Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަނގަޑު މޫނަށް ހެރުނު ބިދޭސީ މީހާ

މޫނަށް ދަގަނޑު ހެރުނު ބިދޭސީ މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން: އޭޑީކޭ

ހާދިސާގައި އަނިޔާވި ބިދޭސީ މީހާގެ ނަސީބު ރަނގަޅު ކަމުން ފުރަމޭ އިން ލޭނުފައިބާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 ސެޕްޓެމްބަރު 2022 | ބުދަ 10:59
ހަ ފޫޓުގެ ދިގު ދަގަނޑު ހެރުނު ބިދޭސީ މީހާގެ ސީޓީ ސްކޭން

ހަ ފޫޓުގެ ދިގު ދަގަނޑު ހެރުނު ބިދޭސީ މީހާގެ ސީޓީ ސްކޭން

ސެޕްޓެމްބަރު 17 ވަނަ ދުވަހު ހ. ޒާހަމްގައި މަސައްކަތް ކުރަނިކޮށް މޫނަށް ދަގަނޑެއް ހެރުނު ރަޝީދް ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ގައި މަސައްކަތް ކުތާ އުމުރުން 34 އަހަރުގެ ބަންގްލަދޭޝް މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ އުމުރުން 34 އަހަރުގެ އެ ބިދޭސީ މީހާގެ ހަށިގަނޑަށް ހެރިފައިވަނީ ހަ ފޫޓުގެ ދިގު ދަގަނޑެއް ކަމަށެވެ. ނާރުގެ ޑޮކްޓަރު އަލީ ނިޔާފް ވިދާޅުވީ އެ ބިދޭސީ މީހާގެ ހަށިގަނޑަށް ދަގަނޑު ވަދެފައި ވަނީ ނޭފަތު މަތިން ފެށިގެންގޮސް ތަލިފޫއަޅުވާލައި، ކަރާއި ބަނޑުގެ އެތެރެއިން ގޮސް އުކުޅުވަޅާ ހަމައަށް ކަމަށެވެ.

ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ މި ހާދިސާގައި އަނިޔާވި ބިދޭސީ މީހާގެ ނަސީބު ރަނގަޅު ކަމުން ފުރަމޭ އިން ލޭނުފައިބާ ކަމަށެވެ. އަދި ދަގަނޑު ވަދެގެން ދިޔައިރު ގޮހޮރަށް ވެސް ގެއްލުމެއް ވެފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. ނިޔާފް ވިދާޅުވީ އެ ބިދޭސީ މީހާއަށް މި ހާދިސާގެ ސަބަބުން ދާއިމަށް ފަރުވާކުރަން ޖެހޭވަރުގެ ކަމެއް ދިމާނުވެ ސަލާމަތް ކުރެވިފައިވާ ކަމަށެވެ.

އަނިޔާވި ބިދޭސީމީހާއަށް ފަރުވާ ދެމުން އަންނަތާ 11 ދުވަސްވެފައިވާއިރު އޭނާއަށް މިހާރު ވާހަކަ ދައްކާ، ހިނގާ ބިނގާވެ އުޅެވޭ ކަމަށް އޭޑީކޭ އިން ބުނެފައިވެއެވެ. މިކަން ހިނގާފައިވަނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން ދިޔަ އިމާރާތުގެ ހަ ވަނަ ބުރިއަށް އަރުވަމުންދިޔަ ދަގަނޑުތަކެއް ވެއްޓުނު އަޑަށް އެ ބިދޭސީ މީހާ އިމާރާތުގެ ބޭރަށް ބޯ ދިއްކޮށްލި ވަގުތު ކަމަށް ވެސް ނިޔާފް ވިދާޅުވިއެވެ. އެ ވަގުތު އެ މީހާ ހުރީ ހެލްމެޓް އަޅައި ސޭފްޓީ ބޫޓަށް އަރައިގެން ކަމަށް ވެސް ނިޔާފް ވިދާޅުވިއެވެ.

އޭޑީކޭގެ މެނޭޖިން ޑައިރެކްޓާ އަހުމަދު އަފްއާލް ވިދާޅުވީ ކޮންސްޓްރަކްޝަން ފަދަ މަސައްކަތް ކުރާ ތަންތަނުގައި ބަހައްޓަންޖެހޭނީ އެންމެ ވަރުގަދަ އުސޫލުތައް ކަމަށެވެ. އަދި އެފަދަ ރަނގަޅު ސަލާމަތީ މިންގަނޑުތަކާއި އުސޫލުތައް މިހާރު ރާއްޖޭގައި އެކުލަވާލާފައި އޮތް ނަމަވެސް އެއަށް އަމަލު ނުކުރެވޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އާރްސީސީގެ މަސައްކަތްތެރިޔާގެ ފުރާނަ ސަލާމަތްވީ އޭޑީކޭ ހޮސްޕިޓަލުން ގާތްގަނޑަކަށް ނުވަ ގަޑިއިރުވަންދެން ކުރި ސިލްސިލާ ސާޖަރީތަކަކަށްފަހުއެވެ.

ދަނގަޑު މޫނަށް ހެރުނު ބިދޭސީ މީހާއޭޑީކޭ ހޮސްޕިޓަލް

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
22 ސެޕްޓެމްބަރު 2025

ތައިރޮއިޑަށް ބޭނުންކުރާ ބޭހެއް އާސަންދައިން ނުލިބުނު، ގަންނަން ލިބުނީ ބޮޑު އަގުގައި

22 ސެޕްޓެމްބަރު 2025
ތައިރޮއިޑަށް ބޭނުންކުރާ ބޭހެއް އާސަންދައިން ނުލިބުނު، ގަންނަން ލިބުނީ ބޮޑު އަގުގައި
14 މެއި 2025

ފީނަންގޮސް އުޅުނު މީހެއްގެ ގަޔަށް ލޯންޗެއް އަރައި އަތް ބުރިވެއްޖެ

14 މެއި 2025
ފީނަންގޮސް އުޅުނު މީހެއްގެ ގަޔަށް ލޯންޗެއް އަރައި އަތް ބުރިވެއްޖެ
13 މެއި 2024

ބަދިގެ ތެރެއަށް ދުން ލީކުވެ އަނބުރައިގަތް 7 މީހަކަށް ފަރުވާދެނީ

13 މެއި 2024
ބަދިގެ ތެރެއަށް ދުން ލީކުވެ އަނބުރައިގަތް 7 މީހަކަށް ފަރުވާދެނީ
25 އޮކްޓޯބަރު 2023

"މޯލްޑިވްސް ބްރެއިން ސްޕައިން ކޮންފަރެންސް 2023" ފަށައިފި

25 އޮކްޓޯބަރު 2023
"މޯލްޑިވްސް ބްރެއިން ސްޕައިން ކޮންފަރެންސް 2023" ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު