Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޖަޕާނުގެ ނިއުކްލިއަރ ވިސްނުން

ޔުކްރެއިން ހިފުމަށް ރަޝިޔާއިން ކަންތައްކުރި ގޮތުން، ޖަޕާނުފަދަ ގައުމުތަކުންވެސް ނިއުކްލިއަރ ހަތިޔާރު ހޯދުމަށް ވިސްނަނީބާ؟

ނިއުކްލިއަރ ހަތިޔާރުން އެންމެ ބޮޑަށް ގެއްލުންލިބުނު ޖަޕާނުން، ނިއުކްލިއަރ ހަތިޔާރު ހޯދުމާބެހޭ ބަހުސަކާ ދިމާއަށް ދިއުމުގެ މަސައްކަތް މިވަނީ ފަށާފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 26 މާރިޗު 2022 | ހޮނިހިރު 08:09
ޝިންޒޯ އަބޭ، ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު

ޝިންޒޯ އަބޭ، ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު

ނިއުކްލިއަރ ބޮމެއްގެ ހަމަލާ ދެފަހަރު ތަހައްމަލުކުރަން ޖެހި، ބޮޑެތި ގެއްލުންތައް ލިބުނު ޖަޕާނުން، އެފަދަ ހަތިޔާރު ހޯދުމުގެ ވާހަކަ ދައްކަފާނެތޯއެވެ؟ މިއީ މުހިންމު ސުވާލެކެވެ. ގިނަ މީހުން ބުނަނީ އެއީ ކޮށްގެންވާނެވަރުގެ ކަމެއްނޫން ކަމުގައެވެ. ޖަޕާނުގެ މީހުން އަމުދުން އެކަމާ ވިސްނަންވެސް ބޭނުން ނުވާނެ ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

ޚިޔާލު ހޯދުމުގެ ޕޯލްތަކުން ދައްކާ  ގޮތުގައި ޖަޕާނުގެ އާބާދީގެ 75 އިންސައްތަ މީހުން ނިއުކްލިއަރ ހަތިޔާރާ މުޅިން ދެކޮޅެވެ. އަދި ނިއުކްލިއަރ ހަތިޔާރު މަނާކުރާ މުއާހަދާގައި ސޮއިކުރުމަށް ތާއީދުކުރެއެވެ.

މިއީ ފާއިތުވި 77 އަހަރެއްހާދުވަހު ޖަޕާންގައި އާންމު ޚިޔާލު ހުރިގޮތެވެ. ނަމަވެސް ފާއިތުވި މަހެއްހާދުވަހުގެތެރޭ ޖަޕާނުގެ ސިޔާސީ އިސް ފަރާތަކުން ތަފާތު ޚިޔާލެއް ގެންގުޅުއްވަން މިވަނީ ފަށާފައެވެ. އެބޭފުޅަކީ ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއެވެ.

ޝިންޒޯ އަބޭއަކީ ދެވަނަ ބޮޑުހަގުރާމައަށްފަހު ޖަޕާންގެ ބޮޑުވަޒީރުކަން އެންމެ ގިނަދުވަހު ކުރެއްވި ބޭފުޅާއެވެ. 2012 ވަނަ އަހަރުން 2020 ވަނަ އަހަށް އެމަގާމު ފުރުއްވި އަބޭމިވަގުތު ދަނީ އަމިއްލަ ދިފާއުގައި ނިއުކްލިއަރ ހަތިޔާރު ހޯދުމާމެދު ސީރިއަސްކޮށް އަދި "އަރޖަންޓް"ކޮށް ވިސްނަން ޖަޕާނަށް ޖެހިފައިވާކަމަށް ވިދާޅުވަމުންނެވެ.

މިއީ ޖަޕާންގެ ގާނޫނު އަސާސީގައިވާ "ޕެސިފިޒަމް" ނުވަތަ ސުލްހަވެރިކަމާއެކު ދޭދޭގައުމުތަކުގެ މައްސަލަތަކަށް ހައްލުހޯދުމުގެ އުސޫލާވެސް މުޅިން ތަފާތު ވިސްނުން ފުޅެކެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އެރުމުގެ ހާދިސާއަކީ އަމިއްލަ ދިފާއުގައި ބޭނުންކުރުމަށް ގައުމުގައި އެކަށީގެންވާ ހަތިޔާރު ހުންނަން ޖެހޭނެކަމަށް އަބަދުވެސް ވަކާލާތު ކުރައްވާ ޝިންޒޯ އަބޭފަދަ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ރަނގަޅު މިސާލެކެވެ. މިފަދަ މައްސަލަތައް ދިރާސާކުރާ ފަރާތްތަކުން ވެސް ބުނަނީ ރަޝިޔާ - ޔޫކްރެއިންގެ މިސާލު ނަންގަވައިގެން ޝިންޒޯ އަބޭ ބޭނުން ފުޅުވަނީ އާންމު ޚިޔާލު ހުރިގޮތް އަނބުރާލެއްވުމަށެވެ. އުތުރު ކޮރެޔާ ނުވަތަ ޗައިނާފަދަ ގައުމަކުން ޖަޕާނާ ދެކޮޅަށް އަތުވެދާނެ ހަމަލާއަކުން ދިފާއުވެވޭފަދަ ހަތިޔާރު ޖަޕާނުން ހޯދުން މުހިންމުކަން ޖަޕާނުގެ ރައްޔިތުންނަށް ވިސްނައިދެއްވުމަށް ޝިންޒޯ އަބޭ ބޭނުން ފުޅުވެއެވެ. އަދި މި މައްސަލަ އާންމު ބަހުސަކަށް ހުޅުވާލައްވަން އަބޭ ބޭނުންފުޅުވެއެވެ.

ނަމަވެސް މިޚިޔާލުފުޅަށް މިހާރުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ ވަނީ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފައެވެ. ނިއުކްލިއަރ ބޮމުގެ ގެއްލުން އެންމެ ބޮޑަށް ކުރި ހިރޮޝީމާއަށް ނިސްބަތްވެވަޑައިގަންނަވާ ކިޝީޑާ ވިދާޅުވީ އަބޭގެ ހުށައެޅުއްވުމަކީ ބަލައިގަނެވޭކަމެއް ނޫންކަމުގައެވެ.

ނަމަވެސް ޝިންޒޯއަބޭގެ ބައެއް އެޑަވައިޒަރުންނާއި, މައްސަލަ ދިރާސާ ކުރާފަރާތްތަކުން ބުނަނީ އަބޭ ބޭނުންފުޅުވަނީ އުތުރު ކޮރެޔާއާއި ޗައިނާފަދަ ގައުމުތަކުން އެގައުމަށް ދީފާނެ ހަމަލާއަކުން ސަލާމަތް ވެވޭފަދަ ގާބިލުކަން އޮތްކަމުގެ ޔަގީންކަން ހޯއްދެވުން ރަނގަޅުކަމަށެވެ.

ނިއުކްލިއަރ ހަތިޔާރާބެހޭގޮތުން ޖަޕާން ސަރުކާރުގެ މިވަގުތުގެ ޕޮލިސީއަކީ އެމެރިކާއިން ދައްކާ މަގަކުން ހިނގުމެވެ.

ޖަރމަނީ ބެލްޖިއަމް އިޓަލީ އަދި ނެދަރލަންޑްސް ފަދަ ގައުމުތަކުގައި ނިއުކްލިއަރ ހަތިޔާރު ރައްކާކޮށްފައި ހުރިއިރު، އެމެރިކާއިން އެދެފިނަމަ މިއިން ކޮންމެ ގައުމަކުންވެސް ޖަޕާނުގެ ބޭނުމަށް އެތަކެތި ފޯރުކޮށްދޭގޮތަށް އޮތް އިރު، ޝިންޒޯ އަބޭ ބޭނުންފުޅުވަނީ އެކަމުގެ ފައިދާ ނަންގަވައި, ނިއުކްލިއަރ ހަތިޔާރު "ބޮރޯ" ކުރެއްވުން ނުވަތަ އަނބުރާ ދޭގޮތަށް ހޯއްދެވުންކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އެހާވެސް ކަމުގެ އަރޖަންޓްކަން ޖަޕާނަށް ބޮޑުވެފައިވާކަން ރައްޔިތުންނަށް ވިސްނާ ދެއްވުމަށް ޝިންޒޯ އަބޭ ބޭނުންފުޅުވެއެވެ.

ޖަޕާން

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
21 އޮކްޓޯބަރު 2025

ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

21 އޮކްޓޯބަރު 2025
ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް
12 ސެޕްޓެމްބަރު 2025

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި
07 ސެޕްޓެމްބަރު 2025

ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި

07 ސެޕްޓެމްބަރު 2025
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި
06 ސެޕްޓެމްބަރު 2025

ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި

06 ސެޕްޓެމްބަރު 2025
ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު