Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

އަންނަ ހަފުތާގެ ތެރޭގައި ޓްރަމްޕް ޕުޓިންއާ ބައްދަލު ކުރައްވާނެ ކަމަށް ބުނެފި

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ވިދާޅުވެފައި ވަނީ، ރަޝިޔާ އިން ވަނީ އެމެރިކާގެ ރައީސް ޓްރަމްޕްއާ ބައްދަލު ކުރުމަށް ހުށަހަޅާފައި ކަމަށެވެ. އަދި އެމެރިކާގެ ރައީސް ޓްރަމްޕް ހުންނެވީ، ރަޝިޔާގެ ރައީސް ޕުޓިން އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީއާ ވެސް ބައްދަލު ކުރައްވަން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 އޯގަސްޓު 2025 | ބުރާސްފަތި 07:57
އެމެރިކާގެ ރައީސް ޓްރަމްޕް އާއި، ރަޝިޔާގެ ރައީސް ޕުޓިން މީގެ ކުރިން ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން

އެމެރިކާގެ ރައީސް ޓްރަމްޕް އާއި، ރަޝިޔާގެ ރައީސް ޕުޓިން މީގެ ކުރިން ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން

ރަޝިޔާ ޔުކްރެއިން ހަނގުރާމައިގެ މައްސަލައި މަޝްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމަޕް، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއާ ބައްދަލު ކުރައްވަން ބޭނުންފުޅުވާ ކަމަށް ރިޕޯޓު ކޮށްފި އެވެ.

ނިއުޔޯކް ޓައިމްސް އިން ބުދަ ދުވަހު ބުނެފައިވާ ގޮތުގައި، އަންނަ ހަފުތާގެ ތެރޭގައި ޕުޓިންއާ ބައްދަލު ކުރައްވަން، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ރާއްވަވާއިފަ އެވެ. 

ދެ މަސްދަރަކާ ހަވާލާދީ ނިއުޔޯކް ޓައިމްސްގައި ބުނެފައިވާ ގޮތުގައި، ޔޫރަޕުގެ ލީޑަރުންނާ އެކު ފޯނު މެދުވެރިކޮށް ދެއްކެވި ވާހަކައިގައި ޓްރަމްޕް ވަނީ، އަންނަ ހަފުތާގެ ތެރޭގައި ރަޝިޔާގެ ރައީސް ޕުޓިންގެ އިތުރުން، ޔުކްރެއިންގެ ރައީސް  ވުލެޑިމިއަރ ޒެލެންސްކީއާ ބައްދަލު ކުރައްވަން ރާއްވަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. 

އެކަމާ ގުޅޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ވިދާޅުވެފައި ވަނީ، ރަޝިޔާ އިން ވަނީ އެމެރިކާގެ ރައީސް ޓްރަމްޕްއާ ބައްދަލު ކުރުމަށް ހުށަހަޅާފައި ކަމަށެވެ. އަދި އެމެރިކާގެ ރައީސް ޓްރަމްޕް ހުންނެވީ، ރަޝިޔާގެ ރައީސް ޕުޓިން އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީއާ ވެސް ބައްދަލު ކުރައްވަން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ރަޝިޔާގެ ރައީސް ޕުޓިން އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީއާ ވެސް ބައްދަލު ކުރުމަށް ޓްރަމްޕް ބޭނުން ވަނީ، ވީ އެންމެ އަވަހަށް ރަޝިޔާ-ޔުކްރެއިން ހަނގުރާމައިގެ ޙައްލެއް ހޯދުމަށެވެ. ޚާއްސަކޮށް ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ބާރު އަޅުއްވަމުން އަންނައިރު، އެކަމުގައި އަވަސް ނަތީޖާއެއް ޓްރަމްޕް ބޭނުންފުޅުވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

އެމެރިކާގެ ރައީސް ޓްރަމްޕްގެ ފަރާތުން މެދު އިރު މައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް ވަނީ، ދާދި ފަހުން ރަޝިޔާގެ ރައީސް ޕުޓިންއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުން މީޑިއާ ތަކުގައި ސިފަ ކޮށްފައި ވަނީ، "ވަރަށް ކާމިޔާބު" ބައްދަލުވުމެއްގެ ގޮތުގަ އެވެ. ވިކްޓޮފް އާއި ޕުޓިންގެ އެ ބައްދަލުވުމަށް ފަހު ޓްރަމްޕް ވަނީ، ޔޫރަޕުގެ ލީޑަރުންނާ އެކު މަޝްވަރާ ކުރައްވާފައިވާކަން ހާމަ ކުރައްވައިފަ އެވެ. 

އެ ބައްދަލުވުމާ ގުޅޭ ގޮތުން ޓްރަމްޕް އޭނާގެ ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓުމަކަށް އަންނަން ޖެހޭ ކަމަށް ހުރިހާ ލީޑަރުން ވެސް އެއްބަސްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކާއި، ހަފުތާ ތަކުގެ ތެރޭގައި ވެސް އެ ކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރުގެ ހުވާ، މިއަހަރުގެ ޖަނަވަރީ މަހު ކުރެއްވި ފަހުން ޓްރަމްޕް ގެންދަވަނީ ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ތިން އަހަރުވީ ހަނގުރާމަ ނިންމުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ. ވެރިކަމުގެ ފުރަތަމަ ދުވަސް ކޮޅު ވެސް ޓްރަމްޕް ވަނީ، ރަޝިޔާގެ ރައީސް ޕުޓިންއާ އެކު ފޯނު ކޯލުން މަޝްވަރާތައް ކުރައްވައިފަ އެވެ. 

ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ކުރައްވަމުން އައި މަސައްކަތުގައި ރަޝިޔާގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭތީވެ، ޓްރަމްޕްގެ ނުރުހުން ރަޝިޔާ އަށް އަމާޒުވި އެވެ. ޚާއްސަކޮށް އެ ޤައުމުގެ ރައީސް ޕުޓިން އަށް ޓްރަމްޕް ވަނީ ވަރަށް ބޮަޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ޕުޓިންގެ އަމަލުތައް ހުންނަ ގޮތާ މެދު އިންތިހާ އަށް ހިތްހަމަ ނުޖެހޭ ކަމަށް ވެސް ޓްރަމްޕް ހާމަ ކުރެއްވި އެވެ.

ދާދި ފަހުން ޓްރަމްޕް ވަނީ ރަޝިޔާ އަށް ސުން ގަޑިއެއް ވެސް ކަނޑައަޅައިފަ އެވެ. އެ މުއްދަތުގެ ތެރޭގައި ރަޝިޔާ އިން ހަނގުރާމަ ހުއްޓަލުމާ މެދު ގޮތެެއް ނުނިންމައިފި ނަމަ، އެ ޤައުމާ ދެކޮޅަށް އިންތިހާ އަށް ދަތި ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވެސް ޓްރަމްޕް އޮތީ ވިދާޅުވެފަ އެވެ.

ޑޮނަލްޑް ޓްރަމްޕްވްލަޑިމިއަރ ޕުޓިންވުލެޑިމިއަރ ޒެލެންސްކީރަޝިޔާ-ޔޫކްރެއިން ހަނގުރާމަވައިޓް ހައުސްއެމެރިކާ-ރަޝިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު