Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖޭއެސްސީގެ މެންބަރުކަން

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

ހަމަހަށްވުރެ ގިނަ ދުވަސް ވެއްޖެ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 2 މާރިޗު 2017 | ބުރާސްފަތި 12:25
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަރާތުން ޖޭއެސްސީއަށް މެންބަރަކު ކަނޑަނާޅާތާ ހަމަސް ދުވަސް، މިމަހު 7 ވާނެ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަރާތުން ޖޭއެސްސީއަށް މެންބަރަކު ކަނޑަނާޅާތާ ހަމަސް ދުވަސް، މިމަހު 7 ވާނެ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ ހައިކޯޓުގެ ފަނޑިޔާރުގެ މަގާމުގެ ދައުރު ހަމަވެ، އިތުރު ފަނޑިޔާރަކު ކަނޑަނޭޅި ހަމަސް ދުވަސް ވެއްޖެއެވެ.

ޖޭއެސްސީގެ ގާނޫނުގައިވާ ގޮތުން އެ ކޮމިޝަންގެ މެންބަރެއްގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަންކުރަންޖެހެ އެވެ.

Advertisement - newsAdvertisement

މީގެ ކުރިން ޖޭއެސްސީގައި ހައިކޯޓު ތަމްސީލް ކުރެއްވީ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ނަމަވެސް ފަނޑިޔާރު އަބްދުﷲ ހަމީދުގެ ދައުރު ވަނީ ހަމަވެފައެވެ.

ޖޭއެސްސީގެ ގާނޫނުގައި ބުނެފައިވާ ގޮތުން އެ ކޮމިޝަނަށް އައްޔަންކުރައްވާ ހައިކޯޓުގެ ފަނޑިޔާރަށް މެންބަރުކަމުގައި ހުންނެވޭނީ ފަސް އަހަރުގެ އެއް ދައުރަށެވެ.

ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރެއްވީ 7 ސެޕްޓެމްބަރު 2011 ގައެވެ. އަދި ގާނޫނުގައި ބުނާ ފަސް އަހަރުގެ އެއް ދައުރު ހަމަވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ.

ހައިކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ ފަނޑިޔާރު ހޮވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި ބާއްވާ އިންތިހާބަކުންނެވެ.

ހައިކޯޓުގެ ފަނޑިޔާރަކު ޖޭއެސްސީއަށް އައްޔަން ކުރުމާ ގުޅޭ ގޮތުން އެ ކޯޓުގެ ބަހެއް ހޯދުމަށް މީޑިއާ އޮފިޝަލަށް ގުޅާލުމުން ވިދާޅުވީ، އެކަމާ ގުޅޭގޮތުން އެއްޗެއް ދަންނަވަން އެނގޭނީ އެކަން ގޮސްފައިއޮތް ހިސާބެއް ބަލާލުމަށް ފަހުގައި ކަމަށެވެ.

މިހިނގާ މާޗު މަހުގެ ހަތްވަނަ ދުވަހަށް ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރާތާ ހަމަސް ދުވަސްވާއިރު، އެކަމާ ގުޅޭގޮތުން ޖޭއެސްސީން އަދި ހައިކޯޓުން ވެސް އެއްވެސް މައުލޫމާތެއް އާންމުކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ހައިކޯޓުގެ ރަޖިސްޓްރާ ހަސަން އަލީ މަގާމުން ވަކިކޮށްފި

20 އެޕްރީލު 2017
ހައިކޯޓުގެ ރަޖިސްޓްރާ ހަސަން އަލީ މަގާމުން ވަކިކޮށްފި
17 އެޕްރީލު 2017

ކަނޑޫދޫ ގިރާ ސަރަހައްދު ހިމާޔަތް ނުކުރެވި އޮތީ ސަރުކާރުގެ އިހުމާލުން: ކައުންސިލް

17 އެޕްރީލު 2017
ކަނޑޫދޫ ގިރާ ސަރަހައްދު ހިމާޔަތް ނުކުރެވި އޮތީ ސަރުކާރުގެ އިހުމާލުން: ކައުންސިލް
15 އެޕްރީލު 2017

ފަނޑިޔާރަކު ބްލެކްމެއިލްކުރަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށް ޒައިދުގެ މައްޗަށް އެކިފަހަރު އެކި ތުހުމަތު!

15 އެޕްރީލު 2017
ފަނޑިޔާރަކު ބްލެކްމެއިލްކުރަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށް ޒައިދުގެ މައްޗަށް އެކިފަހަރު އެކި ތުހުމަތު!
19 މާރިޗު 2017

ފުލުހުންގެ އިންޓެލިޖެންސް ވެރިއެއް އައްޔަން ނުކުރާތާ ދޮޅު އަހަރު!

19 މާރިޗު 2017
ފުލުހުންގެ އިންޓެލިޖެންސް ވެރިއެއް އައްޔަން ނުކުރާތާ ދޮޅު އަހަރު!
15 މާރިޗު 2017

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު