Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޚިދުމަތްތައް ލާމަރުކަޒުކުރުން

ޚިދުމަތްތައް ލާމަރުކަޒުކޮށް ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: ޖެންޑަރ މިނިސްޓަރު

އިބަމައިގެ މުހިންމު ހިއްސާދާރެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތް ވެގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2022 | ހޮނިހިރު 08:41
ޖެންޑާ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ

ޖެންޑާ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ

ޚިދުމަތްތައް ލާމަރުކަޒުކޮށް ރައްޔިތުންނަށް ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް މީހުން އުޅޭ ކޮންމެ ރަށެއްގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ދ. ވާނީގައި ބޭއްވި 33 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ ޕާސިންގ އައުޓް ޕެރޭޑް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު ވިދާޅުވީ މިނިސްޓްރީގެ ޚިދުމަތްތައްފުޅާކޮށް ޚިދުމަތްތައް ލާމަރުކަޒުކޮށް ރައްޔިތުންނަށް ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް މީހުން އުޅޭ ކޮންމެ ރަށެއްގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި "އިޖުތިމާއީ ބަދަހި މަދަދުވެރިން" (އިބަމަ) އުފެއްދުމުން، އެރަށެއްގެ މުއައްސަސާތައް ގުޅިގެން ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، ޕްރިވެންޝަނަށް މަސައްކަތް ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ ފުލުހުންގެ ބައިވެރިވުމާއި އެކު ޙަވާސާގައި ތިބި ފަރާތްތައް އިތުރަށް ނިކަމެތިވިޔަ ނުދިނުމަށް އިބަމައިން ޙާސިލްކުރެވިގެންދާނެ އެންމެ މުހިންމު ތަޖުރިބާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ގިނަ މުއައްސަސާތަކެއް ތަމްސީލު ކުރާ "އިބަމަ"އިގެ މުހިންމު ހިއްސާދާރެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތް ވެގެންދާނެ ކަމަށާއި، އިބަމަގެ މަސައްކަތަކީ ދިވެހި ފުލުހުންގެ ޙިދުމަތުގެ 'ނެއިބަރހުޑް ޕޮލިސިންގ' އާއި ވަރަށް ގާތް މަސައްކަތެއް ކަމަށެވެ.

މުޅި މުޖުތަމައުގެ ރައްކާތެރިކަމާއި އޯގާތެރިކަން އޮންނާނެކަމުގެ ޔަގީންކަން ލިބިދިނުމަކީ އެއް އަމާޒުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ކޮންމެ ފަރާތަކުން ވެސް ގާނޫނު ތަންފީޒުކުރުމުގައި އިންސާނީ ހައްގާއި ކަރާމާތައް ހުރުމަތްތެރިކޮށް ހިތާ، ޚާއްސަ އެހީތެރިކަން ބޭންންވާ ފަރާތްތަކަށް އޯގާތެރިކަމާއި ކުލުނުނާއި ހަމްދަރުދީއާއެކު މުއާމަލާތްކުރަން ޖެހޭ ކަމަށެވެ. އަދި މިނިސްޓްރީގެ ބެލުމުގެ ދަށުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ބެހޭ ގާނޫނާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ތަންފީޒުކުރުމުގައި ފުލުހުންގެ ޚިދުމަތުން ދާއިމީ ގޮތެއްގައި ދެމުން ގެންދާ އެހީތެރިކަމާއި އެއްބާރުލުން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އަންހެނުންނަށް ހުރި ފުރުސަތުތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެނުން ބާރުވެރި ކުރުވުމަށާއި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށާއި ހިންގުމުގެ ދާރާއިން މަތީފަންތީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އަންހެނުން ބާރުވެރި ކުރުވުމުގެ ސްޓެރެޓެޖީގެ މުހިންމު މަސައްކަތެއް ''ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ނިމިފައިވާ ކަމަށާއި، މި އެކްޝަން ޕްލޭންގެ މަސައްކަތް މިއަހަރު ފެށިގެންދާ ކަމަށެވެ.

މީގެ އިތުރުން ގެވެށި އަނިޔާގެ ޝިކާރައަށްވާ އަންހެނުންނާއި ފިރިހެނުންނަށް ލިބޭ އަނިޔާގެ މައްސަލަތައް ތަހުގީގު ކުރުމާއި، ޕްރޮސެކިއުޝަންގެ މަސައްކަތްތައް ހަރުދަނާކުރެވި، އިންސާފު ލިބޭ ފަރާތްތަކުގެ އަދަދު އިތުރުވާނެ ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓެޖިކް ޕްލޭން 2019 – 2024 ގައި އެކުލަވާލެވިފައިވާ "ވިމަން އިން ޕޮލިސިންގ" ހަރަކާތުގެ ސަބަބުން މުޖުމައުގައި އަންހެނުންނަށް ދިމާވާ ޚާއްސަ މައްސަލަތައް، ނަމަވެސް އެހެން މީހުނާއި ހިއްސާނުކުރެވި ހުންނަ މައްސަލަތައް ފާހަގަކުރެވި އެމައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް މަގުފަހިވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކޮންމެ ދާއިރާއެއްގައި ވެސް ހަމަހަމަ ފުރުސަތު ހުޅުވާލާ އެ ފުރުސަތުތަކަށް ވާސިލްވުމަށް މަގު ފަހިކޮށްދީފިނަމަ، އަންހެނުން ސާބިތުކަން ދައްކައިދޭ ކަމަށެވެ. އަދި މަގުމަތީގެ ހަލަބޮލި މާހައުލުގައި އަންހެން ފުލުހުން ދައްކަމުންގެންދާ ނަމޫނާއަކީ މުޖުތަމައުގައި ވެސް އަންހެނުންނަށް ހުރި ފުރުސަތުތަކުގެ ހެއްކެއް ކަމަށާއި، އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ޖެންޑަރ މިނިސްޓަރު ވިދާޅުވީ ބަވަނަވެފައިވާ ދުނިޔޭގައި ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި، ގާނޫނުތަކާއި ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތަށް ދެމެހެއްޓެނިވި ތަރައްގީގެ ލަޑުދަނޑިތައް ހާސިލް ކުރުމަށާއި، ރާއްޖެއިން އެއްބަސްވެފައިވާ ބައިނަލްއަގްވާމީ މުއާޙަދާތަކުގައި އެއްބަސްވެފައިވާ ގޮތަށް އަމަލު ކުރުމަށް ކަމަށެވެ.

ޖެންޑަރ މިނިސްޓްރީމިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ

ކޮމެންޓް

އިތުރަށް ކިޔާލަން

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

24 ނޮވެމްބަރު 2025
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

28 ސެޕްޓެމްބަރު 2025
ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

18 މާރިޗު 2025
ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ

ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ

09 އޮކްޓޯބަރު 2024
ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި

ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި

04 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު