Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫއެސް-ރަޝިޔާ

ޓްރަމްޕާއި ޕުޓިން ބައްދަލު ކުރައްވަނީ އެލާސްކާ ގައި

ޓްރަމްޕް އާއި ޕުޓިން އެލާސްކާގައި ބައްދަލުކުރައްވާ އިރު މި ބައްދަލުވުމުގައި ޒެލެންސްކީ ވެސް ބައިވެރިވެވަޑައިގަތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވައިޓް ހައުސް އިން ވަނީ އިޝާރާތް ކޮށްފައި.

ރާއްޖެ އެމްވީ | 9 އޯގަސްޓު 2025 | ހޮނިހިރު 02:24
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އަންނަ ހުކުރު ދުވަހު އެލާސްކާގައި ބައްދަލު ކުރައްވާ، ޔޫކްރެއިންގެ ހަނގުރާމައިގެ ކުރިމަގާ މެދު މަޝްވަރާ ކުރެއްވުމަށް ނިންމައިފިއެވެ.އޯގަސްޓް 15 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުން ޓްރަމްޕް އިޢުލާނު ކުރެއްވީ ސޯޝަލް މީޑިއާގައެވެ. ކްރެމްލިންގެ ތަރުޖަމާނު މި ޚަބަރު ކަށަވަރު ކުރައްވަމުން، އެލާސްކާ އަކީ ރަޝިޔާ އާ ކައިރި ސަރަޙައްދެއް ކަމަށްވުމުން މިއީ "ވަރަށް އެކަށީގެންވާ" ތަނެއް ކަމަށް ވިދާޅުވިއެވެ.މި ބައްދަލުވުމުގެ ޚަބަރު އައީ، ޓްރަމްޕް ޔުކްރެއިންގެ ބައެއް ސަރަޙައްދުތައް އެ ގައުމުން ދޫކޮށްލަން ޖެހިދާނެ ކަމަށް އިޝާރާތް ކުރެއްވުމަށް ފަހުގައެވެ. ސީބީއެސް ނިއުސްގެ ރިޕޯޓުގައި ބުނާ ގޮތުން، ވައިޓް ހައުސް އިން މަސައްކަތް ކުރަމުން ދަނީ ރަޝިޔާ އަށް މުޅި ޑޮންބާސް ސަރަޙައްދާއި ކްރައިމިއާ ދޫކޮށްލުމުގެ އެއްބަސްވުމަކަށް ޔޫކްރެއިން އާއި ޔޫރަޕިއަން ލީޑަރުން އެއްބަސްކުރުވުމަށެވެ.

ޔޫކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ މިފަދަ އެއްވެސް ސަރަޙައްދެއް ދޫކޮށްލުމަށް ގަބޫލުފުޅެއް ނުކުރައްވައެވެ.

ރަޝިޔާ އިން މިހާރު ޔޫކްރެއިންގެ 20 އިންސައްތަ ސަރަޙައްދު ހިސޯރު ކޮށްފައިވާއިރު، ޔޫކްރެއިންގެ ރައްދު ހަމަލާތަކުން ރަޝިޔާގެ ބާރުތައް ފަހަތަށް ޖައްސާލެވިފައެއް ނުވެއެވެ.

ވައިޓް ހައުސްގެ އިސް އޮފިޝަލެއް ވިދާޅުވި ގޮތުގައި އަދިވެސް ބައްދަލުވުމުގެ ޕްލޭންތައް ބަދަލުވަމުން ދާއިރު، ޒެލެންސްކީ ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ ތިން ގައުމުގެ މެދުގައި އެއްބަސްވުމެއް ހާސިލް ކުރެވިދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އެހެން ނަމަވެސް ޔޫކްރެއިން އިން ބައްދަލުވުމާ ގުޅޭ ގޮތުން އަދި އެއްވެސް އެއްޗެއް ހާމަ ކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން ދެ ގައުމުގެ ވެރިން ބައްދަލު ކުރައްވާފައި ވަނީ 2021 ވަނަ އަހަރު އެވެ. ސުވިޒަލޭންޑް ގެ ޖެނީވާގައި އެ ފަހަރު ޕުޓިން އާ ބައްދަލު ކުރެއްވީ އޭރުގެ އެމެރިކާ ގެ ރައީސް ޖޯ ބައިޑްން އެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!

25 ފެބުރުއަރީ 2017
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!
22 ފެބުރުއަރީ 2017

ސެނެޓާ ޖޯން މެކޭން އާއި ސަލްމާން ރަސްގެފާނު ބައްދަލު ކުރައްވައިފި

22 ފެބުރުއަރީ 2017
ސެނެޓާ ޖޯން މެކޭން އާއި ސަލްމާން ރަސްގެފާނު ބައްދަލު ކުރައްވައިފި
29 ޖެނުއަރީ 2017

ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު