Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރަޝިޔާ ޔޫކްރެއިންގެ މަސްރަހު

ރަޝިޔާ - ޔޫކްރެއިން ހަނގުރާމަ ފަށައިފިނަމަ ރާއްޖޭގެ އިގްތިޞާދަށް ގެއްލުންވާނެ

ހަނގުރާމަ ފަށައިފިނަމަ ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރާނެ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2022 | ހޯމަ 02:49
ރަޝިޔާ އަދި ޔޫކްރެއިންގެ މަސްރަޙް

ރަޝިޔާ އަދި ޔޫކްރެއިންގެ މަސްރަޙް

ރަޝިޔާއިން ބުނަމުން އަންނަނީ ޔޫކްރެއިންއަށް ހަމަލާދީ ޔޫކްރެއިން އަށް އެރުމަށް ރާވަމުން ނުދާކަމަށެވެ. ނަމަވެސް އެމެރިކާ އާއި ހުޅަނގުން ބުނަމުން އަންނަނީ ރަޝިޔާއިން އޮތީ ކޮންމެ ފަދަ ވަގުތެއްގައިވެސް ޔޫކްރެއިންއަށް އެރުމަށް އަސްކަރީ ގޮތުން ތައްޔާރަށް ކަމަށެވެ.

މިމައްސަލާގައި އެމެރިކާ އާއި ނޭޓޯގެ އިތުރުން ހުޅަނގާއި، ޖީ7 ގެ ގައުމުތަކުންވެސް ބުނަމުން އަންނަނީ ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާނުދޭނެކަމަށް ބުނިނަމަވެސް އެމޭރުމުން އަމަލުތައް ނުފެންނަކަމަށެވެ. ރަޝިޔާއިން އަންނަނީ އަސްކަރީ ބޮޑު އޮޕަރޭޝަނެއް ހިންގުމަށް ތައްޔާރުވަމުން ކަމަށް އެގައުމުތަކުން ބުނެއެވެ.

މި މައްސަލައިގައި ފެންނަމުންދާ މަންޒަރުތަކަށްބަލައި ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދިނުމަކީ އެކަށީގެންވާ ކަމެކެވެ. ރަޝިޔާއިން ޔޫކްރެއިނަށް ހަމަލަދޭނީ އަދުތޯ މާދަންތޯ ގިނަ ބަޔަކު ބަލަމުން އަންނައިރު، މި ހަނގުރާމަ ފެށިއްޖެނަމަ މިއީ ދުނިޔޭގެ ތިންވަނަ ބޮޑު ހަނގުރާމައަށްވުންވެސް ގާތްކަމަށް ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކޮންމެއަކަސް މަޝްރަހު ގޯސްވެ، މި ހަނގުރާމަ ފަށައިފިނަމަ އޭގެ އަސަރު ޔޫރަޕުގެ އިތުރުން މުޅި ދުނިޔެއަށްވެސް ކުރާނެއެވެ. އެތައް ބަޔަކު ރެފިއުޖީންނަށްވެ ގިނަ ބަޔަކު ބިކަވެގެންދާނެއެވެ. ތެލާއި ގޭހުގެ އަގު އަރައިގެންދާނެއެވެ. މި ހަނގުރާމައިގައި އިތުރު ގައުމުތަކުން ބައިވެރިވެ މުޅި ދުނިޔެއަށް މީގެ ނުރައްކާވެސް އަތުވެދާނެއެވެ.

އެހެންކަމުން އޭގެ ބިރާއި ދަތިތަކާއި ރާއްޖެއަށްވެސް ކުރިމަތިލާން ޖެހޭނެއެވެ. ޚާއްސަ ގޮތެއްގައި ރާއްޖެއަކީ ބަވަނަ ވެފައިވާ މި ދުނިޔޭގައި އެހެން ގައުމުތަކުގެ އެހީއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ގައުމަކަށް ވާތީއެވެ. ރާއްޖޭގެ އިގްތިޞާދުގެ ރަންބިސް އަޅާ ކުކުޅު ކަމުގައިވާ ފަތުރުވެރިކަމަކީ އެހެން ގައުމުތަކަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ކަމެކެވެ. ކޮވިޑް-19ގެ ސަބަބުން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރަން ޖެހުމާއެކު މިކަން ވަރަށް ރަނގަޅަށް އެނގުނެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަމުން، ބައިނަލްއަގްވާމީ ދުނިޔެ ދިރާސާކުރައްވާ އިމާދު ލަތީފުވެސް ވަނީ މިކަން ފާހަގަކުރައްވާފައެވެ. އިމާދު ވިދާޅުވި ގޮތުގައި މި ހަނގުރާމަ ފެށިއްޖެނަމަ ޔޫރަޕް ސަރަހައްދުގައި ކުރާ ވައިގެ ދަތުރުތައް ވަރަށް ބޮޑަށް މަޑުޖެހިގެންދާނެއެވެ. އޭގެ ސަބަބުން މުދާ އެއްތަނުން އަނެއްތަނަށް އުފުލުމުގެ އިތުރުން މީހުން ދަތުރުކުރުމުގައިވެސް ގިނަ ދަތިތަކަކާއި ކުރިމަތިލާން ޖެހޭނެއެވެ. އިމާދު ވިދާޅުވީ މީގެ ސަބަބުން ރާއްޖެވެސް ހިމެނޭގޮތަށް ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ގިނަ ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ.

ޚާއްސަ ގޮތެއްގައި ރަޝިޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބޮޑު ހިއްސާއެއް މިހާރު އޮންނަ ގައުމަކަށް ވާތީއެވެ. ފާއިތުވި 2021 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ލިސްޓުގެ ދެވަނައަށް އެންމެ ކުރީގައި އޮތީވެސް ރަޝިޔާއެވެ. ހަމައެހެންމެ މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީވެސް ރަޝިޔާއިންނެވެ. އެހެންކަމުން މި ހަނގުރާމަ ފެށިއްޖެނަމަ ރަޝިޔާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން ވަރަށް ބޮޑަށް މަދުވެގެންދާނެކަމީ ޝައްކުކުރާނެ ޖާގައެއް އޮތްކަމެއް ނޫނެވެ.

މީގެ ސަބަބުން ރާއްޖެއެކޭ އެއްފަދައިން ދުނިޔޭގެ އެހެނިހެން ގައުމުތަކަށްވެސް ބޮޑެތި ގެއްލުނތަކަކާއި ކުރިމަތިލާން ޖެހޭނެއިރު، ހުރިހާ ފަރަތެއްގެވެސް އުންމީދަކީ މި މައްސަލަ އިތުރަށް ހޫނުވެ ހަނގުރާމައެއް ނުފެށުމެވެ. މަޝްވަރާކުރެވި، ކޮންމެވެސް ގޮތަކުން މިކަމަށް ހައްލެއް ލިބުމެވެ.

ރަޝިއާޔުކްރެއިން

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ

ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ

22 ނޮވެމްބަރު 2025
100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި

100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި

12 ނޮވެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު