Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނައުން

މާލެއިން ބޭރުގައިވެސް ހައިކޯޓުގެ އަޑުއެހުންތައް ބެއްވޭ ގޮތަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފި

ހައިކޯޓުގައި ހިނގަމުންދާ މައްސަލަތަކުގެ އަދަދަށް ބަލައި، ހައިކޯޓުގެ ގަވާއިދުގައި ކަނޑައަޅާ އުސޫލަކުން މާލެއިން ބޭރުގައި ވެސް އަޑުއެހުންތައް ބޭއްވިދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2022 | ހޯމަ 07:13
ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު

ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު

ހައިކޯޓުގައި ހިނގަމުންދާ މައްސަލަތަކުގެ އަދަދަށް ބަލައި ރަށްރަށުގައި ވެސް އަޑުއެހުންތައް ބެއްވޭ ގޮތަށް ދިވެހިރާއްޖެގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން، މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ހުށަހަޅުއްވަމުން ވިދާޅުވީ މި އިޞްލާޙުގައި، ހައިކޯޓު އަދި ހައިކޯޓުގެ އެންމެހައި ޝަރީޢަތްތަކުގެ އަޑުއެހުން ޢާންމު ގޮތެއްގައި ހިނގަމުންދާނީ، އަދި ހައިކޯޓަށް ޢައްޔަންކުރެވޭ އެންމެހައި ފަނޑިޔާރުން ޤާއިމުވެ ތިބޭނީ، މާލޭގައި ކަމުގައި ބަޔާންކޮށްފައިވާއިރު، ހައިކޯޓުގައި ހިނގަމުންދާ މައްސަލަތަކުގެ އަދަދަށް ބަލައި، ހައިކޯޓުގެ ގަވާއިދުގައި ކަނޑައަޅާ އުސޫލަކުން، މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ހައިކޯޓުގެ ޝަރީޢަތުގެ އަޑުއެހުންތައް ބޭއްވުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި މި ޤާނޫނުގެ 41 ވަނަ މާއްދާގެ ފަހަތަށް "އިސްތިއުނާ ފުކުރުމަށް ހުށަހެޅުން" މި އަރިމަތީ ސުރުޚީ ގައި މާއްދާއެއް އިތުރުކުރުމަށް ބިލުގައި ހުށަހަޅާފައިވެއެވެ. މި މާއްދާގައި، ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް، ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅަން ބޭނުންވާނަމަ، ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން އެ މައްސަލައެއް ނިންމި ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅަންވާނެކަމާއި، މި މުއްދަތު ގުނާނީ ދަށުކޯޓުން ނުވަތަ ޓްރައިބިއުނަލުން މައްސަލަ ނިންމި ދުވަހާއި، މުއްދަތު ހަމަވާ ދުވަހާއި، އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތުންކަމުގައި ބިލުގައި ބަޔާންކޮށްފައިވެއެވެ.

އަދި، ދަށުކޯޓުން ނުވަތަ ޓްރައިބިއުނަލުން ނިންމާ މައްސަލައެއް ނިމޭ ދުވަހުން ފެށިގެން ގިނަވެގެން 7 ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ނިންމި ގޮތުގެ ރިޕޯޓު، މައްސަލައިގެ ޚަޞްމުންނަށާއި އެ މައްސަލައިގައި މަޞްލަޙަތު އޮތް އެހެން ފަރާތްތަކަށް ލިބޭނެ އިންތިޒާމު އެ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ހަމަޖައްސަންވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އަދި ޤާނޫނުގެ 71 ވަނަ މާއްދާގެ ފަހަތަށް "އަމިއްލަ އިސްނެގުމުގައި މައްސަލަ ނުހިންގުން" ގެ އަރިމަތީ ސުރުޚީގައި މާއްދާއެއް އިތުރުކުރުމަށްވެސް މި ބިލުގައި ހުށަހަޅާފައިވެއެވެ. މި މާއްދާގައި ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނަކުން ކޯޓަކަށް ލިބިދީފައިވާ އިޚްތިޞާޞްގެ ތެރެއިން އެ ކޯޓުން ބަލަމުންދާ މައްސަލައެއްގައި ޤާނޫނުގައި ކަނޑައެޅިފައިވާ އިޖުރާއަތުގެ ދަށުން އެ ކޯޓަކުން ކުރާ އަމުރެއް ނުވަތަ ނިންމާ ނިންމުމެއް ފިޔަވައި، ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން، އެ ކޯޓުގެ އަމިއްލަ އިސް ނެގުމުގައި ނިންމުމެއް ނިންމައިގެންނުވާނެކަން ކަނޑައަޅާފައިވެއެވެ.

މީގެއިތުރުން މި މާއްދާގައި، "ކޯޓުގެ އަމިއްލަ އިސްނެގުމުގައި ނިންމާ ނިންމުން" މާނަކޮށްފައިވަނީ، ޤާނޫނެއްގެ ދަށުން ކަނޑައެޅިގެން ބާރު ލިބިދޭ ޙާލަތުގައި ނޫން ޙާލަތެއްގައި، އެ ކޯޓެއްގެ އަމިއްލަ އިސްނެގުމުގައި ހިންގައި، ގޮތެއް ނިންމާ މައްސަލަތަކާއި އެ ކޯޓެއްގެ ފަނޑިޔާރުންގެ ޢާންމު މަޖިލީހުން ނިންމާ ނިންމުންތައްވެސް ހިމެނޭގޮތުންކަމުގައިވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލެއިން ވަގަށް ނަގާފައިވާ ޑޮލަރު ތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި

ހުޅުމާލެއިން ވަގަށް ނަގާފައިވާ ޑޮލަރު ތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި

06 އެޕްރީލު 2017
މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

30 މާރިޗު 2017
އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

21 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ

މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ

06 މާރިޗު 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު