Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރަޝިޔާ ޔޫކްރެއިން ހަނގުރާމަ

ރަޝިޔާއާ ދެކޮޅަށް ހުޅަނގުން ފެން ފުރަނީ ފޫނެއް ފަޔަކަށްތަ؟

ދުނިޔޭގެ ބާޒާރަށް ސަޕްލައި ކުރާ ގޮވާމުގެ 30 ޕަސެންޓް ހިއްސާ ކުރަނީ ރަޝިއާއާއި ޔޫކްރެއިން އެކަނި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 8 ޖޫން 2022 | ބުދަ 06:11
ޚާކިވްގެ ސްކޫލަކަށް ރަޝިޔާއިން ދިން މިސައިލް ހަމަލާއެއްގެ ތެރެއިން (ފައިލް ފޮޓޯ)

ޚާކިވްގެ ސްކޫލަކަށް ރަޝިޔާއިން ދިން މިސައިލް ހަމަލާއެއްގެ ތެރެއިން (ފައިލް ފޮޓޯ)

ތާރީހަށް ބަލާއިރު ދަތިކުރުމުގެ ފިޔަވަޅުތަކެއްގެ އެހީގައި، ސިޔާސީ މަގުސަދުތަކެއް ހާސިލުވެފައި ވާތީ ފެންނާކަށް ނެތެވެ. ދަތި ކުރުމުގެ ފިޔަވަޅުތަކަކީ އަދުގެ ޒަމާނީ ދުނިޔޭގެ ބައިނަލްއަގުވާމީ ނިޒާމުން އުފެއްދި އެންމެ "ބޭކާރު" ހަތިޔާރު ކަމުގައިވެސް ސިފަ ކުރެވިދާނެއެވެ. ދަތިކުރުމުގެ ފިޔަވަޅެއް ތަންފީޒު ކުރާ ކޮންމެ ފަހަރަކުމެހެން، އެކަމުގެ އަގު އަދާ ކުރަނީ އާންމު، ރައްޔިތު މީހާއެވެ. އެ ފިޔަވަޅުތައް އަމާޒު ކުރާ ގައުމުތަކުގެ އޮފިޝަލުންނާއި ލީޑަރުން، ތިއްބަވަނީ އެކަމުން ރެކިވަޑައިގެން، ހިމާޔަތުގެ ކިއްލާއެއްގައެވެ.

ފެބުރުއަރީ 24 ވަނަ ދުވަހު ރަޝިއާގެ އަސްކަރިއްޔާއިން، ހާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރެއިންއަށް އަރާ، ހަނގުރާމަ ފެށި ހިސާބުން، ހުޅަނގުގެ ގައުމުތަކުން، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދިލަހުރި އަތްތިލައެއްގެ ވޭންވަރު، ރަޝިއާގެ ކޯތާފަތުގައި ބީއްސާލިއެވެ. ހުރިހާ ދިމާލަކުން ރަޝިއާ ފިއްތާލުމުގެ ނިޔަތުގައެވެ. ހުޅަނގުގެ ބައެއް ޔުނިވާސިޓީތަކުން، ރަޝިއާގެ ވާހަކަ ދެއްކުން ހުއްޓާލި ދަރަޖައަށް ކަންކަން ދިޔައެވެ. އެގޮތުން، ޓޮލްސްޓޯއީއާ ބެހޭ ގޮތުން އޮތް ލެކްޗަރެއްވެސް ކެންސަލް ކުރި ކަމަށް ވެއެވެ.

ހުޅަނގުގެ ގައުމުތަކުން އުއްމީދު ކޮށްގެން ތިބީ، ތަންފީޒު ކުރަން ފެށި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ރަޝިއާ ހަފުސްވެ، އިގުތިސޯދު އިނދަޖެހިގެން ހިނގައިދާނެ ކަމަށެވެ. ރަޝިއާގެ ޑިޕޮސިޓްތައް ފްރީޒްކޮށް، ބޭރުގައި ހުރި އެސެޓްތަކަށްވެސް ހުރަސް އެޅިއެވެ. ހަނގުރާމައިގެ ކުރީކޮޅު އެޅި އެންމެ ވަރުގަދަ އެއް ފިޔަވަޅަކީ ބައިނަލްއަގުވާމީ ބޭންކިންގް ނިޒާމުގެ ޕޭމަންޓް ސިސްޓަމެއް ކަމަށް ވާ "ސްވިފްޓް" އިން ރަޝިއާ ބޭރު ކުރުމަށް ނިންމި ނިންމުމެވެ. ތެދެކެވެ. ހުޅަނގުން ދެކެން ބޭނުންވި މަންޒަރުގެ ކޮޅުމަތި ދައްކާލިއެވެ. ރަޝިއާ ފައިސާގެ އަގު ހިސާބަކަށް ވެއްޓުނެވެ. ނަމަވެސް އަމިއްލަ ފައި މައްޗަށް ރަޝިއާ ތެދުވީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ފައިދާ ހޯދަން ފެށީ، ހަނގުރާމައިގެ ކުރިން ލިބެމުން ދިޔަ މިންވަރަށް ވުރެވެސް އިތުރަށެވެ.

ހުޅަނގުގެ ޖަމާއަތުން އެންމެ ފުރަތަމަވެސް ކުރަންޖެހޭ އެއް ސުވާލަކީ، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބޭނުމަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ. ހުޅަނގުގެ ސިޔާސީ ޝަހްސުން ސިފަކުރައްވާ ގޮތުގައި ދަތިކުރުމުގެ ފިޔަވަޅުތަކަކީ ދެމިޔަލީ ކަނޑިއެއްހާ ބާރުގަދަ ފިޔަވަޅުތަކެކެވެ. ޖައްސަވަނީ އެއް ދޮނުގައި ދެބުޅިއެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުގެ ފުރަތަމަ ބޭނުމަކީ ރަޝިއާގެ އިގުތިސޯދު އިނދަޖައްސާލުން ކަމުގައިވާއިރު، މަގުސަދަކީ ރަޝިއާގެ އާންމުންގެ މެދުގައި ޕުޓިންއަށް އޮތް އިތުބާރު ކަނޑުވާލުމެވެ.

އެއީ ހުޅަނގުގެ ޝަހްސުތަކުން ފިޔަވަޅުތައް ސިފަ ކުރައްވާ ގޮތެވެ. ހަގީގަތް އޮތީ މުޅިއަކުން އަދި އެހެނެއް ނޫނެވެ. ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައާ ދެކޮޅު މީހުން އެ ގައުމުގައި ނިސްބަތުން މަދެވެ. ޕުޓިންގެ މަގުބޫލުކަންވެސް ވަނީ އިތުރެވެ. ދެވަނަ ބޭނުމަކީ ސީދާ ގޮތުން ހަނގުރާމައަށް ހުރަސް އެޅުމެވެ. އެއީ ތެދެކެވެ. ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު، ރަޝިއާއިން ހަނގުރާމައަށް ކަނޑައެޅި ފުރިހަމަ އަމާޒުތަކަށް ވާސިލު ނުވެވި، ގޮންޖެހުންތަކެއް އުފުލި މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ. ޔޫކްރެއިންގެ ވެރިރަށް ކިއޭވްވެސް ހިފޭ ގޮތް އޮތީ ނުވެފައެވެ. ރަޝިއާގެ ލީޑަރޝިޕަށް މަޖުބޫރުވީ ހަނގުރާމައިގެ އުކުޅުތަކަށް ބަދަލު ގެންނަންށެވެ.

ނަމަވެސް އެއީ ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭ ކަމެއް ނޫނެވެ. ރަޝިއާގެ އިގުތިސާދު ފަދައިން، އަސްކަރިއްޔާއިންވެސް އިސްތިގުލާލު ނެގެހެއްޓިއެވެ. އަދި އަސްކަރީ ގޮތުން ކުރިއެރުންތަކެއްވެސް ހޯދިއެވެ. ފަހަރެއްގައިވެސް މި ދެންނެވީ ރަޝިއާއަށް ހަނގުރާމާގައި ނަސްރު ލިބުނު ވާހަކައެއް ނޫނެވެ. ނަމަވެސް، ހުޅަނގުން ތަންފީޒު ކުރި ދަތިކުރުމުގެ ފިޔަވަޅުތަކުގެ މާ ބޮޑު އަސަރެއް، ރަޝިއާއަށް ނުކުރި ވާހަކައެވެ.

ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އެންމެ ބޮޑު އަސަރެއް ފޯރި އެކައްޗަކީ ރަޝިއާ އަދި ޔޫކްރެއިނުން އެކްސްޕޯޓް ކުރަމުން ދިޔަ ގޮވާމުގެ ބާވަތްތަކޭ ދެންނެވިދާނެއެވެ. ދުނިޔޭގެ ބާޒާރަށް ސަޕްލައި ކުރާ ގޮވާމުގެ 30 ޕަސެންޓް ހިއްސާ ކުރަނީ ރަޝިއާއާއި ޔޫކްރެއިން އެކަންޏެވެ. ކަންވެ ނިމޭ އިރު ބަނޑަށް ޖެހެނީ 3 ވަނަ ދުނިޔޭގެ ފަގީރު ގައުމުތަކެވެ. ރަޝިއާ އޮންނަނީ ބަނޑުފުރާ މުއްތިކޮށްގެންނެވެ.

3 ވަނަ ދުނިޔޭގެ ފަގީރު ގައުމުތަކުގެ ވާހަކަ ހަވާސާކޮށްލަމާ ހިނގާށެވެ. ޚުދު ވިލާތުގެ ގައުމުތަކަށްވެސް މިއަދު ވަނީ ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައެވެ. ޒަރޫރީ މުދަލާއި ހަކަތައިގެ އަގު އިންތިހާއަށް އުފުލުނީއެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނަމުގައި ފޫނެއް ފަޔަކަށް ފެންފުރަމުން ދަނިކޮށް، ފޭހުނު އިލޮށިގަނޑު ލޮލަށްވެސް ހެރުނީއެވެ. ދެން އޮތީ ކެހި ކަނޑުލުގެ ހިތި، އަމިއްލައަށް ފިލުވުން ނޫންތޯއެވެ؟

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު