Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވްލަޑިމިއަރ ޕުޓިން

އެމެރިކާ ގެ ރައީސް އާއި ރަޝިޔާ ގެ ރައީސް ބައްދަލު ކުރައްވަނީ

ދެ ގައުމުގެ ވެރިން ބައްދަލުކުރާއިރު، ޔޫކްރެއިން ހަނގުރާމަ އޮތީ ހައްލެއް ނުލިބި ވަރަށް ނާޒުކު ހާލަތެއްގައެވެ. ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ސުންގަޑި ކައިރިވަމުން އަންނައިރު، ދެ ވެރިންގެ ބައްދަލުވުމަކީ ސުލްހައިގެ އުއްމީދެއް ކަމުގައި ވިޔަސް ރަޝިޔާގެ ޝަރުތުތަކަށް ބަދަލެއް އައިސްފައި ނުވާކަން ފާހަގަކުރެވޭތީ މި ބައްދަލުވުމުގެ ސަބަބުން ހަނގުރާމަ ހުއްޓިދާނެ ކަމަކަށް ނުބެލެއެވެ.

ރާއްޖެ އެމްވީ | 7 އޯގަސްޓު 2025 | ބުރާސްފަތި 17:01
ޑޮނަލްޑް ޓްރަމްޕް އާއި ވްލަޑިމިއަރ ޕުޓިން

ޑޮނަލްޑް ޓްރަމްޕް އާއި ވްލަޑިމިއަރ ޕުޓިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން "ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި" ބައްދަލުކުރުމަށް ތައްޔާރުވަމުންދާ ކަމަށް ކްރެމްލިންގެ އިސް ވެރިއަކު ބުނެފިއެވެ.

އެމެރިކާ އިން ވަނީ ޔުކްރެއިންގެ މައްޗަށް ރަޝިޔާ އިން ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށް ނުވަތަ އިޤްތިޞާދީ އަދަބުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ ސުންގަޑި ކަނޑައަޅާފައެވެ.

ކްރެމްލިންގެ މުޝީރެއް ކަމުގައިވާ ޔޫރީ އުޝަކޯވް ބުރާސްފަތި ދުވަހު ބުނެފައިވަނީ ޓްރަމްޕް އާއި ޕުޓިންގެ ބައްދަލުވުން އަންނަ ހަފްތާގައިވެސް ބޭއްވިދާނެ ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ ބައްދަލުވުން ބާއްވާނެ ތަނެއް ކަނޑައަޅާފައިވާ ކަމަށާއި، ނަމަވެސް އެ ތަނެއް ހާމަކުރާނީ ފަހުން ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ފަހުން، ޕުޓިން ވަނީ ޓްރަމްޕާ ބައްދަލުކުރުމަށް އެކަށީގެންވާ ތަންތަނުގެ ތެރެއިން އެއް ތަނެއްގެ ގޮތުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ފާހަގަ ކުރައްވާފައެވެ. އަދި އެއީ މަތީ ފެންވަރުގެ މަޝްވަރާތަކަށް "އެކަށޭނަ" ތަނެއް ކަމަށް ވިދާޅުވިއެވެ.

ޕުޓިން އަދި ޔޫކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީއާ ބައްދަލުކުރެއްވުމާ މެދުވެސް ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވެފައިވަނީ އެ ޚިޔާލަށް "މުޅިން" ދެކޮޅު ނޫން ކަމަށެވެ.

ނަމަވެސް، އޭނާ ވިދާޅުވީ އެފަދަ ބައްދަލުވުމެއް ބޭއްވުމުގެ ކުރިން "ވަކި ޝަރުތުތަކެއް އުފެއްދެންޖެހޭނެ" ކަމަށެވެ. އަދި މިހާރުގެ ޙާލަތު އެކަމަށް "މާ ދުރު" ކަމަށް ވިދާޅުވިއެވެ.

އުޝަކޯވް ބުނެފައިވަނީ ތިން ފަރާތުގެ މެދުގައި ބާއްވާ ސަމިޓެއްގެ ވާހަކަ އުފެދިފައިވަނީ މޮސްކޯގައި ޓްރަމްޕްގެ އެންވޯއީ ސްޓީވް ވިޓްކޮފްއާއެކު ކުރެވުނު މަޝްވަރާތަކުގައި ކަމަށެވެ. ވިޓްކޮފް ވަނީ މި ހަފްތާގެ ކުރީކޮޅު ފަސްވަނަ ފަހަރަށް ޕުޓިންއާ ބައްދަލުކޮށްފައެވެ. ތިން ފަރާތުގެ މެދުގައި ބޭއްވިދާނެ ބައްދަލުވުމަކާ ގުޅޭގޮތުން ރަޝިޔާ އިން ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ދެ ގައުމުގެ ވެރިން ބައްދަލު މި ކުރައްވަނީ އެމެރިކާ އާ ރަޝިޔާ އާ ދެ ޤައުމުގެ ގުޅުމުގެ ތާރީޚުގައި އެންމެ ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވެއެވެ.

ދެ ގައުމުގެ ވެރިން އެންމެ ފަހުން ބައްދަލު ކުރެއްވީ މީގެ 4 އަހަރު ކުރިންނެވެ.

މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޕުޓިން އާއި ޓްރަމްޕްގެ ސަމިޓަކުން ކޮންމެހެން ހަނގުރާމަ ހުއްޓާލާނެ ކަމެއް ކަށަވަރެއް ނުވެއެވެ.

އެއް ނަޒަރަކުން ބަލާއިރު، މިއީ އެމެރިކާ އާއި ރަޝިޔާ އާ ދެމެދު އެއްބަސްވުމަކަށް ވާސިލުވެފައިވާކަމުގެ ނިޝާނެއް ކަމަށް ވެދާނެއެވެ. އަދި އެއްބަސްވުން ގާއިމު ކުރަން ދެ ފަރާތް ބައްދަލުކުރަން ޖެހެނީ ކަމަށް ވެސް ވެދާނެއެވެ.

މިއީ އަބަދުވެސް ރަޝިޔާ އިން ގެންގުޅޭ ސްޓޭންޑެވެ. އެއްބަސްވެވޭނެ ކަމެއް އޮތްނަމަ ރައީސުންގެ ފެންވަރުގައި ބައްދަލު ކުރާނެ ކަމަށް އެ ޤައުމުން ދަނީ ބުނަމުންނެވެ.

އެހެން ވިސްނުމަކުން ބަލާއިރު، އެއްވެސް އޮއްޓަރު ހުރި ކަމެއް ނެތި ވެސް ބާއްވާ ބައްދަލުވުމަކަށް މި ބައްދަލުވުން ވެދާނެ އެވެ. ހަމަ އެކަނި ދައްކާލުމަށް ކުރާ ކަމަކަށް ވެދާނެ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

ދެ ވެރިން ބައްދަލު ކުރައްވާ ވާހަކައިގެ އަޑުތައް ގަދަ ވެފައިވާއިރު ޔޫކްރެއިންގައި ރަޝިޔާ އިން ހިންގަމުންދާ ހަނގުރާމަ ހުއްޓާނުލައިގެން ޓްރަމްޕް ހުންނެވީ ވަރަށް ރުޅިގަދަ ވެފައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އެންމެ ފަހުން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާ އަށް ދީފައިވާ ސުންގަޑި ހުކުރު ދުވަހަށް ހަމަވާނެއެވެ. އެހެން ކަމުން އެ ސުންގަޑި ފަހަނަ އަޅާ ދިއުމަށް ކުރެވޭ ކަމަށް ވެސް މި ބައްދަލުވުން ވެދާނެ ކަމަށް ބެލެއެވެ.

ބައްދަލު ވުމަކީ ޓްރަމްޕް ހަނގުރާމަ ހުއްޓުވުމަށް ކުރައްވާ މަސައްކަތުގެ ކުރިއެރުމެއްގެ ގޮތުގައި ދައްކަވަފާނެއެވެ. އެހެން ނަމަވެސް ޙަޤީޤަތުގައި އެއީ އެއްވެސް ކަމެއް ހާސިލުވާނެ ކަމެއް ނޫނެވެ.

ސަބަބަކީ މޮސްކޯއިން އެ ފަރާތުގެ ޕޮސިޝަން ބަދަލު ކޮށްފައި ނުވުމެވެ. ހަނގުރާމަ ހުއްޓާލުމަށް ޑިމާންޑް ކުރާ ކަންތައްތައް އޮތީ ހަމަ އެގޮތުގައެވެ. ރަޝިޔާ އިން ފަހައްތައް ޖެހިދާނެ ކަމުގެ އެއްވެސް ނިޝާނެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.

ރަޝިޔާގެ ސިޔާސީ ސައިންޓިސްޓެއް ކަމަށްވާ މަރަޓް ބަޝިރޮވް ޙަވާލާދީ ރަޝިޔާ ގެ ނޫހެއް ގައި ބުނެފައިވަނީ ހުކުރު ދުވަހުގެ ސުންގަޑީގެ ކުރިން ޕުޓިން "ވަގުތު ގަނެފައިވާ" ކަމަށެވެ.

ޔޫކްރެއިން އާ ގުޅޭ ގޮތުން ޓްރަމްޕް ގެ ދެ ޝައުގެއް އޮތް ކަމަށާއި، އެއް ކަމަކީ ފައިސާ ހޯއްދެވުން ކަމަށާއި އަނެއް ކަމަކީ ނޮބެލް ސުލްހައިގެ އިނާމު ހޯއްދެވުން ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

ޓްރަމްޕްގެ ސުންގަޑިއަށް ވުރެ ކުރިން ސުލްޙައިގެ އެއްބަސްވުމަކަށް ވާސިލުވެވޭނެ ކަމުގެ އުއްމީދު ވަރަށް ކުޑައެވެ. ރަޝިޔާ އިން ޔުކްރެއިންގެ އެކި ސަރަޙައްދުތަކަށް ވައިގެ ހަމަލާތައް ދަނީ ދެމުންނެވެ. އަދި ހަނގުރާމަ ނިންމުމަށް މޮސްކޯ އިން ކަނޑައަޅާފައިވާ ޝަރުތުތައް، މިސާލަކަށް ޔޫކްރެއިން އިން ހަތިޔާރު ބެހެއްޓުމާއި، ވަކި ފަރާތަކަށް ނުޖެހުމާއި، އަދި ނޭޓޯގެ މެމްބަރަކަށް ވުމަށް ކުރާ މަސައްކަތް ހުއްޓާލުން ފަދަ ކަންކަމަކީ ޔުކްރެއިނާއި އެ ގައުމުގެ ހުޅަނގުގެ އެކުވެރިންނަށް އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ކަންކަމެއް ނޫނެވެ.

ޕުޓިން އިތުރަށް ޑިމާންޑް ކުރަނީ ރަޝިޔާ އިން ހިސޯރު ކޮށްފައިވާ ސަރަޙައްދުތަކުން ޔޫކްރެއިން ސިފައިން އަނބުރާ ގެންދިއުމާއި، ކްރައިމިއާ ރަސްމީކޮށް ބަލައިގަތުމާއި، އަދި ބައިނަލްއަޤްވާމީ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމެވެ. ޔޫކްރެއިން އިން މި ޝަރުތުތައް އަބަދުވެސް ބުނަމުން ދަނީ މި ޝަރުތުތައް ބަލައި ނުގަންނަ ކަމަށެވެ.

އަނެއްކޮޅުން، ވައިޓް ހައުސްއިން ވަނީ ޔުކްރެއިނަށް އިތުރު 200 މިލިއަން ޑޮލަރުގެ އަސްކަރީ އެހީގެ ޕެކޭޖެއް ދިނުމަށް ފާސްކޮށްފައެވެ. މީގެ ތެރޭގައި ޑްރޯން އުފެއްދުމަށް ދޭ އެހީވެސް ހިމެނެއެވެ. އަދި މިއާ ވަކިން، ބުދަ ދުވަހު ޓްރަމްޕް ވަނީ އިންޑިއާ އިން އެތެރެކުރާ މުދަލަށް 25 އިންސައްތައިގެ އިތުރު ޓެރިފެއް ކަނޑައަޅައި އެގްޒެކެޓިވް އޯޑަރެއްގައި ސޮއިކުރައްވާފައެވެ. މިއީ އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަތުން ކުރިއަށް ގެންދާތީ އިންޑިއާ އަށް ދިން އަދަބެއްގެ ގޮތުގައި މާނަ ކުރެވެއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަޑޮނަލްޑް ޓްރަމްޕްވްލަޑިމިއަރ ޕުޓިންރަޝިޔާ-އެމެރިކާވުލެޑިމިއަރ ޒެލެންސްކީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު