Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާރންސް ސްޕޯޓްސް އެކަޑަމީ

މަތިވެރި މާރންސް ސްޕޯޓްސް އެކަޑަމީ ރަސްމީކޮށް އިފްތިތާޙްކޮށްފި

އެކަޑަމީ އިފްތިތާޙުކޮށްދެވީ ގޯލްޑް ކެޕްޓަން އައްސަދު

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2022 | ހޮނިހިރު 15:52
މަތިވެރި، މާރންސް ސްޕޯޓްސް އެކަޑަމީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މަތިވެރި، މާރންސް ސްޕޯޓްސް އެކަޑަމީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އއ. މަތިވެރި އެސޯސިއޭޝަން ފޯރ ރެކްރިއޭޝަން އެންޑް ސްޕޯޓްސް (މާރންސް) ގެ މާރންސް ސްޕޯޓްސް އެކަޑަމީ ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

ހޮނިހިރު ދުވަހު ހަވީރު މަތިވެރި ފުޓްސަލް ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މާރންސް ސްޕޯޓްސް އެކަޑަމީ އިފްތިތާޙްކޮށްދެއްވީ، 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ރާއްޖެއަށް ކާމިޔާބުކޮށްދިން ކެޕްޓަން އައްސަދު އަބްދުލްޣަނީއެވެ.

މި ރަސްމިއްޔާތުގައި ވަނީ މަތިވެރީގައި މިހާތަނަށް އުފެދުނު އެންމެ އިތުބާރު އަދި އެންމެ ދުވަސްވީ ގޯލު ކީޕަރު (އއ. މަތިވެރި / ފީރޯޒުގެ އަހުމަދު ފިރާގު)ގެ އަގު ވަޒަންކޮށް ހާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ. މި ފިލާ ހަވާލުކޮށްދެއްވީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު އެވެ.

އެކަޑަމީ އިފްތިތާޙު ކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާރންސް ޖަމިއްޔާގެ ރައީސް އިސްމާއީލް ނަސީމް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި އެކަޑަމީ ހިންގުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މަތިވެރީގައި ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ އެންމެ މުހިންމު އަމާޒު ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

އިސްމާއީލް ނަސީމް އިތުރަށް ވިދާޅުވީ، މާރންސް ޖަމިއްޔާ އުފެއްދުމަށް އެ ޖަމިއްޔާގެ އެންމެހާ މެންބަރުންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމުގައެވެ. އަދި ކުރިއަށް އޮތް ތަނުގައި ޖަމިއްޔާގެ ފަރާތުން ރަށުގެ ތަރައްގީއާއި، ޒުވާނުން ބާރުވެރި ކުރުވުމަށް ގަދައަޅާ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން އައްސަދު އަބްދުލްޣަނީ ވާހަކަ ދައްކަވަމުން އެކަޑަމީގެ ކުދިންނާ މުޚާތަބުކޮށް ވިދާޅުވީ، މޮޅު ކުޅުންތެރިއަކަށް ވުމަށްޓަކައި ގަދަ އަޅާ މަސައްކަތްކުރަންޖެހޭ ކަމަށާއި، އެގޮތުން ދީނީ ކަންތައްތަކަށް ފަރުވާ ބަހައްޓައި ގަވައިދުން ފަރިތަކުރުންތަކުގައި ބައިވެރިވާންޖެހޭ ކަމަށެވެ. އަލީ އަޝްފާގުގެ މިސާލުން ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިއާއަށް ވުމަށް އެދޭނަމަ ގަދަ އަޅާ މަސައްކަތްކޮށް ކޯޗުންނާއި މައިންބަފައިންގެ ނަސޭހަތް ހެއޮހިތުން ގަބޫލު ކުރުމަށް ވެސް އައްސަދު ވަނީ ކުދިންގެ ކިބައިން އެދިފައެވެ.

މާރންސް އެކަޑަމީ ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ވަނީ އެކަޑަމީގައި ބޭނުންކުރާ ބޯޅައިގައި ސޮއިކުރުމުގެ ހާއްސަ ހަރަކާތެއްވެސް ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން ބޯޅައިގައި އެންމެ ފުރަތަމަ ސޮއިކޮށްފައި ވަނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއެވެ.

އެކަޑަމީ ރަސްމީކޮށް އިފްތިތާޙްކުރި މި ރަސްމިއްޔާތުގައި މަތިވެރިއަށް އުފަން މުހައްމަދު އިމްރާންވެސް ވަނީ އެރަށުގައި ރަނގަޅު ފެންވަރުގެ ކީޕަރުން އުފެއްދުމަށް ހާއްސަ މަސައްކަތެއް ކުރާނެކަން ފާހަގަކޮށް، އެރަށުން 10 ކީޕަރަކު މުޅިން އަލަށް ރާއްޖޭގެ ފުޓުބޯޅައަށް ނެރެދޭނެކަމަށް ބުނެފައެވެ.

އިމްރާން އަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ވެލެންސިޔާ، މާޒިޔާ، ވިކްޓްރީ، ޓީސީ އަދި މިލަންދޫ ޓީމަށްވެސް ކުޅެފައިވާ ގޯލު ކީޕަރެކެވެ. މީގެ އިތުރުން އޭނާ ވަނީ 2019 ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ ސީނިއަރ ގައުމީ ފުޓުބޯޅަ ޓީމުގެ ދެވަނަ ގޯލު ކީޕަރުގެ މަގާމުވެސް އަދާކޮށްފައެވެ.

މި ރަސްމިއްޔާތު ނިމިގެންދިޔައީ ސިމްބޮލިކްސް ރެކޯޑްސް އިން ތައްޔާރުކޮށްފައިވާ މާރންސް ޖަމިއްޔާގެ ހާއްސަ ލަވަޔާއެކުއެވެ.

މާރންސް ސްޕޯޓްސް އެކަޑަމީ

ކޮމެންޓް

އިތުރަށް ކިޔާލަން

ވޮލީބޯޅައަށް ޚާއްޞަ އެކަޑަމީއެއް މަތިވެރީގައި ފަށައިފި

ވޮލީބޯޅައަށް ޚާއްޞަ އެކަޑަމީއެއް މަތިވެރީގައި ފަށައިފި

16 ސެޕްޓެމްބަރު 2022
މާރންސް އެކަޑަމީ ހުޅުވުމަށް އައްސަދު އާއި އަޝްފާގު މަތިވެރިއަށް

މާރންސް އެކަޑަމީ ހުޅުވުމަށް އައްސަދު އާއި އަޝްފާގު މަތިވެރިއަށް

18 ފެބުރުއަރީ 2022
އެމްއެސް ހެލްޕިންގް ހޭންޑްސް ސްޕޯރޓްސް އެކަޑަމީ އާއި ސީބީއެލް ސްޕޯޓްސް ފައިނަލަށް

އެމްއެސް ހެލްޕިންގް ހޭންޑްސް ސްޕޯރޓްސް އެކަޑަމީ އާއި ސީބީއެލް ސްޕޯޓްސް ފައިނަލަށް

06 ޖުލައި 2017
ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި

ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި

05 ޖޫން 2017
ކުރިއަށްހުރި މެޗުތަކުގައި އިނގްލޭންޑްގެ ގައުމީ ޓީމުން ރޫނީ ފެންނާނެ ކަމަށް ނުބެލެވޭ: ސްކައި ސްޕޯޓްސް

ކުރިއަށްހުރި މެޗުތަކުގައި އިނގްލޭންޑްގެ ގައުމީ ޓީމުން ރޫނީ ފެންނާނެ ކަމަށް ނުބެލެވޭ: ސްކައި ސްޕޯޓްސް

24 މެއި 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު