Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްޓެލްކޯ

މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ

އެމައްސަލަ ތަހުގީގު ކުރުމަށްފަހު އާއްމު ކުރާނެ ކަމަށް ސްޓެލްކޯއިން ބުނޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 މާރިޗު 2017 | ހޯމަ 09:18
ސްޓެލްކޯ

ސްޓެލްކޯ

އާދިއްތަ ދުވަހު މުޅި މާލެއިން ކަރަންޓް ކަނޑައިގެންދިޔަ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔައީ މާލެއަށް ފެނުގެ ހިދްމަތް ފޯރުކޮށްދޭ އެމްޑަބްލިޔުއެސްސީއަށް ކަރަންޓް ދިނުމަށް މަގުތީ ގޮތުން ބަހައްޓާފައި ހުރި ޓްރާންސްފޯމަރެއްގެ ހައިވޯލްޓޭޖް ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން، ކޭބަލް ޝޯޓް ސާރކިޓް ވުމުގެ ސަބަބުން ކަމަށެވެ.

Advertisement - newsAdvertisement

ސްޓެލްކޯއިން ބުނީ އެމައްސަލަ ތަހުގީގު ކުރުމަށް ފަހު އާއްމު ކުރާނެ ކަމަށެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މުޅި މާލެއިން ކަރަންޓް ކަނޑައިގެންދިޔައީ އެކުންފުނީގެ މައްސަލައަކުން ނޫން ކަމަށާއި އެވަގުތު އެކުންފުނީގައި އެފަދަ ޓެކްނިކަލް މަސައްކަތެއް ވެސް ކޮށްފައި ނުވާ ކަމަށެވެ.

މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިއުމުގެ ސަބަބުން މާލެއިން ފެނުގެ ހިދްމަތަށް ވެސް ބުރޫއަރައި ފެނުގެ ހިދްމަތް ވެސް ކަނޑައިގޮސްފައި ވެއެވެ. މީގެ އިތުރުން އައިޖީއެމްއެޗްގެ ހިދްމަތްތަކަށް ވެސް ބުރޫއަރައި، ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކޮށްފައި ވެއެވެ.

އާދިއްތަ ދުވަހު މެންދުރު ފަހު 13:00ގައި ކަރަންޓް ކަނޑައިގެން ދިއުމަށް ފަހު ކަރަންޓްގެ ހިދްމަތް ފޯރުކޮށްދީފައިވަނީ 16:25ގަ އެވެ.

ކަރަންޓްގެ މައްސަލައާ ހުރެ ފެނުގެ ޚިދުމަތް މެދުކެނޑުނު އިރު މީގެ ކުރިން އެމްޑަބްލިޔުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ފެން ކަނޑައިގެން ދިޔަ ފަހަރު ބެކަޕް ސިސްޓަމެއް ގާއިމުކުރުމަށް ރައޔިތުންނާއި ބޭރު ފަރާތްތަކުގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައި ފަންޑެއް ހުޅުވާފައި ވެއެވެ. އެ ފައިސާ އަށް ވީ ގޮތެއް އަދި ކުރި ކަމެއް މިހާތަނާ ޖެހެންދެން ވެސް އެމްޑަބްލިޔުއެސްސީން ހާމަކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު