Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިމްރާންގެ ޝަރީއަތް

އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

މިއީ އަޑުއެހުންތައް ނިންމާލި ދެވަނަ ފަހަރު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 21 މާރިޗު 2017 | އަންގާރަ 12:30
އަންގާރަ ދުވަހުގެ އަޑުއެހުމަށް އިމްރާން ކޯޓަށް ހާޒިރުކޮށްފަ

އަންގާރަ ދުވަހުގެ އަޑުއެހުމަށް އިމްރާން ކޯޓަށް ހާޒިރުކޮށްފަ

އަދާލަތު ޕާޓީގެ ލީޑަރު ޝެއިޚް އިމްރާން އަބްދުﷲ ގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި އެވެ.

ޝެއިޚް އިމްރާންގެ މައްޗަށް ޓެރަރިޒަމުގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ، 2015 ވަނަ އަހަރުގެ މެއި 1 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ އެވެ.

Advertisement - newsAdvertisement

އިމްރާނުގެ މައްޗަށް މިދިޔަ އަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހު އިއްވި ހުކުމް ހަފްތާއެއް ތެރޭގައި ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފަ އެވެ. އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ފަށާފައި ވަނީ މާޗް މަހުގެ 24 ވަނަ ދުވަހު އެވެ.

އިމްރާނުގެ އިސްތިއުނާފު އަޑުއެހުންތައް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އޮތީ ނިންމާލާފަ އެވެ. އަޑުއެހުންތައް ނިންމާލުމަށްފަހު މައްސަލައިގެ ހުކުމް ނުކޮށް، އިސްތިއުނާފު ދިގުދެމިގެންދާތާ 10 މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

އެ މައްސަލައިގެ ހުކުމް އިއްވުމަށް މިދިޔަ ފެބްރުއަރީ 8 ވަނަ ދުވަހަށް އަޑުއެހުމެއް ތާވަލުކުރި އެވެ. ނަމަވެސް، އެ އަޑުއެހުން ފަހުން ވަނީ ކެންސަލް ކޮށްފަ އެވެ.

އިސްތިއުނާފު މައްސަލަ ނުނިމި ދިގުދެމިގެންދާއިރު، މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް ވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޝުޖާއު އުސްމާން ހައިކޯޓުގެ ދެކުނު ގޮތްޕަށް ވަނީ ބަދަލުކޮށްފަ އެވެ. އެ މައްސަލައިގެ ރިޔާސަތު މިހާރު ބަލަހައްޓަވަނީ ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީ އެވެ.

މައްސަލައިގެ އަޑުއެހުންތައް ކުރިން ނިންމާލާފައި އޮތް ނަމަވެސް، ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައިސްފައި ވާތީ އަންގާރަ ދުވަހު ބޭއްވި އަޑުއެހުމަކީ އިޖުރާއަތު ފުރިހަމަކުރުމުގެ ގޮތުން ބޭއްވި އަޑުއެހުމެކެވެ.

އަންގާރަ ދުވަހުގެ ހެނދުނު 10:30 ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ އިތުރަށް ސާފުކުރަންޖެހޭ ކަމެއް ނެތް ދެން އޮންނަ އަޑުއެހުމެއްގައި މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ. ނަމަވެސް ދެން އަޑުއެހުމެއް ބާއްވާނެ ދުވަހެއް ފަނޑިޔާރު ވިދާޅެއް ނުވެ އެވެ.

އިމްރާންގެ މައްޗަށް ދަށު ކޯޓުން ހިންގި ޝަރީއަތުގައި އިޖުރާއަތުތައް ފުރިހަަމަކޮށްފައިނުވާ ކަމާއި، ގާނޫނު އަސާސީއާއި ގާނޫނުތަކުގެ އިތުރުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުން ކަށަވަރުކޮށްދޭ ހައްގުތައް ކަށަވަރުކޮށްދީފައިނުވާ ކަމަށް ބުނެ، 12 އަހަރުގެ ޖަލު ހުކުމް އިއްވި މައްސަލަ އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ވަނީ ހުށަހަޅާފަ އެވެ.

އިމްރާންގެ މައްސަލައިގައި އދ. ގެ ވޯކިން ގްރޫޕުން މިހާތަނަށް އަދި ނިންމުމެއް ނިންމާފައިނުވާއިރު، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމް އިއްވި މައްސަލައާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމް އިއްވި މައްސަލައިގައި ވޯކިން ގްރޫޕުން ވަނީ އެ ދެ ބޭފުޅުން މިނިވަންކުރުމަށާއި ޖަލުގައި ބަންދުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ގޮވާލާފަ އެވެ. ނަމަވެސް، ސަރުކާރުން ވަނީ އދ. ގެ ނިންމުން ބަލައިނުގަންނަ ކަމަށާއި އެ ގޮވާލުމާ އެއްގޮތަށް އަމަލުކުރުން ލާޒިމް ނޫން ކަމަށް ބުނެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝެއިޚް އިމްރާންގެ އިސްތިއުނާފު ޝަރީއަތުގެ ހުކުމް އިއްވުން މިއަދު!

ޝެއިޚް އިމްރާންގެ އިސްތިއުނާފު ޝަރީއަތުގެ ހުކުމް އިއްވުން މިއަދު!

23 އެޕްރީލު 2017
ވިސާމްގެ މައްސަލަ އިސްތިއުނާފު ކުރީ ފުރައްސާރަކުރަން، މައްސަލަ އަނބުރާ ގެންދަންޖެހޭ: ސީޕީޖޭ

ވިސާމްގެ މައްސަލަ އިސްތިއުނާފު ކުރީ ފުރައްސާރަކުރަން، މައްސަލަ އަނބުރާ ގެންދަންޖެހޭ: ސީޕީޖޭ

19 އެޕްރީލު 2017
ވިސާމްގެ މައްސަލަ އިސްތިއުނާފުކުރައްވަން ނިންމެވި ނިންމެވުމަކީ ލަދުވެތި ނިންމެވުމެއް: ރާއްޖެޓީވީ

ވިސާމްގެ މައްސަލަ އިސްތިއުނާފުކުރައްވަން ނިންމެވި ނިންމެވުމަކީ ލަދުވެތި ނިންމެވުމެއް: ރާއްޖެޓީވީ

16 އެޕްރީލު 2017
ހަތަރު ގައުމެއްގެ އަސްކަރިއްޔާ ސިފައިން ބައިވެރިވެގެން ހިންގި ޑައިވް ކޯސް ނިންމާލައިފި

ހަތަރު ގައުމެއްގެ އަސްކަރިއްޔާ ސިފައިން ބައިވެރިވެގެން ހިންގި ޑައިވް ކޯސް ނިންމާލައިފި

13 އެޕްރީލު 2017
ގާސިމްގެ ބަންދަށް ހަ ދުވަސް ޖެހި މައްސަލައިގެ އިސްތިއުނާފު މިއަދު 2:00 ގައި!

ގާސިމްގެ ބަންދަށް ހަ ދުވަސް ޖެހި މައްސަލައިގެ އިސްތިއުނާފު މިއަދު 2:00 ގައި!

12 އެޕްރީލު 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު