Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017 | ހޮނިހިރު 12:40

އެފްއޭއެމްގެ ނައިބްރައީސް އަކަށް ޝަކީބް ގެނައީ އެ މަގާމުގައި ހުންނެވި ހުސެއިން މުހައްމަދު ލަތީފް އިސްތިއުފާ ދެއްވުމުން

ލީވާން އަލީ
ލީވާން އަލީ | 25 ފެބުރުއަރީ 2017 | ހޮނިހިރު 12:40
އެފްއޭއެމް ކޮންގްރެސްގެ ތެރެއިން

އެފްއޭއެމް ކޮންގްރެސްގެ ތެރެއިން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނައިބްރައީސްކަން ރަސްމީކޮށް އަހުމަދު ޝަކީބު އާ ހަވާލުކޮށްފި އެވެ.

އެފްއޭއެމްގެ ސީނިއާ ނައިބްރައީސްކަމަށް ޝަކީބު ގެނައީ އެ މަގާމުގައި ކުރިން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް އިސްތިއުފާ ދެއްވުމުންނެވެ. ޝަކީބު އެ މަގާމަށް ގެންނަން އެކްސްކޯ އިން ވެސް ވަނީ ތާއީދުކޮށްފައެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުސެއިން މުހައްމަދު ލަތީފް އެފްއޭއެމްގެ ނައިބް ރައީސްކަމުން އިސްތިއުފާ ދެއްވީ އެފްއޭއެމްގެ ރައީސްގެ މަގާމަށް ބައްސާމް އަދީލް ޖަލީލު އިންތިހާބުވެވަޑައިގަތްތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި އެ އެސޯސިއޭޝަންގެ އިންތިހާބު ކާމިޔާބުކުރެއްވި އިރު، ބައްސާމްގެ ޓީމުގައި އިސްދައުރެއް އަދާކުރެއްވި މެންބަރުންގެ ތެރޭގައި ހުސައިން ހިމެނިވަޑައިގެންނަވަ އެވެ.

އިންތިހާބުގެ ކުރިން ބައްސާމްގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިހާބު ކާމިޔާބުވުމުން އެ ޓީމުގައި ހިމެނިވަޑައިގަންނަވާ "ސިޔާސީ" މެންބަރުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

އިންތިހާބު ކާމިޔާބު ކުރެއްވި ބައްސާމްގެ ޓީމުގައި ސިޔާސީ ފަރާތްތަކުގެ ގޮތުގައި ސިފަނުވަނީ އެންމެ ދެ ބޭފުޅުންނެވެ. އެއީ ބައްސާމާއި އޭނާގެ ނައިބު ރައީސާ އައިޝަތު ނާޒިމާ އެވެ. މީގެ އިތުރުން މިހާރު ޝަކީބުވެސް އޭގެ ތެރޭގައި ހިމެނޭނެއެވެ.

ބައްސާމްގެ އެކްސްކޯގައި މެންބަރުންގެ ގޮތުގައި ތިއްބެވީ މޯލްޑިވްސް ގޭސް ސޭލްސް މެނޭޖަރު މުހައްމަދު ޝިފާއު އާއި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބުދުﷲ އަހުމަދާއި މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އާއި ފުވައްމުލަކު މެމްބަރު އަލީ ޝާހު އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި

30 އެޕްރީލު 2017
ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި
23 އެޕްރީލު 2017

އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް

23 އެޕްރީލު 2017
އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް
14 އެޕްރީލު 2017

ދެވަނަ ޑިވިޝަންގައި ވާދަކުރާ "ދަ ގްރާންޑޭ" ޓީމަށް ޖާޒީ ހަވާލުކޮށްފި

14 އެޕްރީލު 2017
ދެވަނަ ޑިވިޝަންގައި ވާދަކުރާ "ދަ ގްރާންޑޭ" ޓީމަށް ޖާޒީ ހަވާލުކޮށްފި
09 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި

09 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި
03 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

03 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި
30 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރާ އޮޅުވެލިފުށި ޓީމަށް ޖާޒީ ހަވާލުކޮށްފި

30 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރާ އޮޅުވެލިފުށި ޓީމަށް ޖާޒީ ހަވާލުކޮށްފި
13 ފެބުރުއަރީ 2017

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

13 ފެބުރުއަރީ 2017
އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް
11 ފެބުރުއަރީ 2017

ނެޓްބޯލް އަމްޕަޔަރުންނަށް ޖާޒީ ހަވާލުކޮށްފި

11 ފެބުރުއަރީ 2017
ނެޓްބޯލް އަމްޕަޔަރުންނަށް ޖާޒީ ހަވާލުކޮށްފި
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް