Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދެވަނަ ޑިވިޝަން

ދަ ގްރާންޑޭ އަތުން ޖޭޖޭ ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓް

މި މުބާރާތުގައި ވާދަކުރަނީ ޖުމްލަ 9 ޓީމު

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 16 އެޕްރީލު 2017 | އާދީއްތަ 19:02
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ޖޭޖޭ އަދި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ޖޭޖޭ އަދި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން

ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަން ސްޕޯޓްސް ކްލަބު 1-3 އިން ބަލިކޮށް ޖޭޖޭ ސްޕޯޓްސް ކްލަބުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ދެވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގައި އާދިއްތަ ދުވަހު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގްރާންޑޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ޖޭޖޭ އިން ވަނީ ކައުންޓަ އެޓޭކުގައި އިދިކޮޅު ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެގޮތުން އެޓީމުން ވަނީ 19 ވަނަ މިނެޓުގައި ލަނޑެއްޖަހާ ލީޑު ނަގާފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނިއުޝާދު އެވެ.

މެޗުގެ ކުރީކޮޅު ޖޭޖޭ އިން ލަނޑެއްޖަހާ ލީޑު ނެގި ނަމަވެސް ގްރާންޑޭ އިން ވަނީ އިތުރު ހިތްވަރަކާއެކު ލަނޑެއްޖެހުމަށްޓަކައި ޓީމު އެއްކޮށް ކުރިއަށްޖެހި އިދިކޮޅު ހާފަށް ބާރު ބޮޑުކޮށްފަ އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމިގެންދިޔައީ ގްރާންޑޭގެ މައްޗަށް ޖޭޖޭ ސްޕޯޓްސް ކުރީގަ އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ޖޭޖޭގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ ގްރާންޑޭގެ އެޓޭކްތައް ހުއްޓުވުމަށް ބުރަކޮށް މަސައްކަތް ކޮށްފަ އެވެ. މިހާފުގައި އެޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު ލިބުނު ހިލޭ ޖެހުމެއްގައި ގްރާންޑޭގެ ގޯލު އޭރިޔާ ތެރެއަށް ހުރަސްކޮށްލި އިރު މިލަނޑު ވަދެފައި ވަނީ ގްރާންޑޭގެ މިޑްފީލްޑަރު އަބްދުﷲ ފައުޒާންގެ ފައިގައި ޖެހިފަ އެވެ. އަދި އެޓީމުން ކައުންޓަ އެޓޭކުގައި އިތުރު ލަނޑެއްޖަހާ ލީޑު ނަގާފަ އެވެ. މި ލަނޑު 52 ވަނަ މިނެޓުގައި ގްރާންޑޭގެ ކީޕަރު ނައްޓާލުމަށްފަހު ކާމިޔާބުކޮށްދިނީ ލީމާ އޯމަރާ އެވެ.

މިނަތީޖާއާއެކު ޖޭޖޭ ޓީމު އެއްކޮށް ފަހަތަށް ޖެހިގެން ކުޅެމުންދިޔައިރު ގްރާންޑޭ އިން ވަނީ އެއްކޮށް ކުރިއަށްޖެހި އެޓޭކްތައް ވަރުގަދަކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން 67 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ. މިލަނޑު ގްރާންޑޭ އަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނުކުތް ޝިނާޒް ހިލްމީ އެވެ.

މި މުބާރާތުގައި ހޯމަ ދުވަހު ވެސް މެޗެއް ކުޅޭނެ އެވެ. އެދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ޒެފްރޯލާއި ކްލަބު ޕީކޭ އެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ

28 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ
23 ފެބުރުއަރީ 2017

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު