Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައިކޯޓް

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

އެކޯޓުގެ މުވައްޒަފުން ވަނީ އެހެން ތަންތަނަށް ބަދަލު ކޮށްފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 19 ފެބުރުއަރީ 2017 | އާދީއްތަ 22:59
މާލޭގައި ގާއިމްވެފައި ހުރި ހައިކޯޓް

މާލޭގައި ގާއިމްވެފައި ހުރި ހައިކޯޓް

ހައިކޯޓްގެ އުތުރުގޮފި ބަންދުކޮށް، އެ ކޯޓްގައި މަސައްކަތް ކުރި މުވައްޒަފުންތައް އެހެން ތަންތަނަށް ބަދަލުކޮށްފި އެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޅުދުއްފުށީގައި ހުންނަ ހައިކޯޓްގެ އުތުރުގޮފި ބަންދުކޮށްފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އަދި އެތަން ހިންގަމުން އައި އިމާރާތް ބަލަހައްޓަމުން މިހާރު ގެންދަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުންކަމަށާއި އެ ކޯޓްގައި މަސައްކަތް ކުރަމުން ދިޔަ 8 މުވައްޒަފުންގެ ތެރެއިން 7 މުވައްޒަފަކު ވަނީ ފަންނީ ތަމްރީނު ހޯދަން ކަމަށް ބުނެ މާލެގެނެސް، ޖުޑީޝަރީއާ ގުޅުންހުރި ދާއިރާތަކަށް ބަދަލުކޮށްފައި ކަމަށް ރާއްޖެ އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. އެނގިފައިވާ ގޮތުގައި އެމީހުން މާލެ ގެނެސްފައި ވަނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ. އެ ކޯޓްގެ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރި މުވައްޒަފު ވަނީ ކުޅުދުއްފުށީ ކޯޓްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމަށް ބަދަލުކޮށްފަ އެވެ. މާލެ ގެނައި ހަތް މުވައްޒަފުންގެ ތެރެއިން ތިން މުވައްޒަފުން މަސަކަތް ކުރަމުން ގެންދަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގަ އެވެ. އަދި ޑްރަގް ކޯޓަށް ދެ މުވައްޒަފުން، ޖުޑިޝަރީ އެކަޑަމީއަށް ދެ މުވައްޒަފުން ވަނީ ބަދަލުކޮށްފަ އެވެ. ހައި ކޯޓުގެ އުތުރު ގޮފީގެ މަސައްކަތް ހުއްޓާލީ ކޮން ސަބަބަކާ ހުރެކަމެއް ސާފު ނުވި ނަމަވެސް، މިހާ ހިސާބަށްވެސް ކައިކޯޓުގެ އުތުރުގޮތްޕަށް ފަނޑިޔާރުން ހަމަޖެހިފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ. ހައި ކޯޓުގެ އުތުރު ގޮތްޕަށް އިދާރީ މުވައްޒަފުން ނެގީ ހުސްވި އޮގަސްޓު މަހުގެ ތެރޭގަ އެވެ. ހައިކޯޓްގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖެއްސުމަކީ ސްޕްރީމް ކޯޓުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިކަމާއި ގުޅޭގޮތުން ޖުޑިޝަރީން މިހާތަނަށް އަދި އެއްވެސް އެއްޗެއް ނުބުނެއެވެ

Advertisement - newsAdvertisement

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ރާއްޖެޓީވީގެ އަބުރު ފަންޑު ބަންދުކޮށްފި

03 އެޕްރީލު 2017
ރާއްޖެޓީވީގެ އަބުރު ފަންޑު ބަންދުކޮށްފި
27 މާރިޗު 2017

ބެލެނިވެރިން ސްކޫލުތަކަށް ކުދިން ނުފޮނުވާތީ، ބައެއް ސްކޫލްތައް އިތުރު ތިން ދުވަހަށް ބަންދުކޮށްފި

27 މާރިޗު 2017
ބެލެނިވެރިން ސްކޫލުތަކަށް ކުދިން ނުފޮނުވާތީ، ބައެއް ސްކޫލްތައް އިތުރު ތިން ދުވަހަށް ބަންދުކޮށްފި
15 މާރިޗު 2017

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
02 މާރިޗު 2017

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު