Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައިކޯޓުގެ ގޮފިތައް

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

ގޮފިތަކުގެ ފަނޑިޔާރުންނަށް، އެކި ގޮފިތަކަށް ބަދަލުވެވޭނެ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 15 މާރިޗު 2017 | ބުދަ 22:36
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް - ހައިކޯޓުގެ ފަނޑިޔާރުންގެ ގަވައިދު ވަނީ އެކުލަވާލާފަ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް - ހައިކޯޓުގެ ފަނޑިޔާރުންގެ ގަވައިދު ވަނީ އެކުލަވާލާފަ

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުވެވޭގޮތަށް، ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖެއްސުމުގެ ގަވައިދު ސުޕްރީމް ކޯޓުން އެކުލަވާލައި އާންމުކޮށްފި އެވެ.

ދިވެހިރާއްޖޭގެ ހައިކޯޓު ދެ ފަޅިކޮށްލާ، ހައި ކޯޓުގެ އުތުރު ގޮތްޕާއި، ދެކުނު ގޮފި ޤާއިމްކުރުމަށް 2014 ވަނަ އަހަރު ކޯޓުތަކުގެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން، ސުޕްރީމް ކޯޓުން އާންމުކޮށްފައިވާ ގަވައިދުގައި ބުނެފައިވަނީ، ހައިކޯޓުގެ ގޮފިތަކަށް އެކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރުން ހަމަޖެއްސުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލުތައް ކަނޑައަޅާނީ އެ ގަވައިދުގެ ދަށުންކަމަށެވެ.

Advertisement - newsAdvertisement

ޤަވައިދުގައިވާގޮތުން ގޮފިތަކަށް ފަނޑިޔާރުން ހަމަޖައްސާނީ ރޮޓޭޓްވާ އުސޫލުންނެވެ. އެގޮތުން ކޮންމެ އެއް އަހަރަކުން ފަނޑިޔާރުން، އެހެން ގޮފިތަކަށް ބަދަލުވެވޭނެ ކަމަށް ޤަވައިދުގައި ބުނެފައިވެއެވެ. އަދި އެގޮތަށް ބަދަލުވެވޭނީ މިހާރު ހައިކޯޓުގައި ތިއްބެވި ފަނޑިޔާރުން ކަމަށްވެސް ގަވައިދުގައި ބުނެފައިވެއެވެ.

ގަވައިދުގައި ހައިކޯޓުގައި މިވަގުތު ތިބި ފަނޑިޔާރުންނަށް ރޮޓޭޓްވެވޭނެކަމަށް ބުނެފައިވީނަމަވެސް އަލަށް ފަނޑިޔާރުން އައްޔަނުކުރާނީ ހުސްވާ ގޮފިތަކުގެ ފަނޑިޔާރުންނަށް ކަމަށް ބުނެފައިވެއެވެ. އަދި އަލަށް އައްޔަނުކުރާ ފަނޑިޔާރުންނަށް ރޮޓޭޓްވެވޭނެކަމަށް ގަވައިދުގައި ބުނެފައެއް ނުވެއެވެ.

ކޯޓުތަކުގެ ގާނޫނަށް 2014 ވަނަ ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓުގެ ދެ ގޮފި ގާއިމް ކުރުމަށް ގާނޫނު ލާޒިމް ކުރެ އެވެ. ގާނޫނުގައި ބުނެފައި ވަނީ ގާނޫނު ފާސްކޮށް ގެޒެޓުގައި ޝާއިއުކުރާތާ 90 ދުވަސްތެރޭގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓުގެ ގޮފި ގާއިމް ކުރަން ޖެހޭނެ ކަމަށެވެ. ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީގައި މިހާރު ހައި ކޯޓުގެ ގޮތްޕެއް ގާއިމުކޮށްފައިވާ އިރު އުތުރު ގޮފި ގާއިމްކޮށްފައިވަނީ ނިންމާފައިވާ ހދ. ކުޅުދުއްފުށީގައެވެ. ނަމަވެސް ހައިކޯޓުގެ އުތުރު ގޮފީގެ މަސައްކަތްތައް އަދިވެސް ނުފެށިވާއިރު، މާލެ ހައިކޯޓަށް ވެސް އަދި ވަނީ ފަނޑިޔާރުން ހަމަނުވެ އެވެ. ދެ ފަނޑިޔާރަކު ހޯދުމަށް އިއުލާން ކުރި ނަމަވެސް އަދި ފަނޑިޔާރުން ހޮވާފައެއް ނުވެ އެވެ. ދެކުނު ގޮފީގައި މިހާރު ޝަރީއަތްތައް ކުރިއަށް ގެންދެ އެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގައި ކުރިން ހުންނެވި ޑރ. އަޒްމިރަލްދާ ޒާހިރު ފަނޑިޔާރުކަމުން އިސްތިއުފާދެއްވީ، ހައިކޯޓުގެ ދެކުނު ގޮތްޕަށް އައްޔަނުކުރުމަށްފަހު، އެހެން ގޮތްޕަކަށް ބަދަލުނުކޮށްދިނުމުގެ ސަބަބުނެވެ. އާއިލީ ކަންތައްތައް ހުރިގޮތުން އެހެން ގޮތްޕަކަށް ބަދަލުކޮށްދިނުމަށް އަޒްމިރަލްދާ ތަކުރާރުކޮށް އެދުނުނަމަވެސް އެކަމަށް އެއްވެސް އިދާރާއަކުން އިޖާބައެއްދީފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު