Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރަޝިޔާ ޔޫކްރޭން ހަނގުރާމަ

ހަނގުރާމަ އާއިއެކު ދުނިޔެއިން ރަޝިޔާއަށް އަޅާފައިވާ ފިޔަވަޅުތައް

އަންނަ ހަފްތާގައި އިތުރު ފިޔަވަޅުތައް އަޅަން ވަނީ ނިންމާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2022 | ހޮނިހިރު 16:28
ޔޫކްރޭން އަށް ރަޝިއާއިން ދެމުން އަންނަ ހަމަލާތައް

ޔޫކްރޭން އަށް ރަޝިއާއިން ދެމުން އަންނަ ހަމަލާތައް

ރަޝިޔާ އިން ޔޫކްރޭން ހިފަން ކުރަމުން އަންނަ ހަނގުރާމަޔާއި ގުޅިގެން ދުނިޔޭގެ ބޮޑެތި ގައުމުތަކުން އަންނަނި ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މުޅިން އައު އިތުރު ފިޔަވަޅުތަކެއް ރަޝިޔާ އާއި ދެކޮޅަށް އެޅުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޔޫރަޕިއަން ޔޫނިއަން ގައި ހިމެނޭ ގައުމުތަކާ ޖަޕާން، ނިއުޒިލޭންޑް އަދި ޓައިވާނުން ވަނީ ރަޝިއާއަށް އައު ފިޔަވަޅުތަކެއް އަޅާފައެވެ. އެގައުމުތަކުން ވަނީ ރަޝިޔާ އިން ޔޫކްރޭން ހިފުމަށް ކުރަމުން އަންނަ ހަނގުރާމަ ކުށްވެރިކޮށްފައެވެ.

ބުރާސްފަތި ދުވަހު އެމެރިކާ އަދި އިނގިރޭސިވިލާތުން ވެސް ވަނީ ރަޝިޔާ އާއި ދެކޮޅަށް އަޅަމުން އަންނަ ފިޔަވަޅުތައް އިއުލާންކޮށްފައެވެ. މި ދެގައުމުގެ ވެރިން ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ކުރައްވަމުން ގެންދަވާ ކަންކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

ރަޝިޔާއިން ކުރިޔަށް ގެންދާ ހަގުރާމަޔާ ގުޅިގެން އަމިއްލައަށް ވެސް ދަނީ އެކަމުގެ ހިތި ތަޖުރިބާކުރަމުންނެވެ. މިގޮތުން ރަޝިޔާގެ ހިއްސާގެ ބާޒާރުގައި އަގުތައް ވެއްޓެމުންދާއިރު މާލީ އެތައް ގެއްލުންތަކެއް ދަނީ އެގައުމަށް ކުރިމަތިލަމުންނެވެ. ރަޝިޔާއަށް މި ތަޖުރިބާތައް ކުރަން ޖެހުނީ ޕުޓިން އަމިއްލަފުޅަށް ނިންމެވި ނިންމެވުމާއި ގުޅިގެންނެވެ. އެއީ އިރުމަތީ ޔޫކްރޭނަށް އަރައިގަތުމަށް ދެއްވި އޯޑަރާއެކުގައެވެ.

ބުރާސްފަތި ދުވަހު ރަޝިޔާގެ މައި އެމްއޯއީއެކްސް އިންޑެކްސް ވަނީ 33 އިންސައްތައަށް ވެއްޓިފައެވެ. އަދި ފައިސާގެ އަގު ވަނީ ރެކޯޑް އަދަދަކަށް ދަށްވެފައެވެ. އެގޮތުން އެމެރިކާ ޑޮލަރާ އަޅާބަލާއިރު 7 އިންސައްތަ ވަނީ ވެއްޓިފައެވެ.

ޔޫކްރޭނުން އަންނަނީ ރަޝިޔާ އިން އިންޓަރނޭޝަނަލް މާލީ ނިޒާމް "ސްވިފްޓް" ބޭނުން ނުކުރެވޭ ގޮތަށް ހެދުމަށް ހުޅަނގުގެ ގައުމުތަކަށް ގޮވާލާފައެވެ. ސްވިފްޓް ނުވަތަ ސޮސައިޓީ ފޮރ ވޯލްޑް ވައިޑް އިންޓަރބޭންކް ފައިނޭންޝިއަލް ޓެލެކޮމިއުނިކޭޝަން އަކީ ބެލްޖިއަންގައި ހުންނަ ކޯޕަރޭޓިވް ސޮސައިޓީއެކެވެ. އެމީހުންގެ މަސައްކަތަކީ ދުނިޔޭގެ ބޭންކްތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކުގެ މެދުވެރިއަކަށްވެ އެކަންކަން ހަމަޖެއްސުމެވެ. ސްވިފްޓުން 200 ގައުމެއްގެ 11،000 މާލީ އިދާރާއަކާއި ގުޅުން ބާއްވައެވެ.

މި ހަފްތާގެ ކުރީކޮޅު ޖަރުމަނުން ވަނީ ރަޝިއާގެ އަމަލުތަކާއި ގުޅިގެން ބޯލްޓިކް ކަނޑުން ފެށިގެން ޖަރުމަނާ ހަމައަށް އަޅާފައިވާ ގުދުރަތީ ގޭސް ފޯރުކޮށްދޭ ނޯޑް ސްޓްރީމްގެ 2 ގޭސް ހޮޅި ބަންދުކޮށްފައެވެ.

ރަޝިޔާގެ ރައީސް ޕުޓިން ވަނީ ކުރިއަށް އޮތްތަނުގައި އިތުރު ފިޔަވަޅުތަކެއް އަޅާނެކަން އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެ، ވިޔަފާރިތަކަށް އިންޒާރު ދެއްވާ އެންމެން އެކަތިގަނޑަކަށް ވެގެން ސަރުކާރާއެކު ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

ޔުރަޕިއަން ކޮމިޝަންގެ ރައީސް އުރްސެލާ ވޮން ޑަރ ލެޔެން އަދި ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން ވަނީ ހުކުރު ދުވަހު އިތުރު ފިޔަވަޅުތަކެއް އިއުލާން ކުރައްވާފައެވެ. އެމީހުން ވަނީ ރަޝިއާގެ އިގްތިސާދާއި އެގައުމުގެ ސިޔާސީ ފަރާތްތަކަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ވައުދުވެވަޑައިގަންނަވާފައެވެ.

އުރުސެލާ ވިދާޅުވީ ރަޝިޔާގެ ސަރުކާރު ޖަވާބުދާރީ ކުރައްވާނެ ކަމަށެވެ. މިހާރު އަޅާފައިވާ ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ރަޝިޔާގެ އިގްތިސާދީ، ހަކަތަ އަދި ދަތުރުފަތުރުގެ ސެކްޓާއަށެވެ. މީގެ އިތުރުން އެކްސްޕޯޓް ކޮންޓްރޯލް ކޮށް ވިޔަފާރީގެ މުއާމަލާތްތައް ހުއްޓުވުމަށް ނިންމާފައިވެއެވެ.

އުރުސެލާ ވިދާޅުވީ ރަޝިޔާގެ 70 އިންސައްތަ ބޭންކިންގ ސެކްޓަރ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މުހިންމު ކުންފުނިތަކަށް ޓާގެޓްކޮށްފައިވާ ކަމަށާއި، މިއާއެކު ރަޝިޔާއިން ކުރާ ތެލުގެ މަސައްކަތްތައް ފުޅާ ކުރުމަށް ދަތިވާނެ ކަމަށެވެ. އަދި ރަޝިޔާއަށް ވާގިވެރިވާ ފަރާތްތަކުގެ ފައިސާ ހިފަހެއްޓުމާއި، އެކަމުގެ ސަބަބުން ފައިސާ ފޮރުވޭނެ ގޮތްތަކެއް ނޯންނާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރަޝިޔާއިން ނާޒުކު ޓެކްނޮލޮޖީތަކާއި އެހެނިހެން އައު ޓެކްނޮލޮޖީތައް ހޯދުމުގައި ވެސް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ.

ޖަޕާނުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ރަޝިޔާގެ މާލީ އިދާރާތަކަށް އަމާޒުކޮށްގެން އަޅާ ފިޔަވަޅުތަކާއި، އަސްކަރީ މަރުކަޒުތަކާއި ވަކި ވަކި ފަރުދުން ގެ މައްޗަށް އަޅާ ފިޔަވަޅު ހިމެނެއެވެ. މިއީ ޔޫކްރޭނަށް އަރައިގަންނަން ރަޝިޔާއިން ކުރަމުން އަންނަ މަސައްކަތާއި ދެކޮޅަށް އަޅާ ފިޔަވަޅުތަކެއް ކަމަށް އެގައުމުން ބުނެއެވެ.

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ ހުކުރު ދުވަހު އިއުލާންކުރެއްވި އިތުރު ފިޔަވަޅުތަކުގެ ތެރެގައި ރަޝިއާގެ ވަކިވަކި ފަރުދުންގެ މުދާ ފްރީޒް ކުރުމާއި، މާލީ އިދާރާތަކުގެ މުދާ ފްރީޒް ކުރުމުގެ އިތުރުން ރަޝިޔާގެ އަސްކަރީ އޮގަނައިޒޭޝަންތަކަށް އެކްސްޕޯޓްކުރުން ހުއްޓާލުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ޖީ-7 ގެ ގައުމުތަކާއި ގުޅިގެން ފިވަޅުތައް ވަރުގަދަކުރުމާއެކު ބައިނަލްއަގުވާމީ މުޖްތަމައުއާއި ގުޅިގެން އިތުރު ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ކިޝީޑާ ވިދާޅުވިއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ހުކުރު ދުވަހު ވިދާޅުވެފައިވަނީ އެގައުމުން ރަޝިޔާ އާއި ދެކޮޅަށް އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އޮލިގާރކްސް އާއި ދެކޮޅަށް ފިޔަވަޅު އެޅުން ހިމެނެއެވެ. އޮލިގާރކްސް އަކީ ރަޝިޔާގެ މުއްދަނދި ވިޔަފާރީގެ ލީޑަރެކެވެ. އޭނާއަށް ކުރިމަތިކުރާ އިގްތިސާދީ ބުރަ، ރަޝިޔާއަށް ސީދާ އުފުލަން ޖެހުމުގެ އިތުރުން ރަޝިޔާގެ ގާނޫނު ހަދާ މަޖިލިސް ނުވަތަ ޑޫމާގެ 300 މެންބަރުންނަށް ވެސް ކުރާނެ ކަމަށް މޮރިސަން ވިދާޅުވެފައިވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ އޮސްޓްރޭލިއާގެ ސަރުކާރުން އެމެރިކާއާއި ގުޅިގެން ކުރިއަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށާއި، އޭގެ ތެރޭގައި ބެލަރޫސްގެ ވަކިވަކި ފަރާތްތަކަށް އަމާޒު ކުރާ ފިޔަވަޅުތައް ހިމެނޭ ކަމަށެވެ. ބެލަރޫސްއާއި ހަމައަށް ފިޔަވަޅުތައް ވަރުގަދަކުރާނެކަމަށް މޮރިސަން ވިދާޅުވިއެވެ.

އިތުރު ފިޔަވަޅުތައް އަޅަން މޮރިސަން ނިންމާފައިވާ އިރު ބްރާސްފަތި ދުވަހު ވެސް ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ 8 މެންބަރަކަށް ވަނީ މާލީ ފިޔަވަޅުތައް އަޅާފައެވެ.

ނިއުޒިލޭންޑުން ވަނީ ރަޝިޔާގެ އަސްކަރިއްޔާ އަދި ސެކިއުރިޓީ ފައުޖުތަކަށް މުދާ ބޭރުކުރުން ހުއްޓާލާފައެވެ.

ބޮޑުވަޒީރު ޖެސިންޑާ އާޑެން ހުކުރު ދުވަހު ވިދާޅުވީ ރަޝިޔާއާއި އޮތް ވިޔަފާރީގެ ގުޅުން ކަނޑާލާނެ ކަމަށާއި، ރަޝިއާގެ އޮފިޝަލުންނަށް އެގައުމަށް ދަތުރު ނުކުރެވޭގޮތަށް ވަނީ ހަދާފަ ކަމަށެެވެ. ނިއުޒިލޭންޑުން ވަނީ މައްސަލަ ހައްލުކުރުމަށް ޑިޕްލޮމަސީ ބޭނުން ކުރުމަށް ގޮވާލާފައެވެ.

ހުކުރު ދުވަހު ޓައިވާނުންވެސް ވަނީ ރަޝިޔާ އާއި ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އިއުލާން ކޮށްފައެވެ. ނަމަވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ. އެގައުމުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނި ޔޫކްރޭން އާއި ދެކޮޅަށް ހަނގުރާމަކުރުމަށް ނިންމި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. ޓައިވާނުން އަޅާ ފިޔަވަޅުތަކުގެ މަގްސަދަކީ ރަޝިޔާގެ ރުޅިވެރިކަން މައިތިރިކޮށް ހަނގުރާމަ ފިނިކުރުން ކަމަށް އެގައުމުން ބުނެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ޕުޓިން މި ހަނގުރާމަ ފެއްޓެވި ކަމަށް ވިދާޅުވެ ހަރުކަށި ފިޔަވަޅުތަކެއް އިއުލާން ކުރައްވާފައެވެ. ބައިޑަން ވިދާޅުވީ މިފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ އިގްތިޞާދަށް މިހާރުން މިހާރަށް ގެއްލުންތަކެއް ލިބުމުގެ އިތުރުން ދިގު މުއްދަތަކަށްވެސް ގެއްލުން ލިބިގެންދާނެކަމަށެވެ. އަދި ދިގު މުއްދަތަކަށް ރަޝިޔާގެ އިގްތިޞާދަށް އަސަރުކުރާނެ ފަދަ ގޮތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް ބައްޓަންކޮށްފައިވާ ކަމަށް ބައިޑަން ވިދާޅުވިއެވެ. އަދި ފިޔަވަޅުތައް ބައްޓަންކޮށްފައިވާނީ އޭގެ ގެއްލުން ވީހާވެސް އެމެރިކާ އަށް ކުޑަވާނެގޮތަކަށް ކަމަށް ބައިޑަން ވިދާޅުވިއެވެ.

އަދި ދަތިކުރުމުގެ ފިޔަވަޅުތަކަކީ ހަމައެކަނި އެމެރިކާއިން އަޅާ ފިޔަވަޅުތަކެއް ނޫންކަމަށާއި އެމެރިކާ އާއެކު އީޔޫގެ 27 ގައުމާއި ޖީ7 ގެ ގައުމުތަކުންވެސް ބައިވެރިވާކަމަށް ބައިޑަން ވިދާޅުވިއެވެ.

އެމެރިކާއިން ރަޝިޔާ އާއި ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ:

ބައިޑަން ވިދާޅުވީ މައި ހަތަރު ބޭންކެއް އެއްކޮށް ބްލޮކްކުރާނެ ކަމަށެވެ. މާނައަކީ އެމެރިކާގައި ހުރި އެބޭންކުތަކުގެ ހުރިހާ އެސެޓެއް ފްރީޒްވާނެއެވެ.

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ޔޫކްރެއިން އަށް ހަމަލާދެމުންދާތީ ޕުޓިން އާއި ވާހަކަދެއްކެވުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް ބައިޑަން ވިދާޅުވިއެވެ.

އިގިރޭސި ވިލާތުން ވަނީ ރަޝިޔާގެ 100 ފަރުދުންނާއި އެކި އިދާރާތަކަށް ވަކިވަކި ފިޔަވަޅުތައް އެޅުމަށް ނިންމާފައެވެ. ބުރާސްފަތި ދުވަހު ޔޫކޭގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ފިޔަވަޅުތައް އިއުލާންކުރައްވަމުން ފިދާޅުވީ މައިގަނޑު އަމާޒަކީ ނުވަތަ ހާސިލްކުރަން ބޭނުންވާ ކަމަކީ ޔޫކޭގެ ފައިނޭންޝިއަލް ސިސްޓަމްގެ ތެރެއިން ރަޝިއާގެ ބެންކުތައް ބޭރުކޮށްލުން ކަމަށެވެ.

މީގެ އިތުރުން ރަޝިޔާގެ މަރުކަޒީ ބޭންކްގެ މުދާ ފްރީޒް ކުރުން ހިމެނެއެވެ. މިއާއެކު ރަޝިއާގެ 5 ބޭންކެއްގެ މުދާ ވަނީ ފްރީޒްކޮށްފައެވެ. މީގެ އިތުރުން ރަޝިޔާގެ ސަރުކާރުގެ އަދި އަމިއްލަ ކުންފުނިތަކުން ވެސް ޔޫކޭގައި މަސައްކަތް ނުކުރެވޭނެ ގޮތަށް ވަނީ ހަދާފައެވެ.

100 ފަރާތަކާއި ތަންތަނަށް ވަކިވަކި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ އިރު، މިކަމުގެ ސަބަބުން ޕުޓިން ކުރައްވާ ހަނގުރާމައަށް އާލާތްތައް ފޯރުކޮށްދޭ ފަރާތްތަކަށް އެކަމުގެ އަސަރުކުރާނެ ކަމަށެވެ.

މީގެ އިތުރުން ރަޝިޔާގެ ގައުމީ އެއަރލައިން ބޭން ކުރުމާއެކު ބެލަރޫސްއާއި ދެކޮޅަށް ވެސް ފިޔަވަޅުއެޅުމަށް ވަނީ ނިންމާފައެވެ. ބެލަރޫސްއަށް ފިޔަވަޅު އަޅަން ނިންމީ ޔޫކްރޭނާ ދެކޮޅު ހަދާތީއެވެ.

މީގެ އިތުރުން އަންނަ ހަފްތާގައި ގާނޫނަކުން ވަކި ބާވަތްތަކެއްގެ ޓެކްނޮލޮޖީ ރަޝިޔާއަށް އެކްސްޕޯޓްކުރުން މަނާކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭފައި އިލެކްޓްރޯނިކްގެ ބާވަތްތަކާއި، ޓެލެކޮމިއުނިކޭޝަން އަދި އެއޮރޯ ސްޕޭސްގެ ބާވަތްތައް ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޒަހްރާން ހާޝިމް: ކަނޑި ހިފައިގެން ފެށި ހަނގުރާމަ ނިންމާލީ ހަށި ގޮއްވާލައިގެން!

ޒަހްރާން ހާޝިމް: ކަނޑި ހިފައިގެން ފެށި ހަނގުރާމަ ނިންމާލީ ހަށި ގޮއްވާލައިގެން!

01 މެއި 2019
ޔާމީންގެ ސަރުކާރުގައި އަޅާފައިވާ ފުޓްސަލް ދަނޑުގެ ބަދަލުގައި ވިނަ ދަނޑުތަކެއް!

ޔާމީންގެ ސަރުކާރުގައި އަޅާފައިވާ ފުޓްސަލް ދަނޑުގެ ބަދަލުގައި ވިނަ ދަނޑުތަކެއް!

26 އެޕްރީލު 2019
ޖުޑީޝަރީ އިސްލާހްކުރުމުގެ ހަނގުރާމަ: މިއީ އެންމެ ރަނގަޅު ދަނޑިވަޅުތަ؟

ޖުޑީޝަރީ އިސްލާހްކުރުމުގެ ހަނގުރާމަ: މިއީ އެންމެ ރަނގަޅު ދަނޑިވަޅުތަ؟

02 ޖެނުއަރީ 2019
ވީޑިއޯ ރިޕޯޓް - އޮކްޓޯބަރ ހަނގުރާމަ – ހަދުވަހުގެ ހަނގުރާމައަށް ހިފި ބަދަލު!

ވީޑިއޯ ރިޕޯޓް - އޮކްޓޯބަރ ހަނގުރާމަ – ހަދުވަހުގެ ހަނގުރާމައަށް ހިފި ބަދަލު!

24 އޮކްޓޯބަރު 2017
ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު