Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެލްތު ދާއިރާގެ ތަމްރީނު

ހެލްތު ދާއިރާގެ ދަރިވަރުން ތަމްރީނު ކުރުމަށް އޭޑީކޭއާއި އެމްއެންޔޫއާ ދެމެދު ފަހުމުނާމާއެއް

6 ޑިސެމްބަރު 2022 | އަންގާރަ 09:29

މިއީ ތައުލީމީ ދެ މުއައްސަސާއެއްގެ ގުޅުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ޑިސެމްބަރު 2022 | އަންގާރަ 09:29
އޭޑީކޭއާއި އެމްއެންޔޫއާއެކު ފަހުމުނާމާއެއްގައި ސޮއިކުރުން

އޭޑީކޭއާއި އެމްއެންޔޫއާއެކު ފަހުމުނާމާއެއްގައި ސޮއިކުރުން

ހެލްތު ދާއިރާގެ ދަރިވަރުން ތަމްރީނު ކުރުމަށް އޭޑީކޭއާއި ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އަންގާރަ ދުވަހު އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ފަހުމުނާމާއަކީ އެމްއެންޔޫގައި ތަމްރީނުވާ ހެލްތު ދާއިރާގެ ދަރިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް އެ ހޮސްޕިޓަލާއެކު ވެވިފައިވާ ފަހުމުނާމާއެކެވެ. އެގޮތުން މީގެ ކުރިންވެސް އެމްއެންޔޫއިން ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލުގައި ނަރުހުންނާއި މެޑިކަލް ސުކޫލުގެ ދަރިވަރުން ތަމްރީނު ކުރަމުންނެވެ.

އެމްއެންޔޫއިން ވަނީ އޭޑީކޭ ހޮސްޕިޓަލުން ވެދޭ އެއްބާރުލުން ފާހަގަ ކުރައްވައި އެކަމަށް ޝުކުރު އަދާކޮށްފައެވެ.

މި ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އައްފާލު ވިދާޅުވީ، އޭޑީކޭއާއި އެމްއެންޔޫއިން އަބަދުވެސް ގެންދަނީ ގާތުން މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން ފެންވަރު ރަަނގަޅު ޤާބިލު ބަޔަކު ނެރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން އައްފާލު ފާހަގަ ކުރެއްވިއެވެ.

އައްފާލު އިތުރަށް ވިދާޅުވީ، މި ފަހުމުނާމާގެ ދަށުން، ދަރިވަރުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށްވުރެ ބޮޑަށް ފުޅާވެ، ފުރިހަމަވެގެންދާނެ ކަމަށެވެ. އެގޮތުން ދަރިވަރުންގެ ހުނަރުތައް ތަރައްޤީކޮށް ކުރިއެރުވުމަށްވެސް މަގުފަހިވެގެންދާނެކަން އައްފާލު ފާހަގަ ކުރެއްވިއެވެ.

އައްފާލު އިތުރަށް ވިދާޅުވީ، އޭޭޑީކޭއާއެކު މި ފަހުމުނާމާގައި ސޮއި ކުރެވިގެން ދިޔަ ނަމަވެސް، މިއީ ތައުލީމީ ދެ މުއައްސަސާއެއްގެ ގުޅުން ކަމަށެވެ. އެގޮތުން އޭޑީކޭއިން ތައުލީމު ކުރިއެރުވުމަށް ކުރާ މަސައްކަތް އެމްއެންޔޫއާއި ގުޅުވާލެވިގެން ދިއުމަކީ ކުރިއެރުމެއްގެ ގޮތުގައި އައްފާލު ސިފަ ކުރެއްވިއެވެ.

އައްފާލުވެސް ވަނީ އެމްއެންޔޫއާއެކު އޮންނަ ގުޅުން ފާހަގަ ކުރައްވައި އެކަމަށްޓަކައި ޔުނިވަރސިޓީގެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ. 

އޭޑީކޭ ހޮސްޕިޓަލްމޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި
25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
22 ސެޕްޓެމްބަރު 2025

ތައިރޮއިޑަށް ބޭނުންކުރާ ބޭހެއް އާސަންދައިން ނުލިބުނު، ގަންނަން ލިބުނީ ބޮޑު އަގުގައި

22 ސެޕްޓެމްބަރު 2025
ތައިރޮއިޑަށް ބޭނުންކުރާ ބޭހެއް އާސަންދައިން ނުލިބުނު، ގަންނަން ލިބުނީ ބޮޑު އަގުގައި
14 މެއި 2025

ފީނަންގޮސް އުޅުނު މީހެއްގެ ގަޔަށް ލޯންޗެއް އަރައި އަތް ބުރިވެއްޖެ

14 މެއި 2025
ފީނަންގޮސް އުޅުނު މީހެއްގެ ގަޔަށް ލޯންޗެއް އަރައި އަތް ބުރިވެއްޖެ
31 އޮކްޓޯބަރު 2024

ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

31 އޮކްޓޯބަރު 2024
ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި
13 މެއި 2024

ބަދިގެ ތެރެއަށް ދުން ލީކުވެ އަނބުރައިގަތް 7 މީހަކަށް ފަރުވާދެނީ

13 މެއި 2024
ބަދިގެ ތެރެއަށް ދުން ލީކުވެ އަނބުރައިގަތް 7 މީހަކަށް ފަރުވާދެނީ
25 އެޕްރީލު 2024

މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

25 އެޕްރީލު 2024
މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން
25 އެޕްރީލު 2024

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

25 އެޕްރީލު 2024
މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
25 އެޕްރީލު 2024

އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި

25 އެޕްރީލު 2024
އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި
28 ޑިސެމްބަރު 2023

ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި

28 ޑިސެމްބަރު 2023
ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް