Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލީބިޔާގެ ސިޔާސީ މަޝްރަހު

ވީއެންމެ އަވަހަށް އިންތިޚާބު ބޭއްވުމަށް އިންތިޚާބާއި ބެހޭ އައު ޤާނޫނެއް އެކުލަވާލާނަން: ލީބިޔާގެ ބޮޑުވަޒީރު

ލީބިޔާގައި މިހާރު ވަނީ ދެ ބޮޑުވަޒީރެއް އުފެދި ދެ ސަރުކާރެއް އުފެދި ހަމަނުޖެހުންތައް އަލުން ހިނގަން ފަށާނެކަމުގެ ބިރު ހީވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 ފެބުރުއަރީ 2022 | އާދީއްތަ 02:16
ލީބިޔާގެ ވަގުތީ ބޮޑުވަޒީރު އަބްދުލްހަމީދު މުޙައްމަދު ދްބައިބާ

ލީބިޔާގެ ވަގުތީ ބޮޑުވަޒީރު އަބްދުލްހަމީދު މުޙައްމަދު ދްބައިބާ

ލީބިޔާއަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކުން އަރައިގަތުމަށް ވީއެންމެ އަވަހަށް އިންތިޚާބެއް ބޭއްވުމަށް އިންތިޚާބާއި ބެހޭ ޤާނޫނެއް ވަރަށް އަވަހަށް ޑްރާފްޓް ކުރައްވާނެކަމަށް ލީބިޔާގެ ވަގުތީ ބޮޑުވަޒީރު އަބްދުލްހަމީދު މުޙައްމަދު ދްބައިބާ ވައުދުވެވަޑައިގަންނަވައިފިއެވެ.

ލީބިޔާގެ ބޮޑުވަޒީރު މިމޭރުމުން ވައުދުވެ ވަޑައިގަންނަވާފައި މިވަނީ އދގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ހުރިހާ ޕާޓީތަކަކުންވެސް ލީބިޔާގެ ސަލާމަތާއި އަމާންކަމާއި ހަމަޖެހުމަށް އިސްކަންދިނުމަށް ގޮވާލެއްވިތާ އެއް ދުވަސްފަހުންނެވެ.

ލީބިޔާގައި މިހާރު ވަނީ ދެ ބޮޑުވަޒީރެއް އުފެދި ދެ ސަރުކާރެއް އުފެދި ހަމަނުޖެހުންތައް އަލުން ހިނގަންފަށާނެކަމުގެ ބިރު ހީވެފައެވެ.

ގުޓަރޭސް ނެރުއްވި ބަޔާނެއްގައި ވަނީ ހުރިހާ އިދާރާތަކަށްވެސް އެންމެ އިސްކަމެއްދީގެން ކުރަންޖެހޭ ކަމަކީ ވީ އެންމެ އަވަހަކަށް އިންތިޚާބެއް ބޭއްވުންކަން ހަނދާންކޮށްދީފައެވެ.

ވަގުތީ ބޮޑުވަޒީރު އަބްދުލްހަމީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއިން ސަލާމަތްވެ ވަޑައިގަންނަވާފައިވާއިރު ލީބިޔާގެ އަލް އަހްރާރް ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި އަބްދުލްހަމީދު ވިދާޅުވީ އިންތިޚާބާއި ބެހޭ ޤާނޫނުގެ ބިލް ފުރަތަމަ ހުށަހަޅުއްވާނީ ހައުސް އޮފް ރެޕްރެޒެންޓޭޓިވް އަށްކަމަށެވެ. އެއަށްފަހު ޕްރެޒިޑެންޝިއަލް ކައުންސިލަށް އެ ޤާނޫނު ތަސްދީޤުކުރުމަށް ފޮނުވާނެކަމަށެވެ.

ލީބިޔާގައި މިހާރު އުފެދިފައިވަނީ ވަގުތީ ސަރުކާރެކެވެ. ގަވަރމަންޓް އޮފް ނޭޝަނަލް ޔުނިޓީގެ ނަމުގައި އުފެދިފައިވާ ސަރުކާރަކީ އދ ގެ ބެލުމުގެ ދަށުން އެކުލަވާލާފައިވާ ސަރުކާރެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ލީބިޔާގައި އައު ސަރުކާރެއް އިންތިޚާބު ކުރުމަށް މަސައްކަތްތަކެއް ކޮށްފައިވެއެވެ. ނަމަވެސް ޑިސެމްބަރ 24 ގައި އިންތިޚާބު ނުބޭއްވި ފަސްވެފައިވާއިރު އަލުން އިންތިޚާބު ބޭއްވޭނެ ދުވަހެއް އަދި ނޭންގެއެވެ.

ތިން މިލިއަނެއްހާ މީހުން ވަނީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައެވެ. ނަމަވެސް އިންތިޚާބު ލަސްވުމާއެކު އަނެއްކާވެސް ވަނީ ލީބިޔާގެ އެތެރޭގައި ކަންބޮޑުވުންތައް އިތުރުވެފައެވެ.

ލީބިޔާގެ ސިޔާސީ މަޝްރަހު އިތުރަށް ހޫނުވެގެންދިޔައީ ބުރާސްފަތި ދުވަހު ލީބިޔާގެ ޤާނޫނު ހަދާ މަޖިލީހުން ކުރީގެ އިންޓީރިއަރ މިނިސްޓަރ ފާތި ބަޝާގާ އަކީ އައު ބޮޑުވަޒީރުކަމަށް ކަނޑައެޅުމުންނެވެ.

މިކަމާއި ގުޅިގެން ލީބިޔާގެ ވަގުތީ ބޮޑުވަޒީރު އަބްދުލްހަމީދު ވަނީ އިންތިޚާބެއް ބާއްވާ އިންތިޚާބު ކުރެވޭ ސަރުކާރަކަށް ބާރުތައް ބަދަލުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ލީބިޔާ

އިތުރަށް ކިޔާލަން

05 ޖޫން 2025

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
05 އޮކްޓޯބަރު 2023

"ދެބަފައިންގެ ހިލަމެއް، ނިޝާނެއް ނެތް... ދެމައިން އަދިވެސް އެތިބީ ރޯލަރޯލާ، ދިރި ތިއްބާ ފެންނާނެކަމުގެ ޢުއްމީދުގަ"

05 އޮކްޓޯބަރު 2023
"ދެބަފައިންގެ ހިލަމެއް، ނިޝާނެއް ނެތް... ދެމައިން އަދިވެސް އެތިބީ ރޯލަރޯލާ، ދިރި ތިއްބާ ފެންނާނެކަމުގެ ޢުއްމީދުގަ"
19 ސެޕްޓެމްބަރު 2023

"ލޯ ކުރިމަތިން އަމިއްލަ މަރު ފެނި، އުމުރުދުވަހު ދުށް ހުވަފެން ވިއްސިވިހާލި ވެއްޖެ"

19 ސެޕްޓެމްބަރު 2023
"ލޯ ކުރިމަތިން އަމިއްލަ މަރު ފެނި، އުމުރުދުވަހު ދުށް ހުވަފެން ވިއްސިވިހާލި ވެއްޖެ"
17 ސެޕްޓެމްބަރު 2023

ތޫފާން "ޑެނިއަލް" ގައި މަރުވި މީހުންގެ އަދަދު 11000ށްވުރެ މައްޗަށް

17 ސެޕްޓެމްބަރު 2023
ތޫފާން "ޑެނިއަލް" ގައި މަރުވި މީހުންގެ އަދަދު 11000ށްވުރެ މައްޗަށް
16 ސެޕްޓެމްބަރު 2023

ތޫފާން ޑެނިއަލްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވީ ގޭގައި މަޑުކުރަން އެންގުމުގެ ސަބަބުންކަމަށް ކުރާ ތުހުމަތު، އޮފިޝަލުން ދޮގުކޮށްފި

16 ސެޕްޓެމްބަރު 2023
ތޫފާން ޑެނިއަލްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވީ ގޭގައި މަޑުކުރަން އެންގުމުގެ ސަބަބުންކަމަށް ކުރާ ތުހުމަތު، އޮފިޝަލުން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު