Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާރންސް އެކަޑަމީ

މާރންސް އެކަޑަމީ ހުޅުވުމަށް އައްސަދު އާއި އަޝްފާގު މަތިވެރިއަށް

18 ފެބުރުއަރީ 2022 | ހުކުރު 15:29

ވީހާވެސް ގިނަ ކުދިންނަށް އެކަޑަމީން ފުރުސަތު ހޯދައިދޭން މަސައްކަތް ކުރާނެ

އަތޫފް އާތިފް
އަތޫފް އާތިފް | 18 ފެބުރުއަރީ 2022 | ހުކުރު 15:29
އަލީ އަޝްފާގަށް މަތިވެރި ބަނދަރު ސަރަހައްދުން ހޫނު މަރުހަބާއެއް ކިޔުން

އަލީ އަޝްފާގަށް މަތިވެރި ބަނދަރު ސަރަހައްދުން ހޫނު މަރުހަބާއެއް ކިޔުން

މަތިވެރި އެސޯސިއޭޝަން ފޯރ ރެކްރިއޭޝަން އެންޑް ސްޕޯޓްސް (މާރންސް) އެކަޑަމީ ހުޅުވައި ދެއްވުމަށް އަލީ އަޝްފާގް (ދަގަނޑޭ)ގެ އިތުރުން ރާއްޖޭގެ ހުނަރުވެރި އެތުލީޓުންގެ ޓީމެއް މަތިވެރިއަށް ދިއުމަށް ހަމަޖެހިއްޖެއެވެ.

ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިން އުފެއްދުމާއި، ސަރަހައްދީ ފެންވަރުގެ ފުޓުބޯޅަ ކުޅުންތެރިންގެ ޖީލެއް ބިނާ ކުރުމަށް، މާރންސްގެ ފަރާތުން ފެށުމަށް ހަމަޖެހިފައިވާ އެކަޑަމީ ރަސްމީކޮށް އިފްތިތާޙްކުރުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ހަވީރު މަތިވެރި ފުޓްސަލް ދަނޑުގައި ބާއްވާ ރަސްމިއްޔާތެއްގައެވެ.

މާރންސް ސްޕޯޓްސް އެކަޑަމީ ހުޅުވައިދެއްވުމަށް ރާޢްޖޭގެ އެއް ނަމްބަރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު ހުކުރު ދުވަހު މަތިވެރިއަށް ގޮސްފައިވާއިރު، މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަންނަވާނީ، ރާއްޖެއަށް 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ގައުމީ ޓީމުގެ ކެޕްޓަން އައްސަދު އަބްދުލްޣަނީ އެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއާއި މަޝްހޫރު ލަވަ ކިޔުންތެރިޔާ އިބްރާޙިމް ޝަލަބީ އަދި އިބްރާޙިމް ވަހީދު (ބޮޑުބެ) ވެސް މި ރަސްމިއްޔާތުގައި ބައިވެރިވާނެއެވެ.

ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ މާރންސް ސްޕޯޓްސް އެކަޑަމީގައި ކުދިން ބައިވެރިވުމަށް މިހާރުވެސް ބެލެނިވެރިން އެދެމުން އަންނަކަން ފާހަގަކުރައްވާ ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މާރންސް ޖަމިއްޔާގެ ރައީސް އިސްމާއިލް ނަސީމް ވިދާޅުވީ، ވީހާވެސް ގިނަ ކުދިންނަށް ފުރުސަތު ދިނުމަކީ އެ ޖަމިއްޔާގެ އެންމެ ބޮޑު ބޭނުން ކަމަށާއި، އަދި ރަނގަޅު ކުޅުންތެރިންތަކެއް އެރަށުން އުފަންވެގެން ދިއުމަކީވެސް މި މަސައްކަތުގެ މައިގަނޑު މަޤްސަދު ކަމަށެވެ.

އެކަޑަމީ ހުޅުވުމަށް ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން އިސްމާއިލް ނަސީމް ވިދާޅުވީ، އެކަޑަމީ ރަސްމީކޮށް ފެށުމަށް ކުރަމުންދާ މަސައްކަތުގައި ރަށުގެ ރައްޔިތުންގެ ފަރާތުންނާއި، ރަށުގައި މިހާރުވެސް ހިންގަމުންދާ އެކި ޖަމިއްޔާތަކުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ. މީގެ އިތުރުން ޖަމިއްޔާގެ ހުރިހާ މެންބަރުންނާއި އެ މެންބަރުންގެ އާއިލާގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މާރންސް ސްޕޯޓްސް އެކަޑަމީ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މާރންސްގެ ރަސްމީ ލަވަ ވެސް ހޮނިހިރު ދުވަހުގެ ރަސްމިއްޔާތުގައި ލޯންޗު ކުރުން އޮންނާނެވެ. މި ލަވަ ތައްޔާރުކޮށްފައިވަނީ ރާއްޖޭގެ އެއް ނަމްބަރު ރެޕް މިއުޒިކް ބޭންޑް ސިމްބޮލިކްސް ރެކޯޑްސްއެވެ.

މާރންސް ސްޕޯޓްސް އެކަޑަމީ

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2022

ވޮލީބޯޅައަށް ޚާއްޞަ އެކަޑަމީއެއް މަތިވެރީގައި ފަށައިފި

16 ސެޕްޓެމްބަރު 2022
ވޮލީބޯޅައަށް ޚާއްޞަ އެކަޑަމީއެއް މަތިވެރީގައި ފަށައިފި
19 ފެބުރުއަރީ 2022

މަތިވެރި މާރންސް ސްޕޯޓްސް އެކަޑަމީ ރަސްމީކޮށް އިފްތިތާޙްކޮށްފި

19 ފެބުރުއަރީ 2022
މަތިވެރި މާރންސް ސްޕޯޓްސް އެކަޑަމީ ރަސްމީކޮށް އިފްތިތާޙްކޮށްފި
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް