތުރު ފިޔަވަޅުތަކެއް ރަޝިޔާގެ ސެންޓްރަލް ބޭންކާއި ވެލްތު ފަންޑަށް އަމާޒުކޮށް އަޅާފައެވެ. އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ބުނާގޮތުގައި ފިޔަވަޅުތައް އަޅަމުންދަނީ ޕުޓިންއަށް ރަޝިޔާގެ 630 ބިލިއަން އެމެރިކާ ޑޮލަރިގެ ފޮރިން ރިޒަރވް ބޭނުންކުރުމުގެ ފުރުސަތު ވީހާވެސް ކުޑަކުރެވޭނެ ގޮތްތައް ބަލައިގެންނެވެ.

ސްވިފްޓު ޕޭމަންޓުން ރަޝިޔާގެ ބޭންކުތަކެއް އުނިކުރަން ނިންމި ނިންމުމާއެކު ރަޝިޔާގެ ކަރަންސީގެ އަގުވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ މާނައަކީ ބޭންކިންގ ސިސްޓަމް މެދުވެރިކޮށް ޓްރާންސްސެކްޝަންތައް ޓްރެކް ކުރެވުމެވެ. މީގެކުރިން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކުރިމަތިވެފައިވާ ދެ ގައުމު ކަމުގައިވާ އީރާނާއި އުތުރުކޮރެއާއިން ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް ފައިނޭންޝަލް ސިސްޓަމްގެ ތެރޭގައި ބޭނުންކުރަނީ ކްރިޕްޓޯކަރަންސީއެވެ.

ކޮއިންފަރމްގެ ފްރައުޑް އިންވެސްޓިގޭޝަން ހެޑް ރޯމަން ބިއެޑާ އަލްޖަޒީރާއާ ވާހަކަދައްކަވަމުން ވިދާޅުވީ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވެ ލިބިފައިވާ މުއްސަނދިކަން ފޮރުވުމަށް ކްރިޕްޓޯ ބޭނުންކުރެވޭނެކަމަށެވެ. ނަމަވެސް ކްރިޕްޓޯގެ މާހިރަކު އަލްޖަޒީރާއާ ވާހަކަދައްކަވަމުން ވިދާޅުވީ, އެ ހާލަތު, އިގުތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އެބަޔަކު ބޭނުންވާ ގޮތަށް ކަންކަން ނިންމުމުގެ ފުރުސަތު ކުޑަ, އަދި ޑިޖިޓަލް ކަރަންސީއަށް ދިޔުމުގައި ވަކި މިންގަނޑުތަކެއް ގެންގުޅޭ ގައުމެއްގައި ތަފާތުވާނެއެވެ. އެހެންކަމުން ކްރިޕްޓޯކަރަންސީއަށް އެކަނި ރަޝިޔާގެ އިގުތިސާދު މިފިޔަވަޅުތަކުން ސަލާމަތެއް ނުކުރެވޭނެއެވެ.

އުތުރުކޮރެއާ، ވެނެޒުއޭލާ އަދި އީރާނާ ޚިލާފަށް ރަޝިޔާއަކީ ބައިނަލްއަގުވާމީ ފައިނޭންޝަލް ސިސްޓަމްގެ އެތެރޭގައި އެތައް އަހަރުތަކެއް ހޭދަކޮށްފައިވާ ގައުމެކެވެ. ބްލޮކްޗެއިން އިންޓެލިޖެންސްގެ ކޮމްޕެނީގެ ފަރާތުން ވާހަކަދައްކަވަމުން އެރި ރެޑްބޮރޑް ވިދާޅުވީ, ރަޝިޔާގެ 80 އިންސައްތަ ފޮރިން އެކްސްޗޭންޖް ޓްރާންސްސެކްޝަންތަކާއި ބައިނަލްއަގުވާމީ ގޮތުން ކުރާ ވިޔަފާރިތަކުގެ ދެބައި ކުޅަ އެއްބައި މުއާމަލާތްކުރަނީ ޑޮލަރުންކަމަށެވެ.

ރެޑްބޮރޑް ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ކްރިޕްޓޯ, މޫވްކޮށް ބޭނުންކުރެވޭ ކަރަންސީއަކަށް ބަދަލުކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ފްރީޒްކޮށްފައިވާ އެތައް ބިލިއަން ޑޮލަރެއް ކްރިޕްޓޯ ބޭނުންކޮށްގެން ބޭނުންކުރެވޭ ގޮތަށް ބަދަލުނުކުރެވޭނެކަމަށް ރެޑްބޮރޑް ވިދާޅުވިއެވެ.

ނަމަވެސް ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް ކްރިޕްޓޯގެ ބޭނުން އަންނަނީ ކުރަމުންނެވެ. ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ކުރެވޭ މުއާމަލާތްތައް ހުންނަނީ އާންމުކޮށް ފެންނާށެވެ. އެގޮތުން ކޮންމެ ޓްރާންސްސެކްޝަނަކާއެކު އެ ޓްރާންސްސެކްޝަންގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އެޑްރެސް އާއެކު އެޓްރާންސްސެކްޝަނެއް އެނގިގެންދާނެއެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާތީ ސަރުކާރުތަކަށް ކްރިޕްޓޯ ފޮނުވަނީ ކޮންބައެއްކަން ދެނެއެއް ނުގަނެވޭނެއެވެ. ނަމަވެސް ފޮނުވާ އަދަދުތައް ފެންނާނެއެވެ. އެހެންކަމުން ބޮޑެތި އަދަދުތަކުން އެކްސްޗޭންޖްކުރާނަމަ އެކަމެއް މޮނިޓަރ ކުރެވޭނެއެވެ.

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ދާދިފަހުން ވަނީ ޑިޖިޓަލް ކަރަންސީއާއި ޕޭމަންޓްކުރެވޭ އިތުރު ޕްލެޓްފޯމުތަކުގެ ސަބަބުން އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ކުޑަވެދާނެކަމުގެ އިންޒާރު ދީފައެވެ.

އައު ޓެކްނޮލޮޖީއާއެކު ކުރީއްސުރެ ބޭނުންކުރަމުން އަންނަ ފައިނޭންޝަލް ސިސްޓަމްގެ ބޭރުން ފައިސާ ޓްރާންސްފަރ ކުރެވޭނެއެވެ. އެއާއެކު ދުނިޔޭގައި ޑޮލަރު އަދާކުރަމުން އަންނަ ދައުރު ކުޑަވެ އެހެން ޕޭމަންޓް ސިސްޓަމްތައް އުފެދި އެބޭނުންކުރުމުގެ މަގުފަހިވެގެންދާނެއެވެ.

ރަޝިޔާގެ ބޭންކުތައް ވަނީ ސްވިފްޓް ޕޭމަންޓުން އުނިކޮށްފައެވެ. އެއާއެކު ރަޝިޔާއަށް ޕޭމަންޓްތައް އަދާކޮށް ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް އިތުރުގޮތެއް ވަރަށް އަވަހަށް ބޭނުންވާނެއެވެ. އެހެންކަމުން ރަޝިޔާއާ ގާތްގުޅުމެއް އޮންނަ ގައުމުތައް ގުޅިގެން އެފަދަ ނިޒާމެއް ވަރަށް އަވަހަށް އުފައްދައި ހިންދެމިލުމުގެ ފުރުސަތު ބޮޑެވެ.

މާހިރުން ލަފާކުރާ ގޮތުގައި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އެންމެ ބޮޑަށް ބެލެވެނީ ރަޝިޔާއިން ފައިނޭންޝަލް ސިސްޓަމްގެ އިތުރު ގޮތްތަކެއް ތައާރަފްކޮށް އެ ނިޒާމުތައް ބޭނުންކުރުމާ ދިމާއަށް ދާނެކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާއާ ދެކޮޅަށް ހުޅަނގުން ފެން ފުރަނީ ފޫނެއް ފަޔަކަށްތަ؟

ރަޝިޔާއާ ދެކޮޅަށް ހުޅަނގުން ފެން ފުރަނީ ފޫނެއް ފަޔަކަށްތަ؟

08 ޖޫން 2022
ޔުކްރެއިން ހިފުމަށް ރަޝިޔާއިން ކަންތައްކުރި ގޮތުން، ޖަޕާނުފަދަ ގައުމުތަކުންވެސް ނިއުކްލިއަރ ހަތިޔާރު ހޯދުމަށް ވިސްނަނީބާ؟

ޔުކްރެއިން ހިފުމަށް ރަޝިޔާއިން ކަންތައްކުރި ގޮތުން، ޖަޕާނުފަދަ ގައުމުތަކުންވެސް ނިއުކްލިއަރ ހަތިޔާރު ހޯދުމަށް ވިސްނަނީބާ؟

26 މާރިޗު 2022
ހަނގުރާމައަށް ތިން ހަފްތާ: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟ ރަޝިޔާއިން ހަނގުރާމަ ހުއްޓާލަފާނެތަ؟

ހަނގުރާމައަށް ތިން ހަފްތާ: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟ ރަޝިޔާއިން ހަނގުރާމަ ހުއްޓާލަފާނެތަ؟

17 މާރިޗު 2022
ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ރަޝިޔާގެ އިގްތިޞާދަށް އިތުރު އިމްތިހާނުތަކެއް

ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ރަޝިޔާގެ އިގްތިޞާދަށް އިތުރު އިމްތިހާނުތަކެއް

27 ފެބުރުއަރީ 2022
ހަނގުރާމަ އާއިއެކު ދުނިޔެއިން ރަޝިޔާއަށް އަޅާފައިވާ ފިޔަވަޅުތައް

ހަނގުރާމަ އާއިއެކު ދުނިޔެއިން ރަޝިޔާއަށް އަޅާފައިވާ ފިޔަވަޅުތައް

26 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު