Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

30 އޮކްޓޯބަރު 2026 | ހުކުރު 13:19

ސިންގަޕޫރަށް ފުރަން ދިޔަ ދިވެއްސެއްގެ އަތުގައި އޮތް އޭނާގެ ދައްތަގެ ބޭންކް ކާޑު، ބީއެމްއެލްގެ އެދުމަކަށް ކަސްޓަމްސްއިން ހިފަހައްޓައިފި. ކަސްޓަމްސްއިން ބުނި ގޮތުގައި މިއީ އެހެން މީހުންގެ ކާޑު ބޭނުންކުރުން ހުއްޓުވުމަށް ބޭންކުން އަންގައިގެން ކުރިއަށްގެންދާ ރެންޑަމް ޗެކިންއެއްގެ ތެރެއިން ހިފެހެއްޓި ކާޑެއް. މި މައްސަލައިގައި ބޭންކުން ބުނެފައިވަނީ ހިފެހެއްޓި ކާޑު ދޫނުކުރެވޭނެ ކަމަށާއި، ދެން ޖެހޭނީ އައު ކާޑެއް ހަދަން ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 30 އޮކްޓޯބަރު 2026 | ހުކުރު 13:19
ބީއެމްއެލް މާސްޓަރ ކާޑު

ބީއެމްއެލް މާސްޓަރ ކާޑު | ބީއެމްއެލް

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިފެހެއްޓި މައްސަލައެއް ފެންމަތިވެއްޖެ އެވެ. 

މި ހާދިސާ ދިމާވެފައި ވަނީ ބުރާސްފަތި ދުވަހުގެރޭ ސިންގަޕޫރަށް ފުރުމަށް އެއާޕޯޓަށް ދިޔަ ދަތުރުވެރިޔަކަށެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް، އެ ފަރާތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ބުނީ، އޭނާގެ އަތުގައި އޮތް އޭނާގެ ދައްތަގެ ބީއެމްއެލް ކާޑު ކަސްޓަމްސް އިން ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެއީ އެހެން މީހުންގެ ނަމުގައި އޮންނަ ކާޑު ހިފައިގެންދާނަމަ ހިފެހެއްޓުމަށް ބީއެމްއެލް އިން އަންގާފައިވާތީ ކުރި ކަމެއް ކަމަށް ކަސްޓަމްސްގެ އޮފިސަރުން ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ކަސްޓަމްސްގެ އޮފިޝަލުން މުއާމަލާތުކުރި ގޮތާމެދު ވެސް އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ ފާހަގަކުރި ގޮތުގައި، ކަސްޓަމްސް އިން ބުނެފައިވަނީ ރާއްޖެ އިން ބޭރަށް ފުރާ މީހުން އަތުގައި އޮންނަ ކާޑުތައް ރެންޑަމްކޮށް ޗެކްކުރުމަށް ބީއެމްއެލް އިން އެދިފައިވާ ކަމަށެވެ.

އޭނާ ކިޔައިދިން ގޮތުގައި ކަސްޓަމްސް އިން އެއަރޕޯޓްގައި ހުންނަ ބޭންކުގެ އޮފީހަށް ގުޅުމުން ބޭންކުގެ މުވައްޒަފުން އައިސް އޭނާގެ ދައްތަ ކާޑު ނެގުމަށް ފަހު ދެން އެ ކާޑު ނުލިބޭނެ ކަމަށް ބުނެ ދެން ކުރާނީ ކެންސަލް ކަމަށް އެ މުވައްޒަފުން ބުނި ކަމަށް ވެސް އޭނާ ކިޔައިދިނެވެ. 

ނަމަވެސް، މިއީ އާންމުކޮށް މިފަދަ ދަތުރުތަކުގައި ކަންކަން ހިނގާ އުސޫލު ނޫންކަން ފާހަގަކޮށް އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިހާރު އުސޫލު އޮންނަ ގޮތުން ރާއްޖެއިން ބޭރުގައި އެހެން މީހެއްގެ ކާޑު ބޭނުން ނުކުރެވޭ ކަމަށާއި، މިގޮތަށް އަމަލުކުރަންޖެހޭ ގޮތް ނުވިސްނޭ ކަމަށް އޭނާ ބުންޏެވެ. 

މީގެއިތުރުން، އެ މައްސަލައިގައި އޭނާގެ ދައްތަ ބީއެމްއެލްގެ ކަސްޓަމަރ ސަރވިސްއަށް ގުޅައިގެން ވާހަކަދެއްކުމުން ވެސް ކާޑު ނުލިބޭނެ ކަމަށް ބޭންކުން ބުނި ކަމަށާއި ދެން ޖެހޭނީ އައު ކާޑެއް ހަދަން ކަމަށް ބޭންކުން ބުނެފައިވާ ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ބަހެއް ހޯދުމަށް ގުޅުމުން އެ ކުންފުނިން ބުނީ، ބޭންކުތަކުން ދޫކުރާ ކާޑުތަކަކީ އެދޫކުރާ ބޭންކެއްގެ މިލްކިއްޔާތަކަށް ވާތީ، އެ ބޭންކަކުން އެދިއްޖެ ހާލަތެއްގައި އަނބުރާ ހަވާލުކުރަންޖެހޭނެ ކަމަށެވެ. އަދި މި ކާޑުތައް ދޫކުރެވެނީ ހަމައެކަނި އެ ކާޑެއްގެ ވެރިފަރާތުގެ އަމިއްލަ ބޭނުންތަކަށް ކަމަށްވާތީ، ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރަށް ގެންދަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާ ކާޑުތައް ބޭންކުތަކާއި ހަވާލު ކުރާ ކަމަށެވެ.

މިފަދަ ކަންކަން ސަމާލުކަމަށް އައުމުން، ކަމާގުޅޭ އެކައުންޓުތައް ބަލައި ތަހުގީގުކުރުމަށްފަހު، މި ބޭންކުގެ ސިޔާސަތުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް މި ބޭންކުން އަޅަމުން ގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. 

ބީއެމްއެލް އިން ބުނީ، ކާޑާއި ޕިން ނަންބަރު އަދި ރައްކާތެރިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް، އާއިލާގެ މީހަކަށް ވިޔަސް އަދި އެހެން އެއްވެސް ތިންވަނަ ފަރާތަކާ ހިއްސާނުކުރުމަށާއި، ކާޑު އެހެން ފަރާތަކާ ހަވާލުނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ކާޑު ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އެ ކާޑުން ކުރެވޭ އެންމެހައި މުއާމަލާތްތަކުގެ ފުރިހަމަ މަސްއޫލިއްޔަތު އުފުލަންޖެހޭނީ ކާޑުގެ ވެރިފަރާތުން ކަމަށް ވެސް ބޭންކުން ވަނީ ބުނެފަ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

އެންމެ ހިނގާ

1

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

2

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

3

ޑިގްރީ ނިންމާފައި ގްރެޖުއޭޝަނަށް ފައިސާ ދެއްކި ފަހުން އެންގީ ގްރެޖުއޭޓް ނުވެވެނީ "ނަސީބު ދެރަކަމުން" ކަމަށް!

4

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

5

ސިވިލް ސަރވިސްގެ 20 އަހަރުވީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމުމަށްފަހު ތިން ގަޑިއިރު ތެރޭގައި އެ ނިންމުން ބަދަލުކޮށްފި

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2026

ރާއްޖެއަށް އެތެރެކޮށްފައިވާ 6 ކިލޯގެ މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއްގައި 4 ބިދޭސީއަކު ހައްޔަރުކޮށްފި

26 އޮކްޓޯބަރު 2026
ރާއްޖެއަށް އެތެރެކޮށްފައިވާ 6 ކިލޯގެ މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއްގައި 4 ބިދޭސީއަކު ހައްޔަރުކޮށްފި
24 އޮކްޓޯބަރު 2026

ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 461 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި ހުރިކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ

24 އޮކްޓޯބަރު 2026
ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 461 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި ހުރިކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ
18 އޮކްޓޯބަރު 2026

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

18 އޮކްޓޯބަރު 2026
ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟
22 ސެޕްޓެމްބަރު 2026

ސިނަމާލެ ބްރިޖުގެ ތަނބަކަށް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް 2 ބޯޓު އުރުނު ހާދިސާ އެންއައިސީއިން ތަހުގީގުކުރަން ނިންމައިފި

22 ސެޕްޓެމްބަރު 2026
ސިނަމާލެ ބްރިޖުގެ ތަނބަކަށް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް 2 ބޯޓު އުރުނު ހާދިސާ އެންއައިސީއިން ތަހުގީގުކުރަން ނިންމައިފި
14 ސެޕްޓެމްބަރު 2026

ބްރިޖުގެ ތަނބަށް ބޯޓު އުރުނު ހާދިސާ ތަހުގީގުކޮށް، ފަރަށާއި ބްރިޖަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލުން ގޮވާލައިފި

14 ސެޕްޓެމްބަރު 2026
ބްރިޖުގެ ތަނބަށް ބޯޓު އުރުނު ހާދިސާ ތަހުގީގުކޮށް، ފަރަށާއި ބްރިޖަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލުން ގޮވާލައިފި
11 ސެޕްޓެމްބަރު 2026

ސިނަމާލެ ބްރިޖުގެ ތަނބަށް އުރުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް 2 ބޯޓު: ބްރިޖާއި ފަރަށް ލިބުނު ގެއްލުންތައް ބަލަން ފަށައިފި

11 ސެޕްޓެމްބަރު 2026
ސިނަމާލެ ބްރިޖުގެ ތަނބަށް އުރުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް 2 ބޯޓު: ބްރިޖާއި ފަރަށް ލިބުނު ގެއްލުންތައް ބަލަން ފަށައިފި
11 ސެޕްޓެމްބަރު 2026

ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު އަރާ ކްރޮސް ބޯޑަރ ފީ ނެގުން ހުއްޓާލަން ބީއެމްއެލްއިން ނިންމައިފި

11 ސެޕްޓެމްބަރު 2026
ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު އަރާ ކްރޮސް ބޯޑަރ ފީ ނެގުން ހުއްޓާލަން ބީއެމްއެލްއިން ނިންމައިފި
09 ސެޕްޓެމްބަރު 2026

ރާއްޖެއަށް ވޭޕް އެތެރެކޮށްގެން 723 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރިއިރު، މިހާތަނަށް ލިބުނީ 8 ލައްކަ ރުފިޔާ

09 ސެޕްޓެމްބަރު 2026
ރާއްޖެއަށް ވޭޕް އެތެރެކޮށްގެން 723 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރިއިރު، މިހާތަނަށް ލިބުނީ 8 ލައްކަ ރުފިޔާ
26 އޯގަސްޓު 2026

ހުއްދަ ނެތި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތެރެއަށް ވަންނަން މަސައްކަތް ކުރި އިންޑިއާ މީހެއް ހައްޔަރުކޮށްފި

26 އޯގަސްޓު 2026
ހުއްދަ ނެތި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތެރެއަށް ވަންނަން މަސައްކަތް ކުރި އިންޑިއާ މީހެއް ހައްޔަރުކޮށްފި
17 އޯގަސްޓު 2026

ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު 3.2 ކިލޯއަށް ވުުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި

17 އޯގަސްޓު 2026
ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު 3.2 ކިލޯއަށް ވުުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް