Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައިކޯޓް

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

ބަޖެޓް ނެތިގެން ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އެއްވެސް ނިންމުމެއް މިހާތަނަށް ނިންމާފައިނުވޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 26 ފެބުރުއަރީ 2017 | އާދީއްތަ 16:44
ޖުޑިޝަލް ސާވިސް ކޮމިޝަން

ޖުޑިޝަލް ސާވިސް ކޮމިޝަން

ހައިކޯޓުގެ އުތުރު ގޮފި ބަންދުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ދޮގުކޮށްފިއެވެ. ޝަރުއީ ދާއިރާގެ ބަޖެޓް ކުޑަވުމުގެ ސަބަބުން ހައިކޯޓުގެ އުތުރުގޮފި ބަންދުކުރަން އުޅޭ ކަމަށް ބައެއް ނޫސްތަކުން ފަތުރާފައިވާ ޚަބަރާ ގުޅިގެން ޑީޖޭއޭއިން ބުނީ ބަޖެޓް ނެތިގެން ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އެއްވެސް ނިންމުމެއް މިހާތަނަށް ނިންމާފައިނުވާ ކަމަށެވެ. ހައިކޯޓުގެ އުތުރު ގޮފީގެ އޮފީސް ޢިމާރާތް ހަދައި، މުވައްޒަފުން ނަގާފައިވާ އިރު، މިދިޔަ މަހުގެ ތެރޭގައި އެ މުއައްޒަފުން ވަނީ މާލެ ގެނެސްފައެވެ. މިކަމާއި ގުޅިގެން ޑީޖޭއޭއިން ބުނީ އެ ގޮތްޕަށް ނަގާފައިވާ މުވައްޒަފުން މާލެ ގެނައީ ޢަމަލީ ތަޖުރިބާދިނުމަށް ކަމަށެވެ. ނަމަވެސް އެއީ ކިހާ މުއްދަތަކަށް ކަމެއް ހާމައެއް ނުކުރެއެވެ. އެ އޮފީސް ޢިމާރާތް މިހާރު ބަންދުކޮށްފައި ހުންނަ އިރު، މިހާތަނަށް އުތުރު ގޮފީގައި އެއްވެސް ޝަރީއަތެއް ހިންގާފައެއް ނުވެއެވެ. ހައިކޯޓުގެ އުތުރު ގޮތްޕަށް އަދި ވަނީ ފަނޑިޔާރުން ކަނޑަނޭޅި އެވެ. ހައިކޯޓުގެ ކޮންމެ ގޮއްޕެއްގައި ތިން ފަނޑިޔާރުން ތިއްބަވަންޖެހެ އެވެ. ހައިކޯޓުގެ އުތުރު ގޮތްޕަށް ހުށަހެޅޭ މައްސަލަތައް މިހާރު މާލެ ހައިކޯޓަށް ހުށަހަޅަން ފަށާފައިވާ ކަމަށާއި އެ މައްސަލަތަކުގެ ޝަރީއަތްތައްވެސް ކުރިއަށް ގެންދާ ކަމަށް އެ ފަރާތުން ބުނެއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު