ބަދިގެ ތެރެއަށް ދުން ލީކުވެ އަނބުރައިގަތް 7 މީހަކަށް ފަރުވާދެނީ
13 މެއި 2024 | ހޯމަ 04:25އެކަކަށް މިހާރު ފަރުވާދެމުންދަނީ އޭޑީކޭގައި


އައިޖީއެމްއެޗް
ކެފޭއެއްގެ ބަދިގެ ތެރެއަށް ދުން ލީކުވެ 7 މީހަކަށް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ބޮޑުރަސްގެފާނު މަގުގައި ހުރި ކެފޭއެއްގައި ބަދިގޭގެ ދުންހޮޅިން ބަދިގެ ތެރެއަށް ދުން ލީކުވެ 7 މީހުން އަނބުރައިގަނެގެން އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށް ފަތިހު 5:50 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އެމީހުންގެ ތެރޭގައި ހިމެނެނީ ސްރީލަންކާ މީހަކާއި އިންޑިއާ މީހެއްގެ އިތުރުން ބަންގްލަދޭޝް 2 މީހުންގެ އިތުރުން ނޭޕާލް 3 މީހުން ކަމަށެވެ. މި މީހުންގެ ތެރެއިން އެކަކަށް މިހާރު ފަރުވާދެމުންދަނީ އޭޑީކޭގައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.











