Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕޮލިސް

21 އަހަރުގެ ފިރިހެން ކުއްޖަކު ކިޑްނެޕް ކޮށް ކޮޓަރިއެއް ގައި ބަންދު ކުރި މައްސަލައެއް، ދޮޅުމަސް ވީއިރު ވެސް މައްސަލަ ނުބެލޭ!

18 ޑިސެމްބަރު 2025 | ބުރާސްފަތި 14:12

ރ އަތޮޅަށް ނިސްބަތްވާ ފިރިހެން ކުއްޖަކު އޮކްޓޫބަރު 31 ވަނަ ދުވަހު މާލޭގައި ކިޑްނެޕް ކޮށް ކޮޓަރިއެއްގައި ބަންދުކޮށް އަނިޔާކޮށްފައިވާ މައްސަލަ ނޮވެމްބަރު 2 ވަނަ ދުވަހު ފުލުހަށް ރިޕޯޓު ކުރީ އެވެ. ކިޑްނެޕް ކުރީ ލ މާވަށު ހުނައިސް އާދަމް ކަމަށާއި އޭނާއަކީ އެއްޖިންސުން ގުޅުން ހިންގައި ސިޔާސީ ބޮޑެތި ބޭފުޅުންގެ ވީޑިއޯތައް ބްލެކްމެއިލް އަށް ބޭނުންކުރާ މީހެއް ކަމަށް ބުނެފައިވެ އެވެ. މައްސަލަ ރިޕޯޓުކުރީމާ ވަގުތުން އެކަން ކިޑްނެޕަރއަށް އެނގުމުން ފުލުހުންގެ ބައިވެރިވުމެއް ވާކަމަށް އާއިލާއިން ތުހުމަތުކުރޭ، ދޮޅުމަސް ވީއުރުވެސް މައްސަލަ އަދި ކުރިއަށްދާން ފަށައިނުވާކަން ފާހަގަކުރެ އެވެ

އަލީ ޝާހީން
އަލީ ޝާހީން | 18 ޑިސެމްބަރު 2025 | ބުރާސްފަތި 14:12
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް

ރ އަތޮޅަށް ނިސްބަތްވާ ފިރިހެން ކުއްޖަކު ކިޑްނެޕް ކޮށް ކޮޓަރިއެއް ގައި ބަންދުކޮށްގެން ގެންގުޅުނު މައްސަލަ ހެއްކާއެކު ފުލުހަށް ހުށަހެޅިތާ ދޮޅުމަސް ދުވަސް ވީއިރުވެސް އެ މައްސަލަ ކުރިއަށް ނުދަނީ ފުލުހުންގެ ބައިވެރިވުމެއް އޮތުމުން ކަމަށް އާއިލާއިން ތުހުމަތު ކޮށްފި އެވެ. 

ރާއްޖެ އެމްވީ އަށް މައުލޫމާތު ހިއްސާ ކުރަމުން އެ ކުއްޖާގެ ބައްޕަ ބުނީ، އެ ހާދިސާ ހިނގާފައި ވަނީ އޮކްޓޫބަރު 31 ވަނަ ދުވަހު ކަމަށާއި އަދި ނޮވެމްބަރު 2 ވަނަ ދުވަހު ފުލުހަށް އެ މައްސަލަ ރިޕޯޓް ކޮށްފައި ވާނެ ކަމަށެވެ. އެ ހާދިސާ ހިނގާފައިވާ ގޮތް ކިޔައިދެމުން ކުއްޖާގެ ބައްޕަ ބުނީ، އޭނާ ގެ ދެ ކުދިން  ވެސް އެވަގުތު ތިބީ މާލޭ ގައި ކަމަށާއި އެތަނުން ބޮޑު ކުއްޖާ އަކީ ޔުނިވާސިޓީގައި ކިޔަވަމުންދާ ކުއްޖެއް ކަމަށެވެ. ކިޑްނެޕް ކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރަނީ  ލ. އަަތޮޅަށް ނިސްބަތްވާ ފިރިހެނަކަށެވެ. 

Advertisement - newsAdvertisement

އެ ކުއްޖާ ކިޔައިދިން ގޮތުގައި ކަމަށް ބުނެ، ކުއްޖާގެ ބައްޕަ ބުނީ ކިޑްނެޕްކުރި ފިރިހެން މީހާ އަކީ އެއްޖިންސުން ގުޅުން ހިންގާ މީހެކެވެ. އަދި ސިޔާސީ ބޮޑެތިންނާއި އެކު ބަދު އަހުލާގީ ގުޅުން ހިނގާ ވީޑިއޯ ވެސް އޭނާ ގެންގުޅޭ ކަމަށާއި އެމީހުން އަތުން ފައިސާ ހޯދުމަށް އެ ވީޑިއޯތައް ބޭނުން ކުރާ ކަމަށް އޭނާ ބުންޏެވެ. 

މި ހާދިސާ ހިނގާފައިވަނީ އޮކްޓުބަރު 31 ވަނަ ދުވަހު ޖަނަވަރީ މަގުގައި ހުންނަ ހާޑްވެއަރ ގުދަނެއް ހުރި އިމާރާތެއްގެ ދެވަނަ ފަންގިފިލާގަ އެވެ. އެ އިމާރާތުގެ ދެވަނަ ފަންގިފިލާ ގައި ހުރި ކުޑަ ކޮޓަރިއެއް ގައި ކުއްޖާ ބަންދުކޮށް އަނިޔާ ކޮށްފައި ހުރި ނިޝާން ކުއްޖާގެ މޫނުން ފެންނަން ހުރި ވީޑިއޯތަކެއް ރާއްޖެއެމްވީއަށް ވަނީ ލިބިފަ އެވެ. އަދި އާއިލާއިން ކުއްޖާ ހޯދަން އުޅޭކަން އެނގުމުން އެކުއްޖާ އަށް ވަޅިން ބިރު ދައްކާ އެކަން ފޮރުވުމަށް އޭނާ ވަނީ މަސައްކަތް ކޮށްފައި ކަމަށްވެސް އެކުއްޖާގެ ބައްޕަ ކިޔައިދިނެ އެވެ. 

އެ ކުއްޖާގެ ބައްޕަ ބުނީ، މިކަން ފުލުހުންނަށް ރިޕޯޓު ކުރީ ނޮވެމްބަރު ދެވަނަ ދުވަހުގެ ރޭ 8:28 ގައި ކަމަށާއި އަދި ރިޕޯޓު ކުރިތާ އިރުކޮޅެއް ނުވެ އޭނާ ގެ ދަރިފުޅު ކިޑްނެޕް ކުރި މީހާ އަށް އޭނާ ގެ މައްސަލަ ރިޕޯޓު ކުރިކަން އެނގުނު ކަމަށެވެ. އެހެންވުމުގެ ސަބަބުން ފުލުހުންގެ ބައިވެރިވުމެއް މިކަމުގައި ވާކަން އެނގުނު ކަމަށް ކުއްޖާގެ ބައްޕަ ތުހުމަތުކުރެ އެވެ. 

އޭގެ އިތުރުން ހަމަ އެ ރޭ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އަށް ވެސް ގުޅާ އެމައްސަލަ ރިޕޯޓު ކޮށްފައިވާނެ ކަމަށް އޭނާ ބުންޏެވެ. މިނިސްޓްރީ އިން އެ މައްސަލަ ވަރަށް އިސްކަމެއް ދީގެން ބަލާނެ ކަމަށް ބުނެ ކުއްޖާ އަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދަނެގަތުމަށް މިނިސްޓްރީ އަށް ގެންދިޔަ ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް އޭގެ ފަހުން މިނިސްޓްރީ އިން ވެސް ނުގުޅާ ކަމަށާއި ފުލުހުން ވެސް އެ މައްސަލައިގެ އަޕްޑޭޓެއް ދޭން ވެސް ނުގުޅާ ކަމަށް އޭނާ ބުންޏެވެ. 

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް މި ނޫހުން ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް ފުލުހުންގެ މީޑިއާ އިން މައުލޫމާތު ހިއްސާ ކޮށްފައެއް ނުވެ އެވެ. ފުލުހުންގެ މީޑިއާއިން ބުނީ މި މައްސަލަ އަކީ ރިޕޯޓު ކޮށްފައިވާ މައްސަލައެއް ކަން އެނގެން ނެތް ކަމަށެވެ. އެހެން ނަމަވެސް މި ނޫހަށް ވަނީ އެ މައްސަލަ ރަޖިސްޓްރީ ކުރި ކަމުގެ ލިޔުމުގެ ކޮޕީ އެއް ލިބިފަ އެވެ. 

ރަހީނުކުރުންލ މާވަށު ހުނައިސް އާދަމްސިޔާސަތުތައްޖެންޑަރ މިނިސްޓްރީޖަނަވަރީ މަގު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 3 ސްޕާ އެއް ބަންދު ކޮށްފި

15 ޑިސެމްބަރު 2025
މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 3 ސްޕާ އެއް ބަންދު ކޮށްފި
12 ޑިސެމްބަރު 2025

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

12 ޑިސެމްބަރު 2025
މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"
24 ނޮވެމްބަރު 2025

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

24 ނޮވެމްބަރު 2025
''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''
28 ސެޕްޓެމްބަރު 2025

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

28 ސެޕްޓެމްބަރު 2025
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ
03 ޖުލައި 2025

މާލޭގެ ގެއެއްގައި ރަހީނުކޮށްފައިހުރި ބިދޭސީ ފިރިހެނެއް ސަލާމަތްކޮށްފި

03 ޖުލައި 2025
މާލޭގެ ގެއެއްގައި ރަހީނުކޮށްފައިހުރި ބިދޭސީ ފިރިހެނެއް ސަލާމަތްކޮށްފި
18 މާރިޗު 2025

ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

18 މާރިޗު 2025
ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި
09 އޮކްޓޯބަރު 2024

ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ

09 އޮކްޓޯބަރު 2024
ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ
04 އޮކްޓޯބަރު 2024

ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި

04 އޮކްޓޯބަރު 2024
ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި
04 އޮކްޓޯބަރު 2024

މިނިސްޓަރު އައިޝަތު ޝިހާމަށް ބޮޑެތި ތުހުމަތުތަކެއް ''ނަފްސާނީ ގޮތުން މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ ދީފި''

04 އޮކްޓޯބަރު 2024
މިނިސްޓަރު އައިޝަތު ޝިހާމަށް ބޮޑެތި ތުހުމަތުތަކެއް ''ނަފްސާނީ ގޮތުން މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ ދީފި''
18 ސެޕްޓެމްބަރު 2024

މީހަކު ރަހީނުކޮށް އޭނާލައްވާ މަސްތުވާތަކެތި ވިއްކާ އިނގިލި ބުރިކޮށްލި މައްސަލައިގައި އެމްއެންޑީއެފްގެ ދެ އޮފިސަރުންނާއި 3 ކުޑަކުދިން ހިމެނޭ

18 ސެޕްޓެމްބަރު 2024
މީހަކު ރަހީނުކޮށް އޭނާލައްވާ މަސްތުވާތަކެތި ވިއްކާ އިނގިލި ބުރިކޮށްލި މައްސަލައިގައި އެމްއެންޑީއެފްގެ ދެ އޮފިސަރުންނާއި 3 ކުޑަކުދިން ހިމެނޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް