Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖެންޑަރ މިނިސްޓްރީގެ އޮޑިޓް

ޖެންޑަރއަށް އެހީގެ ގޮތުގައި ލިބިފައިވާ ފައިސާ މާލިއްޔަތުގެ ގަވައިދާ ޚިލާފަށް ޚަރަދުކޮށްފައިވޭ: އޮޑިޓް

12 ފެބުރުއަރީ 2022 | ހޮނިހިރު 09:28

ކުޑަކުދިންގެ ހިޔާއަށް ދިން 15,000 ރުފިޔާ ލިބުނުކަމުގެ ރަސީދެއް ތައްޔާރުކޮށްފައި ނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 12 ފެބުރުއަރީ 2022 | ހޮނިހިރު 09:28
ޖެންޑަރ މިނިސްޓްރީ

ޖެންޑަރ މިނިސްޓްރީ | ރާއްޖެއެމްވީ

ޖެންޑަރ މިނިސްޓްރީއަށް އެހީގެ ގޮތުގައި ލިބިފައިވާ ފައިސާ ދައުލަތުގެ މާލިއްޔަތުގެ ގަވައިދާ ޚިލާފަށް ބަލައިގަނެ، އެ ފައިސާ ޚަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ޖެންޑަރ މިނިސްޓްރީގެ 2020 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.31 ވަނަ މާއްދާގެ (ނ) ގައި ދައުލަތުގެ އޮފީހަކުން ހިންގާ ކަމަކަށް ނުވަތަ ދައުލަތުގެ އޮފީހަކާއި ގުޅިގެން ބޭރުގެ ފަރާތަކުން ހިންގާ ކަމަކަށް ނުވަތަ އަމިއްލަ ފަރާތަކުން ދޭން ބޭނުންވާ އެއްޗެއް ގަތުމަށް ފައިސާ ދިންކަމުގައި ވިޔަސް، އެ ފައިސާ އެ އޮފީހަކަށް ބަލައިގަނެ ރަސީދެއް ދޫކުރަން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ އާއި އޮފީހުގެ މުވައްޒަފަކު ހަވާލުވެ ތަކެތި ގަނެދީ ހަދައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، 5.15 ވަނަ މާއްދާގެ (ހ) ގައި ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ ޖަމާކުރެވޭހާ ވަގުތު އޮއްވައި ލިބިއްޖެނަމަ، އެ ފައިސާއެއް ލިބޭ ދުވަހު އެފައިސާއެއް ޖަމާކުރަންޖެހޭ އެކައުންޓަކަށް ޖަމާކުރަންވާނެކަމަށް ބަޔާންކޮށްފައިވާއިރު 6.21 ވަނަ މާއްދާގެ (ހ) ގައި ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާއާއި، ޚަރަދަށް ނަގާ ފައިސާގެ ތެރެއިން ހަވާލުނުކުރެވި ހުންނަ ފައިސާއާއި، އެއްތަނުން އަނެއްތަނަށް ގެންގޮސް ގެނެސް ހަދާ ފައިސާއާއި، އަދި މި ނޫންވެސް ދައުލަތުގެ ހަވާލުގައި ބަހައްޓަންޖެހޭ ފައިސާ ބަހައްޓަންވާނީ ތިޖޫރީއެއްގައި ނުވަތަ ފައިސާ ރައްކާކުރާ ފޮށްޓެއްގައި ނުވަތަ ސްޓްރޯންގ ރޫމެއްގައި ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރުގައި ރާއްޖޭގައި ހިންގަމުން އަންނަ ޖަމިއްޔާއެއްގެ ފަރާތުން ކުޑަކުދިންގެ ހިޔާއަށް ދިން 15,000 (ފަނަރަ ހާސް) ރުފިޔާގެ ފައިސާގެ އެހީއާއި މިނިސްޓްރީގެ ފަރާތުން ހަވާލުވެފައިވާއިރު، ފައިސާ ލިބުނުކަމުގެ ރަސީދެއް ތައްޔާރުކޮށްފައި ނުވާކަމާއި، އެފައިސާ ގަވާއިދާ އެއްގޮތަށް އޮފީހުގެ ހިސާބުތަކަށް ވައްދާފައި ނުވާކަމާއި، އެކައުންޓަށް ޖަމާކޮށްފައި ނުވާކަމަށެވެ. ރިޕޯޓުގައި ބުނީ މިނިސްޓްރީން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި އެކުދިން ތިބޭ މަރުކަޒުތަކަށް ހަދިޔާ ދިނުމާއި ބަލައިގަތުމާއި ބެހޭ އުސޫލުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް ފައިސާ ބަލައިގަނެފައިވާ ކަމަށެވެ. އަދި ފައިސާ ލިބުނުތާ 6 މަސް ފަހުން މިނިސްޓްރީގެ މުވައްޒަފެއްގެ އަމިއްލަ އެކައުންޓުން ފިހާރަތަކަށް ޓްރާންސްފަރ ކޮށްގެން ތަކެތި ގަނެފައިވާ ކަމަށާއި، އެ މުވައްޒަފު ތަކެތި ގަނެފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާ ތަކެތި ގަތުމުގެ ކުރިން ނަގަން ޖެހޭ ހުއްދަތައް ހޯދުމަކާ ނުލައިކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

އިސްލާހުކުރަން ލަފާ ދިންގޮތަށް ބަލާއިރު، މިނިސްޓްރީން ހިންގާ ކަމަކަށް ނުވަތަ މިނިސްޓްރީއަށް އަމިއްލަ ފަރާތަކުން ފައިސާގެ އެހީއެއް ދީފިނަމަ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ ޖަމާކުރެވޭހާ ވަގުތު އޮއްވައި ލިބިއްޖެނަމަ، އެ ފައިސާއެއް ލިބޭ ދުވަހު އެފައިސާއެއް ޖަމާކުރަންޖެހޭ އެކައުންޓަކަށް ޖަމާކުރުމަށް ވަނީ އެދިފައެވެ. އަދި 6.21 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާއާއި، ޚަރަދަށް ނަގާ ފައިސާގެ ތެރެއިން ހަވާލުނުކުރެވި ހުންނަ ފައިސާއާއި، އެއްތަނުން އަނެއްތަނަށް ގެންގޮސް ގެނެސް ހަދާ ފައިސާއާއި، އަދި މިނޫން ވެސް ދައުލަތުގެ ހަވާލުގައި ބަހައްޓަންޖެހޭ ފައިސާ ތިޖޫރީއެއްގައި ނުވަތަ ފައިސާ ރައްކާކުރާ ފޮށްޓެއްގައި ނުވަތަ ސްޓްރޯންގ ރޫމެއްގައިމަށް ބެހެއްޓުމަށް އެދިފައިވެއެވެ.

މީގެ އިތުރުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އަމަލުކޮށްފައިވާ މައްސަލަ ބެލުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.04 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް "މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީ" އަށް ހުށަހެޅުމަށް އެދިފައިވެއެވެ. އަދި މިކަމުގައި އިހުމާލުވި މުވައްޒަފުންނާއި މެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީގެ އެޗްއާރުއެމްޑީ ކޮމިޓީއަށް ވެސް ހުށަހެޅުމަށް އެދިފައިވެއެވެ.

ޖެންޑަރ މިނިސްޓްރީ

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

20 ޖުލައި 2026

އުތުރުގެ ރަށަކަށް ނިސްބަތްވާ ނުކުޅެދުންތެރިކަން ހުންނަ ހުނަރުވެރި ޒުވާނަކު ވަޒީފާއިން ވަކިކޮށްފި

20 ޖުލައި 2026
އުތުރުގެ ރަށަކަށް ނިސްބަތްވާ ނުކުޅެދުންތެރިކަން ހުންނަ ހުނަރުވެރި ޒުވާނަކު ވަޒީފާއިން ވަކިކޮށްފި
19 ޖޫން 2026

އިޖުތިމާއީ ނިޒާމް ފެއިލްވެއްޖެ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ސަރުކާރުން ވަނީ އިހުމާލުވެފައި: އިފްހާމް

19 ޖޫން 2026
އިޖުތިމާއީ ނިޒާމް ފެއިލްވެއްޖެ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ސަރުކާރުން ވަނީ އިހުމާލުވެފައި: އިފްހާމް
16 ފެބުރުއަރީ 2026

12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް، ދޮން ބައްޕަ ޖިސްމާނީ އަނިޔާ ކުރާ މައްސަލަ އެއް ފެންމަތިވެއްޖެ!

16 ފެބުރުއަރީ 2026
12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް، ދޮން ބައްޕަ ޖިސްމާނީ އަނިޔާ ކުރާ މައްސަލަ އެއް ފެންމަތިވެއްޖެ!
11 ފެބުރުއަރީ 2026

ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ޔޫޓިއުބް އާ ޓިކްޓޮކް ހިމެނޭހެން ސޯޝަލް މީޑިއާ މަނާކުރަން ގޮވާލާ ޕެޓިޝަނެއް މަޖިލީހަށް

11 ފެބުރުއަރީ 2026
ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ޔޫޓިއުބް އާ ޓިކްޓޮކް ހިމެނޭހެން ސޯޝަލް މީޑިއާ މަނާކުރަން ގޮވާލާ ޕެޓިޝަނެއް މަޖިލީހަށް
18 ޑިސެމްބަރު 2025

21 އަހަރުގެ ފިރިހެން ކުއްޖަކު ކިޑްނެޕް ކޮށް ކޮޓަރިއެއް ގައި ބަންދު ކުރި މައްސަލައެއް، ދޮޅުމަސް ވީއިރު ވެސް މައްސަލަ ނުބެލޭ!

18 ޑިސެމްބަރު 2025
21 އަހަރުގެ ފިރިހެން ކުއްޖަކު ކިޑްނެޕް ކޮށް ކޮޓަރިއެއް ގައި ބަންދު ކުރި މައްސަލައެއް، ދޮޅުމަސް ވީއިރު ވެސް މައްސަލަ ނުބެލޭ!
24 ނޮވެމްބަރު 2025

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

24 ނޮވެމްބަރު 2025
''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''
28 ސެޕްޓެމްބަރު 2025

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

28 ސެޕްޓެމްބަރު 2025
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ
18 މާރިޗު 2025

ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

18 މާރިޗު 2025
ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި
09 އޮކްޓޯބަރު 2024

ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ

09 އޮކްޓޯބަރު 2024
ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ
04 އޮކްޓޯބަރު 2024

ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި

04 އޮކްޓޯބަރު 2024
ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް