Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއުރޭޑިއަންޓް

ނިއުރޭޑިއަންޓްގެ ފުޓްބޯލް އެކަޑަމީ ލޯންޗްކޮށްފި

8 އެޕްރީލު 2017 | ހޮނިހިރު 21:23

އަމާޒަކީ ފެންވަރުގެ ކުޅުންތެރިންތަކެއް އުފެއްދުން

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 8 އެޕްރީލު 2017 | ހޮނިހިރު 21:23
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އެކަޑަމީ ފެށުމުގެ ޙަފްލާގެ ތެރެއިން

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އެކަޑަމީ ފެށުމުގެ ޙަފްލާގެ ތެރެއިން

ރާއްޖޭގެ ފުޓުބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެ ކްލަބުގެ ޔޫތު ޑިވޮލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) ލޯންޗް ކޮށްފިއެވެ.

ހޮނިހިރު ދުވަހު ހަވީރު މާފަންނު ސްޓޭޑިއަމްގެ އެއް ނަމްބަރު ޓަރފް ދަނޑުގައި ކުރިއަށްދިޔަ ހާއްސަ އިވެންޓެއްގައި ނިއުގެ ވައިޑީޕީ ލޯންޗު ކޮށްދެއްވީ އެޓީމުގެ ހެޑް ކޯޗު ބެނާޑޯ ޓަވަރޭޒެވެ.

ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް މޫސާ (ޓެޑް) ވިދާޅުވީ، އެޓީމުގެ އަމާޒަކީ ގިނަ ކުދިންތަކެއް ގޮވައިގެން ޓީމަށް ލާރި ހޯދުން ނޫން ކަމަށާއި ބޭނުން ވަނީ މަދު ކުދިން ކޮޅަކާއެކު ރަނގަޅު ފެންވަރުގެ ކުޅުންތެރިންތަކެއް އުފެއްދުން ކަމަށެވެ.

ކޮންމެ ކްލަބެއްގައި ވެސް އެކަޑަމީއެއް އޮތުމަކީ އެފްއޭއެމުން އަލަށް އެކުލަވައިލި ޤަވާއިދުގައިވާ ކަމެކެވެ. އެހެން ކަމުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ބައެއް ކްލަބުތަކުން މިހާރުވެސް ދަނީ އެކަޑަމީ ހިންގަމުންނެވެ.

އެކަޑަމީއެއް އޮތުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ނިޔާޒް ވިދާޅުވީ، ރާއްޖޭގެ ފުޓުބޯޅައިގެ ކުރިމަގު ބައްޓަން ކުރުމަށް ޒުވާން ކުޅުންތެރިންތަކެއް އުފެއްދުމަކީ މިހާރުން މިހާރަށް ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެން ނަމަވެސް މިކަން ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން ނިޔާޒް ވަނީ ފާހަގަކުރައްވާފައެވެ.

ނިޔާޒް ވިދާޅުވީ، ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގެ ކްލަބުތައް ފަރިތަކުރުމަށް ވެސް ލިބެނީ ދަނޑުގެ ދެބައިކޮށްފައި އެއްބައި ކަމަށާއި، އެގޮތުން ގިނަ އަދަދެއްގެ ކުދިންތަކަކާއެކު ކުޑަ ތަންކޮޅެއްގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

ނިޔާޒް ވިދާޅުވީ، މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ނިއުގެ އަމިއްލަ ދަނޑެއްގައި ފުޓްސަލް އަދި ފުޓުބޯޅައަށް އަމާޒުކުރެވިގެން ވަރަށް އަވަހަށް އެކަޑަމީއެއް ހުޅިވިގެންދާނެ ކަމަށެވެ. މީގެ އިތުރުން މިއަހަރުގެ ތެރޭގައި އަތޮޅު ތެރޭގެ ހަތަރު ރަށެއްގައި ވެސް އެކްލަބުގެ އެކަޑަމީތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ނިއުއިން މިއަދު އެކަޑަމީ ފަށާފައި ވަނީ ނުވަ އަހަރާއި ސާދަ އަހަރާއި ދެމެދުގެ ކުދިންނަށެވެ. މީގެ އިތުރުން އެޓީމުން އަންނަނީ އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތަށްފަހު 16 އަހަރާއި 19 އަހަރުންދަށުގެ ޓީމެއް އުފެއްދުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

ނިއުގެ ފުޓްބޯލް އެކަޑަމީ ކުރިއަށްދަނީ އެކުލަބުގެ ސީނިއާ ޓީމުގެ ފިޓްނަސް ކޯޗު އަދި ޔުއެފާ ބީ ލައިސަންސް ފުޓްބޯޅަ ކޯޗު ޕޯޗުގަލްގެ ޔަކީމް ވެލިންހޯގެ ބެލުމުގެ ދަށުންނެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

25 ޖުލައި 2017

އައިޑިއަލް މޫވްމެންޓުގެ މައްޗަށް ކޮކޫން ފުޓްބޯލް ޓީމުން ކުރިހޯދައިފި

25 ޖުލައި 2017
އައިޑިއަލް މޫވްމެންޓުގެ މައްޗަށް ކޮކޫން ފުޓްބޯލް ޓީމުން ކުރިހޯދައިފި
06 ޖުލައި 2017

އެމްއެސް ހެލްޕިންގް ހޭންޑްސް ސްޕޯރޓްސް އެކަޑަމީ އާއި ސީބީއެލް ސްޕޯޓްސް ފައިނަލަށް

06 ޖުލައި 2017
އެމްއެސް ހެލްޕިންގް ހޭންޑްސް ސްޕޯރޓްސް އެކަޑަމީ އާއި ސީބީއެލް ސްޕޯޓްސް ފައިނަލަށް
26 ޖޫން 2017

ނިއުރޭޑިއަންޓްގެ އާ ކޯޗަކަށް ސްޕެއިންގެ އޮސްކާ ބުރުޒޮން ބަރޭރާ

26 ޖޫން 2017
ނިއުރޭޑިއަންޓްގެ އާ ކޯޗަކަށް ސްޕެއިންގެ އޮސްކާ ބުރުޒޮން ބަރޭރާ
08 މެއި 2017

ފުޓްބޯލް ރައިޓާސްގެ އެންމެ މަގްބޫލް ކުޅުންތެރިޔަކަށް ޗެލްސީގެ ކަންޓޭ

08 މެއި 2017
ފުޓްބޯލް ރައިޓާސްގެ އެންމެ މަގްބޫލް ކުޅުންތެރިޔަކަށް ޗެލްސީގެ ކަންޓޭ
16 މާރިޗު 2017

ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން

16 މާރިޗު 2017
ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން
24 ފެބުރުއަރީ 2017

ކުޑަ ހުސެއިން އެކަޑަމީން "މޯލްޑިވްސް މެރަތަން" ނަމުގައި ދުވުމެއް ބާއްވައިފި

24 ފެބުރުއަރީ 2017
ކުޑަ ހުސެއިން އެކަޑަމީން "މޯލްޑިވްސް މެރަތަން" ނަމުގައި ދުވުމެއް ބާއްވައިފި
18 ފެބުރުއަރީ 2017

ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް

18 ފެބުރުއަރީ 2017
ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް