Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދިނުން

ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދިނުން: ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕަށް ދިމާވި އެންމެ އަނދިރި ވަގުތު

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ މިކަން ސިފަކުރެއްވީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނުގެ ނާޒީން ދިންފަދަ ހަމަލާއެއްގެގޮތުގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2022 | ބުރާސްފަތި 14:16
ޔޫކްރެއިންގެ އަސްކަރިއްޔާއިން ހަރަކާތްތެރިވަނީ

ޔޫކްރެއިންގެ އަސްކަރިއްޔާއިން ހަރަކާތްތެރިވަނީ

ބުރާސްފަތި ދުވަސް ފެށިގެންދިޔައީ ރަޝިޔާއިން ޔޫކްރެއިނަށް ދޭންފެށި އަސްކަރީ ހަމަލާތަކާއެކުއެވެ. ރަޝިޔާގެ އަސްކަރީ ފައުޖުތައް ވަނީ އެއްގަމާއި ކަނޑާއި ވައިގެ މަގުން ޔޫކްރެއިނަށް ހަމަލާތައް ދޭންފަށާފައެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕްގެ އެއް ގައުމުން އަނެއް ގައުމަކާ ދެކޮޅަށް މިހާ ފުޅާކޮށް ދޭ މިފަދަ ހަމަލާއެވެ.

ޔޫކްރެއިންގެ ސިޓީތައް މަތިން މިސައިލްތައް އުދެހެމުންދާކަމަށް ޔޫކްރެއިންގެ ރައްޔިތުން ސިފަކުރަމުންދާއިރު, ބޯޑަރު ސަރަހައްދުގައިވެސް އޮތީ ރަޝިޔާގެ އަސްކަރީ ފައުޖުތަކެވެ. އަނެއްކޮޅުން ބްލެކް ސީއާއި އަޒޮވް ސީގެ އައްސޭރިފަށުގައިވެސް އޮތީ ރަޝިޔާގެ އަސްކަރީ ފައުޖުތަކެވެ.

އިރުއެރުމުގެ ކުރިން ޔޫކްރެއިންގެ ވެރިރަށް ކިޔެވްއަށް ހަމަލާތަކުގެ އަޑުފަށްގަނޑު އިވެން ފެށިއިިރު, ހެނދުނު މުޅިންވެސް ދިޔައީ ކިޔެވްގެ ތިން މިލިއަން މީހުންނަށް އެއަޑުތަކުގެ އަޑު ކަނޑައިގެން ނުގޮހެވެ. ބަޑީގެ ހަމަލާތަކާއި، ސައިރެންއާއި, ކިޔެވްއިން ނުކުންނަން ބޭނުންވި އެތައް ހާސް ބަޔަކާއެކު ބާރުބޮޑުވެގެންދިޔަ ޓްރެފިކްގެ އަޑުން މުޅި ސިޓީ އޮތީ ގުގުމާލާފައެވެ.

ހަމަލާތައް ދޭންފަށާފައިމިވަނީ, ދެހަފުތާއަށްވުރެ ގިނަ ދުވަސްވަންދެން މަސްރަހު ފިނިކުރެވޭތޯ ކުރިޔަށްގެންދިޔަ ވާހަކަތައް ކޮޅެއްގައި ނުޖެހި ނިމުމަށްފަހުއެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ މިކަން ސިފަކުރެއްވީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނުގެ ނާޒީން ދިންފަދަ ހަމަލާއެއްގެގޮތުގައެވެ. ޒެލެންސްކީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޫކްރެއިންގެ މިނިވަންކަމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރާނެކަމަށާއި ޔޫކްރެއިން އޮތީ ފަހަތަށް ޖެހޭ ގޮތަކަށް ނޫންކަމަށެވެ.

ޔޫކްރެއިން ދިފާއުކުރާނެ ވާހަކައާއެކު ޒެލެންސްކީ ވިދާޅުވީ, ގައުމު ދިފާއުކުރަން ބޭނުންވާ ކޮންމެ މީހަކަށްވެސް ހަތިޔާރު ދޭނެކަމަށެވެ. އަދި ރަޝިޔާގެ ރައްޔިތުން މަގުތަކަށް ނުކުމެ ރަޝިޔާ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރުމަށްވެސް ޒެލެންސްކީ ގޮވާލެއްވިއެވެ.

އަނެއްކޮޅުން ހަމަލާތައް ދިނުމަށް އަންގަވަމުން ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ދެއްވި މެސެޖްގައި ވިދާޅުވެފައިވަނީ މިއީ ރަޝިޔާގެ އަމިއްލަ ދިފާއުގައި ކުރާކަމެއްކަމަށެވެ. ރަޝިޔާގެ ސަރަަހައްދުން އަބަދާއި އަބަދު ރަޝިޔާގެ ސަލާމަތަށް ނުރައްކާތެރިކަން ކުރިމަތިވަމުން އަންނަތަން ފެންނައިރު އެތަން ބަލަން ނޯވެވޭނެކަމަށް ޕުޓިން ވިދާޅުވިއެވެ.

ރަޝިޔާއަކީ ދުނިޔޭގައި އޮތް ހަކަތަ އުފައްދާ އެންމެ ބޮޑު ގައުމެވެ. އަނެއްކޮޅުން ރަޝިޔާއާއި ޔޫކްރެއިނަކީ އެންމެ ގިނައިން ގޮދަން އެކްސްޕޯޓް ކުރާ ދެ ގައުމެވެ.

ޔޫކްރެއިނަށް އެރުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވުމަށްފަހު އެންމެ ފަހުން ބުރާސްފަތި ދުވަހު ޔޫކްރެއިނަށް ހަމަލާތައް ދެމުން ޕުޓިން އެކަން ދިފާއުކުރައްވައި ވިދާޅުވީ, މިއީ ރަޝިޔާގެ ދުޝްމަނުންގެ އަމަލުތަކުގެ ސަބަބުން ވީކަމެއް ކަމަށެވެ. ޔޫކްރެއިންގެ ރައްޔިތުންނަށް މިކަން ސިފަވަނީ 1000 އަހަރުވީ އެގައުމުގެ ތާރީޚު ފޮހެލުމަށް ރަޝިޔާއިން ކުރާ މަސައްކަތެއްގެ ގޮތުގައެވެ. ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުގައި ދިރިއުޅޭ ގިނަ ރައްޔިތުން ރަޝިޔާ ބަހުން ވާހަކަދައްކާއިރު އެމީހުންނަށް އެސަރަަހައްދު ސިފަވަނީ އަމިއްލަވަންތަ ތަނެއްގެ ގޮތުގައެވެ.

ރަޝިޔާގެ ބޯޑަރު ސަރަހައްދާއި އެންމެ ކައިރީގައި އޮންނަ ޚާރްކީވްގައި ދިރިއުޅޭ މީހަކު ބުނީ އެމީހުން ދިރިއުޅޭ އެޕާޓްމަންޓްތަކުގެ ކުޑަދޮރުތައް ހުރީ ގޮވުންތަކުގެ ސަބަބުން ގުޑަގުޑާކަމަށެވެ. އެތައް އިރެއްވަންދެން ގުޑުންތައް ކަނޑައިގެން ނުގޮސް ހުރިކަމަށް އޭނާ ބުންޏެވެ.

ޔޫކްރެއިންގެ ބައެއް ސިޓީތަކުގެ މީހުން ފައިސާ ނެގުމާއި އޭޓީއެމްތަކާއި ގޭސް އެޅުމަށް ގޭސް ސްޓޭޝަންތައް ކައިރީގައި ކިޔުތައް ދަމާލިއެވެ. އެމީހުން ދިޔައީ ފޮށިތަންމަތި ބަންނަމުންނެވެ. އެމީހުން ބޭނުންވީ ހަނގުރާމައިގެ މައިދާނުން ދުރަށްދާށެވެ.

ޔޫކްރެއިންގެ އޮފިޝަލުން ބުނެފައިވަނީ ވެރިރަށް ކިޔެވް ކައިރީގައި އޮންނަ އަސްކަރީ އެއަރޕޯޓަކަށް ރަޝިޔާގެ އަސްކަރިއްޔާއިން ހަމަލާތައް ދިންކަމަށެވެ. ޔޫކްރެއިންގެ ބޯޑަރ އޮފިޝަލުން ވިދާޅުވަނީ ރަޝިޔާގެ އަސްކަރީ ފައުޖުތަކުން މަސައްކަތްކުރަނީ ކިޔެވްގެ އެތެރެއަށް ވަދެގަތުމަށެވެ. އަދި އެކަމަށްޓަކައި ރޮކެޓް ހަމަލާތައް ދެމުންދާކަމަށް ވިދާޅުވިއެވެ.

ބައެއް މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި މިސައިލް ހަމަލާތަކުގައި 18 މީހުން މަރުވެފައިވެއެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނެފައިވަނީ ޚާރްކީވް ކައިރީގައި ހަރަކާތްތެރިވި ހަތަރު ޓޭންކެއް ހަލާކުކޮށްލައި ލުހާންސްކް ސަރަހައްދުގައި ހަރަކާތްތެރިވި ރަޝިޔާގެ އަސްކަރިއްޔާގެ 50 މީހުން މަރާލާފައިވާކަމަށެވެ. އަދި ރަޝިޔާގެ ހަނގުރާމަމަތީ 6 ބޯޓު ވައްޓާލާފައިވާކަމަށެވެ.

ނަމަވެސް ރަޝިޔާއިން ވަނީ މިވާހަކަތައް ދޮގުކޮށްފައެވެ.

ކިޔެވްއަށް ބަލާއިރު, އެތައް ހާސް ބަޔަކު ވަނީ ލާރިނެގުމަށް އޭޓީއެމްތައް ކައިރިއަށް ޖަމާވެފައެވެ. ކާނާއާއި ފެނާއި އެހެނިހެން ތަކެތި ގަތުމަށް އެމީހުން ވަނީ އަވަސްވެގެންފައެވެ. ކިޔެވްއިން ބޭރުވެވެން އޮތް މަގުވަނީ ބާރުބޮޑުވެފައެވެ.

އެތައް ހާސް ކާރުތަކެއްގައި އެމީހުން ދަތުރުކުރަމުންދިޔައީ ހުޅަނގުގައި އޮންނަ ލިވިވްއަށް ދިޔުމަށެވެ. ކާރެއްގައި އޭނާގެ ތިން އަހަރުގެ ދަރިފުޅު ގޮވައިގެން އިން އަންހެނަކު ބުނީ ބޮން އަޅާތީ އެމީހުން ތިބީ ބިރުންކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
މުސްލިމުން އެތެރެވުން މަނާކުރާ ދެވަނަ ގަރާރަށް ވެސް ގޮންޖެހުން!

މުސްލިމުން އެތެރެވުން މަނާކުރާ ދެވަނަ ގަރާރަށް ވެސް ގޮންޖެހުން!

18 މާރިޗު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު