Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިކެޓް ޕްރެސިޑެންޓްސް ކަޕް

އެމްއެސް ހެލްޕިންގް ހޭންޑްސް ސްޕޯރޓްސް އެކަޑަމީ އާއި ސީބީއެލް ސްޕޯޓްސް ފައިނަލަށް

ފައިނަލް މެޗް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 6 ޖުލައި 2017 | ބުރާސްފަތި 14:59
އެލިޔާ ކްރިކެޓް ޕްރެސިޑެންޓްސް ކަޕްގައި ބުރާސްފަތި ދުވަހު ކުޅުނު މެޗުގެ ތެރެއިން

އެލިޔާ ކްރިކެޓް ޕްރެސިޑެންޓްސް ކަޕްގައި ބުރާސްފަތި ދުވަހު ކުޅުނު މެޗުގެ ތެރެއިން

ކްރިކްޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އެލިޔާ 19 އަހަރުން ދަށުގެ ޕްރެސިޑެންޓް ކަޕްގެ ފައިނަލަށް އެމްއެސް ހެލްޕިންގް ހޭންޑްސް ސްޕޯރޓްސް އެކަޑަމީ އާއި ސީބީއެލް ސްޕޯޓްސް ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ ފައިނަލަށް މިދެޓީމް ދަތުރުކުރީ ލީގު އުސޫލުން ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބިފައިވާތީއެވެ. މުބާރާތުގައި ލީގު އުސޫލުން ކުޅުނު އެންމެ ފަހު މެޗުގައި ބުރާސްފަތި ދުވަހު ބައްދަލުކޮށްފައިވަނީ ސީބީއެލް ސްޕޯޓްސް އާއި މާލެ ސްޕޯޓްސްއެވެ. މި މެޗު 6 ވިކެޓުން ކާމިޔާބުކުރީ ސީބީއެލް ސްޕޯޓްސްއެވެ.

މި މެޗުގައި ޓޮސް ލިބިގެން މާލެ ސްޕޯޓްސް އިން ނިންމީ ކުޅޭށެވެ. އެގޮތުން އެޓީމުން ވަނީ ކުޅެންއަރާ 37 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 121 ލަނޑު ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ މެޗުގައި އެންމެ ގިނަ ލަނޑުހެދި ކުޅުންތެރިޔާގެ މަގާމު ހޯދި މާލެ ސްޕޯޓްސްގެ ސަކިންދަރެވެ. އޭނާވަނީ 71 ލަނޑު ހަދާފައެވެ.

ޖަވާބުގައި ސީބީއެލް ސްޕޯޓްސް އިން ކުޅެން އަރާ އެޓީމުން ވަނީ 19 އޯވަރުގެ ތެރޭގައި 122 ލަނޑު ހަދާ މެޗު ކާމިޔާބުކޮށްފައެވެ. ސީބީއެލް ޓީމުން އެންމެ ގިނަ ލަނޑުހެދީ 50 ބޯޅައިން 57 ލަނޑުހެދި ހުސެއިން މަފާޒެވެ. މެޗުގައި އޭނާ ވަނީ 2 ވިކެޓުވެސް ނަގާފައެވެ. މީގެ އިތުރުން މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވަނީ މަފާޒެވެ. މިއަދުގެ މެޗުގެ އެންމެ މޮޅު އުކުންތެރިއަކަށް ހޮވިފައިވަނީ ޔޫސުފް އަޒިއާން ފަރުހަތު ޖަލީލެވެ. އޭނާ ވަނީ މެޗުގައި 4 ވިކެޓުނަގައި ހެޓްރިކެއްވެސް ހަދާފައެވެ.

އެމްއެސް ހެލްޕިންގް ހޭންޑްސް ސްޕޯރޓްސް އެކަޑަމީ އާއި ސީބީއެލް ސްޕޯޓްސް ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ހެންދުނު 09:00 ގައި ކުޅިވަރު އެކުވެނީގެ އެއް ނަމްބަރު ކުރިކެޓް ދަނޑުގައެވެ. ފައިނަލް މެޗަށްފަހު މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުވެސް ހަމަ އެދުވަހު ކުރިއަށްދާނެ ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން މައުލޫމާތުދެއެވެ.

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2018

ބާސާ އެކަޑަމީއަށް ދިޔުމުގެ ފުރުސަތު ދިވެހި ތިން ކުދިންނަށް

13 އޮކްޓޯބަރު 2018
ބާސާ އެކަޑަމީއަށް ދިޔުމުގެ ފުރުސަތު ދިވެހި ތިން ކުދިންނަށް
09 އޮކްޓޯބަރު 2018

ގައުމީ ފުޓުބޯޅަ އެކަޑަމީ މިއަހަރު ތެރޭގައި ފަށަނީ

09 އޮކްޓޯބަރު 2018
ގައުމީ ފުޓުބޯޅަ އެކަޑަމީ މިއަހަރު ތެރޭގައި ފަށަނީ
05 ޖުލައި 2018

ގައުމީ ފުޓްބޯޅަ އެކަޑަމީގެ ބިންގާ ހުޅުމާލޭގައި އަޅައިފި

05 ޖުލައި 2018
ގައުމީ ފުޓްބޯޅަ އެކަޑަމީގެ ބިންގާ ހުޅުމާލޭގައި އަޅައިފި
06 އެޕްރީލު 2018

ކްލަބް ޓީޓީ ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް އެމްއެސްއާރްސީ ބަންގާޅަށް

06 އެޕްރީލު 2018
ކްލަބް ޓީޓީ ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް އެމްއެސްއާރްސީ ބަންގާޅަށް
23 ޖެނުއަރީ 2018

ރައީސް މައުމޫންއަށް މިލާން ކްރިކެޓް އެކަޑަމީއިން ރަން މެޑަލްއެއް އަރުވައިފި

23 ޖެނުއަރީ 2018
ރައީސް މައުމޫންއަށް މިލާން ކްރިކެޓް އެކަޑަމީއިން ރަން މެޑަލްއެއް އަރުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު