Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޓާވީ ޕްރޮސީޖަރ ރާއްޖޭގައި ފެށުން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓާވީ ޕްރޮސީޖަރ ހަދައިފި

މި ޕްރޮސީޖަރ އާންމުގޮތެއްގައި ހަދަނީ 70 އަހަރުން މަތީގެ އުމުރުން ދުވަސްވެފައިވާ މީހުންގެ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2022 | ހޮނިހިރު 07:49
ރާއްޖޭގައި ޓާވީ ޕްރޮސީޖަރގެ ޚިދުމަތް ފަށާފައިވަނީ އޭޑީކޭ ހޮސްޕިޓަލުން

ރާއްޖޭގައި ޓާވީ ޕްރޮސީޖަރގެ ޚިދުމަތް ފަށާފައިވަނީ އޭޑީކޭ ހޮސްޕިޓަލުން

ބޮޑެތި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ފަރުވާދިނުމަށް ހަދާ ޓްރާންސްކޭތިޓަރ އެއޯރޓިކް ވޭލް އިމްޕްލިމެންޓޭޝަން (ޓާވީ) ޕްރޮސީޖަރ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަދައިފިއެވެ.

މި ޕްރޮސީޖަރ ހަދާފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި މިދިޔަ ހުކުރު ދުވަހުއެވެ. މިއީ ރާއްޖޭގައި މި އޮޕަރޭޝަން ކުރެވުނު ފުރަތަމަ ފަހަރެވެ. އޭޑިކޭ ހޮސްޕިޓަލުގައި ހުކުރު ދުވަހު މި ޕްރޮސީޖަރ ހަދާފައިވަނީ އުމުރުން 82 އަހަރުގެ ފިރިހެނެއްގެއެވެ.

Advertisement - newsAdvertisement

މި ޕްރޮސީޖަރ އަކީ މީހާގެ ދިރިއުޅުން ބަދަލުކޮށްލާފަދަ ޕްރޮސީޖަރއެއްކަން ފާހަގަކުރައްވާ، މި އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވި އިންޑިއާގެ ޑޮކްޓަރު ސާއީ ވިދާޅުވީ ހުކުރު ދުވަހު ކުރެވިގެން ދިޔައީ ކުޑަ އޮޕަރޭޝަނެއް ނޫން ކަމަށެވެ. އަދި މި ޕްރޮސީޖަރ ހަދާފައިވަނީ ސިއްހީ ހާލަތު ވަރަށް ދެރަ މީހެއްގެ ކަމަށާއި، މިއީ ގިނަ ދުވަހު މި މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު ޑޮކްޓަރުންނަށްވެސް ކުރަން އުނދަގޫވާނެފަދަ ކޭސްއެއްކަމަށް ވިދާޅުވިއެވެ. ނަމަވެސް މި ޕްރޮސީޖަރ ކާމިޔާބު ކަމާއެކު ނިންމާލެވިފައިވާ ކަމަށާއި، ބަލިމީހާގެ ހާލު ރަނގަޅުވަމުން އަންނަނަކަމަށްވެސް ވިދާޅުވިއެވެ.

މި އޮޕަރޭޝަން ކުރަނީ ހިތުގެ ވޭލްއެއް ތާށިވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމަށެވެ. އެގޮތުން މި ޕްރޮސީޖަރ އާންމުގޮތެއްގައި ހަދަނީ 70 އަހަރުން މަތީގެ އުމުރުން ދުވަސްވެފައިވާ މީހުންގެއެވެ.

ބަލިމީހާގެ ފައިވަޅުން ހޮޅި ލައްވައިގެން ހިތުގެ ތާށިވެފައިވާ ވޭލްއާއި ހަމައަށް ގެންގޮސް އެވޭލްގެ ތެރެއަށް ޑިވައިސްއެއް ލައްވައިގެން ކުރާ މި ޕްރޮސީޖަރގެ ސަބަބުން މީހާގެ ހަށިގަނޑުން ބައެއް ފަޅާލައިގެން ކުރާ ސާޖަރީތަކުގެ ސަބަބުން ކުރިމަތިވާ ސްޓްރެސް ކުޑަކޮށްދޭނެއެވެ. އަދި ބަލިމީހާ ރަނގަޅުވުމަށް ނަގާ މުއްދަތުވެސް ކުރުވެގެންދާނެއެވެ. އެގޮތުން ހަށިގަނޑުން ބައެއް ފަޅާލައިގެން ކުރާ އޮޕަރޭޝަންއަށްފަހު ހަފްތާއެއްހާ ދުވަހު ބަލިމީހާ ހޮސްޕިޓަލުގައި ބާއްވަން ޖެހޭއިރު، މި ޕްރޮސީޖާ ހަދާފައި ދެ ދުވަސްތެރޭގައި ބަލިމީހާ ދޫކޮށްލެވޭނެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މި ޕްރޮސީޖަރ ހެދުނުއިރު، މިއީ މި ސަރަހައްދުގައިވެސް ވަރަށް މަދު ގައުމެއްގައި ކުރެވޭ އޮޕަރޭޝަނެކެވެ. މި ސަރަހައްދުގައި މިހާރު މި އޮޕަރޭޝަން ހެދެނީ ރާއްޖެ ފިޔަވާ އިންޑިއާ އަދި ބަންގްލަދޭޝްގައެވެ. އިންޑިއާގައި މި ޕްރޮސީޖަރ ހަދަން ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ. މި ޕްރޮސީޖަރ ބަންގްލަދޭޝަށް ތައާރަފްކުރީ މީގެ ދެމަސް ކުރިންނެވެ.

މި ޕްރޮސީޖަރ އާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އައްފާލް ވިދާޅުވީ، މި ޕްރޮސީޖަރ ރާއްޖޭގައި ހެދުމަކީ ފަޚުރުވެރިވާން ޖެހޭ ކަމެއް ކަމަށެވެ. އަދި މި ޕްރޮސީޖަރ ނުހެދި މީގެ ކުރިން މަޑުޖެހިފައި އޮތީ މިކަމަށް ބޭނުންވާ އިންތިޒާމުތައް ފުރިހަމަކުރުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހުމުންކަމަށް އައްފާލް ވިދާޅުވިއެވެ.

މި ޚިދުމަތް ރާއްޖެއަށް ތައާރަފް ކުރުމުގެ ކުރިން މިކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި މީހުން ތަމްރީނު ކުރުމުގައި ދަތިތަކެއް ހުރިކަން އައްފާލް ފާހަގަކުރެއްވިއެވެ. އެގޮތުން މި ޕްރޮސީޖަރ ހެދުމަށް އެންމެ އެކަށޭނަ ވަސީލަތްތައް ހޯދުމާއި، މިކަމަށް ބޭނުންވާ ތަމްރީނު ދިނުމުގައި ކޮވިޑުގެ ސަބަބުން ދަތިތަކަކާއި ކުރިމަތިލާން ޖެހުނުކަމަށް ވިދާޅުވިއެވެ.

މި ފަރުވާއަށް އާސަންދައިގެ ޚިދުމަތް މިހާތަނަށް ހަމަޖެހިފައި ނުވާއިރު، އެޚިދުމަތް ހޯދުމުގެ މަސައްކަތް މިހާރު އޭޑީކޭއިން އަންނަނީ ކުރަމުންނެވެ. މިހާރުވެސް ގިނަ ބަލިތަކަކަށް ފަރުވާދެމުންދާ އޭޑީކޭ ހޮސްޕިޓަލުގެ އަމާޒަކީ ފަސޭހަކަމާއެކު ރައްޔިތުންނަށް ބޭނުންވާ ސިއްހީ ފަރުވާތައް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމެވެ.

އޭޑީކޭ ހޮސްޕިޓަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ތައިރޮއިޑަށް ބޭނުންކުރާ ބޭހެއް އާސަންދައިން ނުލިބުނު، ގަންނަން ލިބުނީ ބޮޑު އަގުގައި

ތައިރޮއިޑަށް ބޭނުންކުރާ ބޭހެއް އާސަންދައިން ނުލިބުނު، ގަންނަން ލިބުނީ ބޮޑު އަގުގައި

22 ސެޕްޓެމްބަރު 2025
ފީނަންގޮސް އުޅުނު މީހެއްގެ ގަޔަށް ލޯންޗެއް އަރައި އަތް ބުރިވެއްޖެ

ފީނަންގޮސް އުޅުނު މީހެއްގެ ގަޔަށް ލޯންޗެއް އަރައި އަތް ބުރިވެއްޖެ

14 މެއި 2025
ބަދިގެ ތެރެއަށް ދުން ލީކުވެ އަނބުރައިގަތް 7 މީހަކަށް ފަރުވާދެނީ

ބަދިގެ ތެރެއަށް ދުން ލީކުވެ އަނބުރައިގަތް 7 މީހަކަށް ފަރުވާދެނީ

13 މެއި 2024
"މޯލްޑިވްސް ބްރެއިން ސްޕައިން ކޮންފަރެންސް 2023" ފަށައިފި

"މޯލްޑިވްސް ބްރެއިން ސްޕައިން ކޮންފަރެންސް 2023" ފަށައިފި

25 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު