Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތައިރޮއިޑް ބޭސް

ތައިރޮއިޑަށް ބޭނުންކުރާ ބޭހެއް އާސަންދައިން ނުލިބުނު، ގަންނަން ލިބުނީ ބޮޑު އަގުގައި

އާސަންދަ ކުންފުނިން ބުނީ ތައިރަނޯމް 25 މައިކްރޯގްރާމް އަކީ އާސަންދަ ސްކީމްގެ ތެރެއިން ފޯރުކޮށްދެވެމުންދާ ބޭހެއްކަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2025 | ހޯމަ 17:49
ތައިރޮއިޑަށް ބޭނުންކުރާ ތައިރޯނޮމްގެ 25 މިލިގްރާމް ބޭސް

ތައިރޮއިޑަށް ބޭނުންކުރާ ތައިރޯނޮމްގެ 25 މިލިގްރާމް ބޭސް

ތައިރޮއިޑަށް ބޭނުންކުރާ ބޭހެއް އާސަންދައިން ނުލިބި، އާންމު އަގަށްވުރެ މާ ބޮޑު އަގެއްގައި ގަންނަން ޖެހުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލަ ފާހަގަކޮށްފައިވަނީ މެޑިކަލް އޮފިސަރެއް ކަމުގައިވާ ޑރ. އަބްދުލްއަޒީޒް ހަމީދެވެ. ޑރ. އަބްދުލް އަޒީޒް ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ 6 އަހަރުގެ ދަރިފުޅަކީ ޑައުންސިންޑްރޯމް، އޯޓިޒަމް އަދި ހައިޕޯތައިރޮއިޑިޒަމްގެ ޙާލަތު ހުރި ކުއްޖެއް ކަމަށާއި، ތައިރޮކްސިން ސޯޑިއަމް ޓެބްލެޓް (ތައިރޮނޯރމް) އެސްޓީއޯ ހެންވޭރު ފާމަސީގައި މި ބޭސް ނެތުމުން، އޭޑީކޭ ހޮސްޕިޓަލް ސަރަޙައްދުން ދެތިން ތަނެއް ބެލުމަށްފަހު، ފުރަތަމަ ފެނުނު ތަނުން 90 ރުފިޔާއަށް ގަންނަން ޖެހުނު ކަމަށެވެ. އެހެންނަމަވެސް އެއް ފުޅި އެއީ 3 މަސްދުވަހަށް ފުދޭ މިންވަރު ނޫންކަމުން އިތުރު ތަންތަން ބަލަން ޖެހުނެވެ.

Advertisement - newsAdvertisement

އިތުރަށް ބެލި ދެ ތަނުންވެސް މި ބޭސް އާސަންދައިން ކަވަރު ނުކުރާ ކަމަށް ބުނެފައިވެއެވެ. 120 ގުޅަ ހިމެނޭ ފުޅިއެއްގެ އަގު އެއް ތަނުން ޖަހާފައިވަނީ 195 ރުފިޔާ އަށެވެ. އަނެއް ތަނުން އަގު ޖަހާފައިވަނީ 240 ރުފިޔާއަށެވެ. އޭނާ ވިދާޅުވީ މިއީ ވަރަށް ދެރަވަރު ކަންކަން ކަމަށެވެ.

މިއީ މިބޭސް އާސަންދައިން ނުލިބިގެން އާންމުންގެ މީހަކު ޝަކުވާކުރި ފުރަތަމަ ފަހަރެއް ނޫނެވެ.

މި މައްސަލައާ ގުޅޭގޮތުން އާސަންދަ ކުންފުނިން ބުނެފައިވަނީ "ތައިރަނޯމް 25 މައިކްރޯގްރާމް" އަކީ އާސަންދަ ސްކީމްގެ ތެރެއިން ފޯރުކޮށްދެވެމުންދާ ބޭހެއް ކަމަށެވެ.

މިބޭހަކީ މިއަދުވެސް ސްކީމްގެ ތެރެއިން ގިނަ ބޭސްފިހާރަތަކަކުން ދޫކުރެވިފައިވާ ބޭހެއް ކަމަށާއި، އާސަންދަ ސްކީމްގެ ތެރެއިން ފޯރުކޮށްދެވޭ މިފަދަ ބޭސް ސްކީމްގެ ތެރެއިން ބޭސްފިހާރައިން ފޯރުކޮށްނުދޭނަމަ، އެކަން "ޝިކާވަތި" އަށް ބޭސްފިހާރައިގެ މަޢުލޫމާތާއި އެއްކޮށް ރިޕޯޓްކޮށްދެއްވުން އެދެމެވެ.

އާސަންދައިގެ ޕޯސްޓުގައި ޑރ. އަޒީޒު ބޭސް ގަތް ތަންތަނުން އާސަންދައިން ބޭސް ލިބޭތޯ ނުވަތަ ނުލިބޭތޯ އާސަންދައިން ޔަގީންކޮށްފައިވާކަން މި ޕޯސްޓުން ސާފެއް ނުވެއެވެ.

މި ބޭހުގެ 25 މިލިގްރާމްގެ ބާވަތް ގިނަ ފަހަރު އެސްޓީއޯ ފާމަސީތަކުން ހުސްވެފައި ހުންނަކަން ފާހަގަކުރެވެއެވެ. މީގެ ކުރިންވެސް އާސަންދައިގައި ދިމާވި މައްސަލައަކާ ގުޅިގެން، އެސްޓީއޯއިން މި ބޭސް އާސަންދައިގެ ބޭރުން ވިއްކާފައިވާކަން ފާހަގަކުރެވެއެވެ. އަދި ފާމަސީތަކުންވެސް މި ބޭހަށް އާސަންދަ ނުލިބޭކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ. ގިނަ އަދަދެއްގެ ބަޔަކު ބޭނުންކުރާ މި ބޭހަށް އާސަންދަ ނުލިބުމުގެ މައްސަލައަކީ މިއަދު އަލަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަން ފާހަގަކުރެވެއެވެ.

ތައިރޮއިޑްއާސަންދަޑރ. އަބްދުލްއަޒީޒް ހަމީދުއެސްޓީއޯއޭޑީކޭ ހޮސްޕިޓަލްތައިރަނޯމް

ކޮމެންޓް

އިތުރަށް ކިޔާލަން

އޮކްސިޖަން މެޝިނެއްގެ އެހީ އާއި ނުލާ ދިރިހުރެވެން ނެތް، ސަރުކާރު ގައި އާދޭސް ކުރާތާ އެތައް ދުވަހެއް

އޮކްސިޖަން މެޝިނެއްގެ އެހީ އާއި ނުލާ ދިރިހުރެވެން ނެތް، ސަރުކާރު ގައި އާދޭސް ކުރާތާ އެތައް ދުވަހެއް

07 ޑިސެމްބަރު 2025
8 މަސް ވީއިރުވެސް އައިސީޔޫ ހަރަދު އެންސްޕާ އިން ޖަމާ ނުކުރޭ!

8 މަސް ވީއިރުވެސް އައިސީޔޫ ހަރަދު އެންސްޕާ އިން ޖަމާ ނުކުރޭ!

04 ޑިސެމްބަރު 2025
ބޭސް ނުލިބޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރު: ކުޑޫ ވިދާޅުވީ ބޭސް ލިބުމުގައި ދަތިކަން އުޅޭކަން މަޖިލީހަށް ގަބޫލު ނުކުރެވުނު ކަމަށް

ބޭސް ނުލިބޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރު: ކުޑޫ ވިދާޅުވީ ބޭސް ލިބުމުގައި ދަތިކަން އުޅޭކަން މަޖިލީހަށް ގަބޫލު ނުކުރެވުނު ކަމަށް

26 ނޮވެމްބަރު 2025
އައިނަށް ދޭ ފައިސާ 2000ށް ބޮޑު ކުރީ 2 އަހަރުން އެއް އަހަރު އެކަން ކުރެވޭ ގޮތަށް، 1000 ދިން އިރު ކޮންމެ އަހަރަކު އައިނު ހެދޭ!

އައިނަށް ދޭ ފައިސާ 2000ށް ބޮޑު ކުރީ 2 އަހަރުން އެއް އަހަރު އެކަން ކުރެވޭ ގޮތަށް، 1000 ދިން އިރު ކޮންމެ އަހަރަކު އައިނު ހެދޭ!

10 ނޮވެމްބަރު 2025
ވަޒީރުންގެ މެޑިކަލް އިންޝުއަރެންސް ދެގުނަ ބޮޑު ކުރި އިރު އާންމު ރައްޔިތުންގެ ސިއްހީ އިންޝުއަރެންސް ތަންފުކެއް ވެސް ބޮޑު ނުކުރޭ

ވަޒީރުންގެ މެޑިކަލް އިންޝުއަރެންސް ދެގުނަ ބޮޑު ކުރި އިރު އާންމު ރައްޔިތުންގެ ސިއްހީ އިންޝުއަރެންސް ތަންފުކެއް ވެސް ބޮޑު ނުކުރޭ

09 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު