Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖެންޑަރ މިނިސްޓްރީގެ އޮޑިޓް

ޖެންޑަރ އިން 2019 އާއި 2020 ވަނަ އަހަރުގެ މާލީ ބަޔާންތައް އޮޑިޓުކުރުމަށް ހުށަހަޅާފައިނުވޭ

މާލީ ބަޔާން ހުށަހެޅުމަށް އެކިފަހަރުމަތިން ވަނީ އަންގާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 11 ފެބުރުއަރީ 2022 | ހުކުރު 09:48
ޖެންޑަރ މިނިސްޓްރީ

ޖެންޑަރ މިނިސްޓްރީ

ޖެންޑަރ މިނިސްޓްރީން 2019 އާއި 2020 ވަނަ އަހަރުގެ މާލީ ބަޔާންތައް އޮޑިޓުކުރުމަށް ހުށަހަޅާފައި ނުވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ޖެންޑަރ މިނިސްޓްރީގެ 2020 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައިވާގޮތުން، ދައުލަތުގެ ކޮންމެ މަސްއޫލު އޮފީހެއްގައި، އެ ގާނޫނުގެ ދަށުން ކަނޑައަޅާ ޒިންމާދާރުވެރިޔާ، ކޮންމެ މާލީ އަހަރެއް ނިމޭތާ ތިން މަސް ދުވަހުގެ ތެރޭގައި، އެ މާއްދާގައި ބަޔާންކުރާ މާލީ ހިސާބުތަކާއި އެ އޮފީހުން ހިންގި ކަންތައްތަކުގެ ރިޕޯޓް ހިމަނައިގެން، އަހަރީ ރިޕޯޓެއް ތައްޔާރުކޮށް އޮޑިޓަރ ޖެނެރަލަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

މި މާލީ ބަޔާންތައް ތައްޔާރުކުރާނީ "އިންޓަނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަރޑް: ފައިނޭންޝަލް ރިޕޯޓިންގ އަންޑަރ ދަ ކޭޝް ބޭސިސް އޮފް އެކައުންޓިންގ" އޮނިގަނޑާ އެއްގޮތަށް ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 15.03 ވަނަ މައްދާގައި ބަޔާންކޮށްފައިވެއެވެ . ނަމަވެސް، މިނިސްޓްރީގެ 2020 ވަނަ އަހަރުގެ ބަޖެޓުން ޚަރަދުކުރި ގޮތުގެ ބަޔާނާއި، 2020 ވަނަ އަހަރު މިނިސްޓްރީއަށް ލިބުނު އާމްދަނީ އާއި ހިނގި ޚަރަދުގެ ބަޔާން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 15.03 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އޮނިގަނޑާ އެއްގޮތަށް ތައްޔާރުކޮށް، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އެ މާއްދާގައި ބުނާ މުއްދަތުގައި އޮޑިޓަރ ޖެނެރަލް އަށް ހުށަހަޅާފައި ނުވާ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ،

މީގެ އިތުރުން، 2019 ވަނަ އަހަރުގެ މާލީ ބަޔާންތައް ވެސް ހުށަހަޅާފައި ނުވާތީ، ގަވާއިދާ އެއްގޮތަށް މާލީ ބަޔާންތައް ތައްޔާރުކޮށް ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަހެޅުމަށް އެކިފަހަރުމަތިން މިނިސްޓްރީއަށް އަންގާފައިވީ ނަމަވެސް، މިކަމަށް ސަމާލުކަންދީ މާލީ ބަޔާންތައް ތައްޔާރުކޮށް ހުށަހެޅުމަށް ސަމާލުކަން ދީފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މިނިސްޓްރީގެ މާލީ ބަޔާންތައް އޮޑިޓަރ ޖެނެރަލަށް ހުށަހަޅާފައި ނުވުމުގެ ސަބަބުން، 31 ޑިސެންބަރު 2020 ގެ ނިޔަލަށް ނިމުނު މާލީ އަހަރުގެ، މިނިސްޓްރީގެ މާލީ ބަޔާންތަކުގެ އޮޑިޓް ކުރެވިފައިނުވާ ކަމަށް ބުނެފައި ވެއެވެ.

އިސްލާހުކުރަން ލަފާ ދިންގޮތަށް ބަލާއިރު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 15 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އޮނިގަނޑާ އެއްގޮތަށް މާލީ ބަޔާންތައް ތައްޔާރުކުރުމަށްފަހު ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ކޮންމެ މީލާދީ އަހަރެއް ނިމޭތާ ތިން މަސްދުވަހުގެ ތެރޭގައި އެ ގާނޫނުގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓާއެކު، އޮޑިޓަރ ޖެނެރަލަށް ހުށަހެޅުމަށް އަންގާފައިވެއެވެ.

ޖެންޑަރ މިނިސްޓްރީއޮޑިޓަރ ޖެނެރަލް އޮފީސް

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

24 ނޮވެމްބަރު 2025
''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
28 ސެޕްޓެމްބަރު 2025

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

28 ސެޕްޓެމްބަރު 2025
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ
28 ސެޕްޓެމްބަރު 2025

އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

28 ސެޕްޓެމްބަރު 2025
އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް
18 މާރިޗު 2025

ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

18 މާރިޗު 2025
ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު