Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔޫކްރެއިން ހަނގުރާމަ

ޑިޕްލޮމަސީއާއި މަޝްވަރާގެ މޭޒުދޮށަށް ފުރިހަމައަށް ރުޖޫއަވުމަށް ޝާހިދު ގޮވާލައްވައިފި

އިންސާނިއްޔަތަށްޓަކައި ކުރެވޭ މަސައްކަތްތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އަދި އެހީ ފޯރުވުމަށް ފުރުސަތު ލިބޭނެކަން ޔަގީންކޮށްދޭންޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ފެބުރުއަރީ 2022 | ހޯމަ 18:44
އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު

ރަޝިޔާއާ ޔޫކްރެއިނާ ދެމެދު މިހާރުން މިހާރަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ކުރިން ގޮވާލައްވާފައިވާ ގޮވާލެއްވުމާއި، ހުރިހާ ފަރާތްތަކަކުންވެސް ވީހާވެސް ބޮޑަކަށް ހަނގުރާމައާއި ދިމާލަށް ނުދިޔުމަށް ގޮވާލައްވާފައިވާ ގޮވާލެއްވުން އާކުރައްވައި، ޑިޕްލޮމަސީއާއި މަޝްވަރާގެ މޭޒުދޮށަށް ފުރިހަމައަށް ރުޖޫއަވުމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ އދ.ގެ ޝާހިދު މިކަމަށް ގޮވާލެއްވީ, 1982 ވަނަ އަހަރު ފަހުން އދ.ގެ ސެކިއުރިޓީ ކައުންސިލުން އދ.ގެ އާންމު މަޖިލީހުގެ ކުއްލި ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް އެންގުމާ ގުޅިގެން ހޯމަ ދުވަހުގެރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ އދ.ގެ ޗާޓަރުގައި ހިމެނޭ "ސުލްހައަށް އެއްބައިވަންތަކަން" މި ނަމުގައިވާ ގަރާރުގައި ލާޒިމުކޮށްފައިވާ، އާންމު މަޖިލީހުގެ 11 ވަނަ ކުއްލި ޚާއްސަ ޖަލްސާ ބޭއްވުމަކީ، އ.ދ.ގެ ލީޑަރޝިޕަކީ ސުލްހައާއި ސަލާމަތާ ގުޅުންހުރި ކަންކަމުގައި ޚިދުމަތްކުރާ, ރައްޔިތުންގެ އުއްމީދުތަކާ އެއްގޮތަށް މަސައްކަތްކުރާ ތަނެއްކަން ކަށަވަރުކުރުމަށް އދ.ގެ ލީޑަރޝިޕަށް ލިބޭ އާ ފުރުސަތެއްކަމަށެވެ.

އަދި މި ހަނގުރާމާގައި އަތުލައިގަނެވުނު އަންހެނުންނާއި ކުޑަކުދިންނާއި ފިރިހެނުންގެ ފަރާތުން, އެމީހުންގެ ހައްގުގައި މަސައްކަތްކުރުމީ ކޮންމެހެން މުހިންމު ކަމެއް ކަމާއި، މި ހާލަތުން އަރައިގަތުމަށް، ލިބެންހުރި ހުރިހާ ޗެނަލްތަކެއްގެ ބޭނުން ހިފައި, ހާލަތު ގޯސްވިޔަ ނުދީ ހިފަހައްޓައި، ނުތަނަވަސްކަން ފިލުވާލައި، ބައިނަލްއަގުވާމީ ގާނޫނުތަކާއި، އދ.ގެ ޗާޓަރުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޕޮލެންޑް، ހަންގޭރީ، ސްލޮވާކިއާ، ރޮމޭނިއާ އަދި އީޔޫގައި ނުހިމެނޭ މޮލްޑޯވާގެ ބޯޑަރު ސަރަހައްދުގައި ހުރި ޗެކްޕޮއިންޓްތައް މިހާރު ވަނީ ތޮއްޗެހި, ވަރަށްބޮޑަށް ބާރުބޮޑުވެފައިވާ ކަމަށެވެ. އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުސަތު ލިބޭ ހިސާބުން، އިންސާނީ އެހީގެ މަސައްކަތްތަކަށް މެންބަރު ގައުމުތަކުން އެއްބާރުލުން ދިނުމަށް ގޮވާލައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ހަނގުރާމައަކުން ކާމިޔާބު ލިބޭނެ ހަމަ އެންމެ ބަޔަކުވެސް ނުތިބޭނެ ކަމަށެވެ. ނަމަވެސް ގުނާ އަދަދު ނުކުރެވޭހާ ގިނަ ދިރިއުޅުން ހަނގުރާމައިން ފަނާވެގެން ދާނެކަން ޝައްކެއްނެތް ކަމަށެވެ. އެހެންކަމުން، އިންސާނިއްޔަތަށްޓަކައި ކުރެވޭ މަސައްކަތްތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އަދި އެހީ ފޯރުވުމަށް ފުރުސަތު ލިބޭނެކަން ޔަގީންކޮށްދޭންޖެހޭކަމަށެވެ.

އިތުރަށް ކިޔާލަން

28 ޑިސެމްބަރު 2017

އަތޮޅުތެރޭގެ ރަށްރަށުގައި ހިނގާ ކަންކަމުގެ މައުލޫމާތު ފުރިހަމައަށް ސަރުކާރަކުން ނުހޯދާ: ގއ އަތޮޅު ކައުންސިލް

28 ޑިސެމްބަރު 2017
އަތޮޅުތެރޭގެ ރަށްރަށުގައި ހިނގާ ކަންކަމުގެ މައުލޫމާތު ފުރިހަމައަށް ސަރުކާރަކުން ނުހޯދާ: ގއ އަތޮޅު ކައުންސިލް
27 ޑިސެމްބަރު 2017

މަޝްވަރާގެ މޭޒަށް ރައީސް ޔާމީން ވަޑައިގަތުމަށް ގޮވާލައިފި

27 ޑިސެމްބަރު 2017
މަޝްވަރާގެ މޭޒަށް ރައީސް ޔާމީން ވަޑައިގަތުމަށް ގޮވާލައިފި
16 އޮކްޓޯބަރު 2017

ސަޓާ އެވޯޑް އައްޑޫގައި ބޭއްވުމަށް ދަނީ ފުރިހަމައަށް ތައްޔާރުވަމުން: ހައިރައިޒް

16 އޮކްޓޯބަރު 2017
ސަޓާ އެވޯޑް އައްޑޫގައި ބޭއްވުމަށް ދަނީ ފުރިހަމައަށް ތައްޔާރުވަމުން: ހައިރައިޒް
29 ސެޕްޓެމްބަރު 2017

މަރޮށީގައި ކަރަންޓުގެ ޚިދުމަތް ފުރިހަމައަށް ނުލިބި ތިން ދުވަސް

29 ސެޕްޓެމްބަރު 2017
މަރޮށީގައި ކަރަންޓުގެ ޚިދުމަތް ފުރިހަމައަށް ނުލިބި ތިން ދުވަސް
11 ސެޕްޓެމްބަރު 2017

ބޭރުގެ ލޮލުގައި އަނދުން އަޅުވަން ނޫޅޭ، ލީޑަރުން ދޫކޮށްލާފަ މަޝްވަރާގެ ވާހަކަ ދައްކާ: އިދިކޮޅު ފަރާތްތައް

11 ސެޕްޓެމްބަރު 2017
ބޭރުގެ ލޮލުގައި އަނދުން އަޅުވަން ނޫޅޭ، ލީޑަރުން ދޫކޮށްލާފަ މަޝްވަރާގެ ވާހަކަ ދައްކާ: އިދިކޮޅު ފަރާތްތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު