Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-އިންޑިއާ

ރަޝިޔާ އާއި އިންޑިއާގެ ގުޅުން ވަރުގަދަ ކުރަނީ، އަހަރުގެ ފަހު ކޮޅު ޕުޓިން އިންޑިއާ އަށް

8 އޯގަސްޓު 2025 | ހުކުރު 08:38

މިއަހަރުގެ ކުރީ ކޮޅު ވެސް ބައެއް މީޑިއާ ތަކުން ވަނީ މިފަދަ ރިޕޯޓުތަކެއް ކޮށްފަ އެވެ. އަޖިތު ދޯލަވް ވިދާޅުވެފައި ވަނީ، މިހާރު އިންޑިއާ އިން އިންތިޒާރު ކުރަމުން އަންނަނީ ޕުޓިންގެ ދަތުރުފުޅަށް ކަމަށެވެ. 

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 އޯގަސްޓު 2025 | ހުކުރު 08:38
އިންޑިއާގެ ބޯޑު ވަޒީރު މޯދީ އަދި ރަޝިޔާގެ ރައީސް ޕުޓިން، އެމެރިކާގެ ފިއްތުންތަކާ އެކު އިންޑިއާ އިން އަންނަނީ ރަޝިޔާއާ އޮތް ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން

އިންޑިއާގެ ބޯޑު ވަޒީރު މޯދީ އަދި ރަޝިޔާގެ ރައީސް ޕުޓިން، އެމެރިކާގެ ފިއްތުންތަކާ އެކު އިންޑިއާ އިން އަންނަނީ ރަޝިޔާއާ އޮތް ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން | ރޮއިޓާސް

ރަޝިޔާގެ ރައީސް ވޮލަޑިމިއަރ ޕުޓިން، މިއަހަރުގެ ފަހު ކޮޅު އިންޑިއާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓު ކޮށްްފި އެވެ.

ދާދި ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އެމެރިކާ އަށް އެތެރޭ ކުރާ އިންޑިއާގެ މުދަލުން ޓެރިފް ނެގުމަށް ނިންމައިފަ އެވެ. އެންމެ ފުރަތަމަ ޓްރަމްޕް ނިންމަވާފައި ވަނީ 25 އިންސައްތައިގެ ޓެރިފް ނެގުމަށެވެ. ނަމަވެސް، އިންޑިއާ އިން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާ ނުލާނެތީ، އިތުރު 25 އިންސައްތައިގެ ޓެރިފް އާއެކު، ޖުމުލަ 50 އިންސައްތައިގެ ޓެރިފް ނެގުމަށް ނިންމާފައިވެ އެވެ.

އެކަމާ ގުޅިގެން އިންޑިއާ އާއި ރަޝިޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ދެ ޤައުމުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ. އަދި އިންޑިއާ އިން ބޭނުން ވަނީ އެމެރިކާގެ ޓެރިފްތަކާ ކުރިމަތިލައި، ރަޝިޔާއާ އެކު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކަމަށް ވެސް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. 

އެގޮތުން ރަޝިޔާގެ ވެރި ރަށް މޮސްކޯގައި ކުރިއަށް ގެންދިޔަ ދެ ޤައުމުގެ ސަލާމަތީ މަޝްވަރާ ތަކުގައި، ރަޝިޔާ އާއި އިންޑިއާގެ އިސްތިރާޖީ ގުޅުން ހިފަހައްޓައި، އެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާކޮށް، އެކަމަށް ދެ ޤައުމުން ވެސް އަޒުމު ކަނޑައަޅާފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. 

އިންޓަފެކްސް ނިއުން އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯލަވް ވަނީ، މިއަހަރުފެ ފަހު ކޮޅު ރަޝިޔާގެ ރައީސް ޕުޓިން އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. މިއަހަރުގެ ކުރީ ކޮޅު ވެސް ބައެއް މީޑިއާ ތަކުން ވަނީ މިފަދަ ރިޕޯޓުތަކެއް ކޮށްފަ އެވެ. އަޖިތު ދޯލަވް ވިދާޅުވެފައި ވަނީ، މިހާރު އިންޑިއާ އިން އިންތިޒާރު ކުރަމުން އަންނަނީ ޕުޓިންގެ ދަތުރުފުޅަށް ކަމަށެވެ. 

އަޖިރު ދޯލަވް ވަނީ، ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ސާގޭ ޝޮއިގޫއާ ބައްދަލު ކުރައްވައި، އިންޑިއާ އާއި ރަޝިޔާގެ ކަންކަޟާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވައިފަ އެެެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝޮއިގޫ ވިދާޅުވެފައި ވަނީ، އިންސާފުވެރި އަދި ދެމެހެއްޓެނިވި ދުނިޔޭގެ ނިޒާމެއް އުފެއްދުމަށާއި، ބައިނަލްއަޤުވާމީ ޤާނޫނުގެ އިސްކަން ކަށަވަރު ކުރުމުގެ އިތުރުން، މިޒަމާނުގެ ގޮންޖެހުންތަކާ ކުތިމަތިލުމަށް އެކުގައި މަސައްކަތް ކުރުމަށް ދެ ޤައުމުން ވެސް އަޒުމު ކަނޑައަޅާ ކަމަށެވެ. 

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ގިނަ ގޮން ޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، އިންޑިއާ އާއި ޗައިނާ ވެފައި ވަނީ ރަޝިޔާގެ ތެލުގެ އެންމެ ބޮޑު ވިޔަފާރި ވެރިންނަށެވެ. އެހެން ނަމަވެސް، ތެލުގެ އަގު ހެޔޮކަން ކުޑަ ވުމާ އެކު، އިންޑިއާގެ ސަރުކާރުގެ ރިފައިނަރީތަކުން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލާފައިވާ ކަމަށް ބުނެފައިވެ އެވެ. 

ރަޝިޔާގެ ރައީސް ޕުޓިން އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި ދެ ޤައުމުގެ ދިފާއީ އެއްބާރުލުމުގެ އިތުރުން، ތެލުގެ ވިޔަފާރީގެ މައްސަލަތައް ހައްލު ކުރުމަށް މަޝްވަރާ ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތަޖުރިބާ ކާރުން ބުނެ އެވެ. 

ރަޝިޔާ-އިންޑިއާވުލަޑިމިއަރ ޕުޓިންމޮސްކޯތެލުގެ ވިޔަފާރިރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

13 އޯގަސްޓު 2026

ޖަޕާނުން މިލްކުވެރިކަމަށް ދައުވާކުރާ ކޫރީލް އައިލެންޑްސްއަށް ރަޝިޔާގެ ރައީސް ޕޫޓިން ޒިޔާރަތް ކުރެއްވުމާ ގުޅިގެން، ޖަޕާނު ސަރުކާރުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފި

13 އޯގަސްޓު 2026
ޖަޕާނުން މިލްކުވެރިކަމަށް ދައުވާކުރާ ކޫރީލް އައިލެންޑްސްއަށް ރަޝިޔާގެ ރައީސް ޕޫޓިން ޒިޔާރަތް ކުރެއްވުމާ ގުޅިގެން، ޖަޕާނު ސަރުކާރުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފި
06 އޯގަސްޓު 2026

ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި

06 އޯގަސްޓު 2026
ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި
28 ޖުލައި 2026

އީރާންގެ "މަދިރި ފްލީޓް" އަށް ޕުޓިން ތައުރީފު ކުރައްވައިފި

28 ޖުލައި 2026
އީރާންގެ "މަދިރި ފްލީޓް" އަށް ޕުޓިން ތައުރީފު ކުރައްވައިފި
19 ޖުލައި 2026

ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ވަރުގަދަ ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފި

19 ޖުލައި 2026
ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ވަރުގަދަ ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފި
06 ޖުލައި 2026

ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ރަޝިއާއިން ވަރުގަދަ ހަމަލާތަކެއް ދީފި

06 ޖުލައި 2026
ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ރަޝިއާއިން ވަރުގަދަ ހަމަލާތަކެއް ދީފި
06 ޖުލައި 2026

ނޭޓޯ ސަމިޓުގައި ޓްރަމްޕް، ޒެލެންސްކީ އާއި އަލް ޝަރާއާ ބައްދަލު ކުރައްވަނީ

06 ޖުލައި 2026
ނޭޓޯ ސަމިޓުގައި ޓްރަމްޕް، ޒެލެންސްކީ އާއި އަލް ޝަރާއާ ބައްދަލު ކުރައްވަނީ
05 ޖުލައި 2026

ޗައިނާ އާއި ރަޝިއާގެ އަސްކަރީ މަނަވަރުތައް ގުޅިގެން ޚާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ

05 ޖުލައި 2026
ޗައިނާ އާއި ރަޝިއާގެ އަސްކަރީ މަނަވަރުތައް ގުޅިގެން ޚާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ
05 ޖުލައި 2026

ހަނގުރާމަ އަށް ޙައްލު ހޯއްދުމަށް އެހީތެރި ވާނެ ކަމަށް، ޓްރަމްޕް ޕުޓިން އަށް އަންގަވައިފި

05 ޖުލައި 2026
ހަނގުރާމަ އަށް ޙައްލު ހޯއްދުމަށް އެހީތެރި ވާނެ ކަމަށް، ޓްރަމްޕް ޕުޓިން އަށް އަންގަވައިފި
04 ޖުލައި 2026

ޔޫކްރެއިން އަށާއި އެގައުމަށް އެހީވާ ފަރާތްތަކަށް ޕޫޓިންގެ ވަރުގަދަ އިންޒާރެއް

04 ޖުލައި 2026
ޔޫކްރެއިން އަށާއި އެގައުމަށް އެހީވާ ފަރާތްތަކަށް ޕޫޓިންގެ ވަރުގަދަ އިންޒާރެއް
01 ޖުލައި 2026

ޗައިނާއިން ޕްރައިމަރީން ފެށިގެން ޔުނިވަރސިޓީއަށް އޭއައި ކިޔަވައިދޭން ނިންމައިފި

01 ޖުލައި 2026
ޗައިނާއިން ޕްރައިމަރީން ފެށިގެން ޔުނިވަރސިޓީއަށް އޭއައި ކިޔަވައިދޭން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް