Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަނދާނާއި ތާރީޚުގެ ތެރެއިން ފެލިދު އަތޮޅު

ހަނދާނާއި ތާރީޚުގެ ތެރެއިން ފެލިދު އަތޮޅު ފޮތް ޖެންޑަރ މިނިސްޓަރު ނެރެދެއްވައިފި

މިފޮތް ސްކޫލު ކުދިންނަށް ވަރަށް މުހިންމު

އަމްނާ އިމާދު
އަމްނާ އިމާދު | 9 ފެބުރުއަރީ 2022 | ބުދަ 03:59
ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ފެލިދޫ އަބްދުލް އަޒީޒު އިބްރާހިމާއި ޖެންޑާ މިނިސްޓަރު ޢާއިޝަތު މުޙައްމަދުދީދީ

ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ފެލިދޫ އަބްދުލް އަޒީޒު އިބްރާހިމާއި ޖެންޑާ މިނިސްޓަރު ޢާއިޝަތު މުޙައްމަދުދީދީ

ހަނދާނާއި ތާރީޚުގެ ތެރެއިން ފެލިދު އަތޮޅު މިނަމުގައި ފެލިދޫ އަބްދުލް އަޒީޒު އިބްރާހިމް (ފެލިދޫ އަޒީބެ) ލިޔުއްވާފައިވާ ފޮތް، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ނެރެދެއްވައިފިއެވެ.

ފެލިދެ އަތޮޅު، އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ފޮތް ނެރެދެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ، ފުރަތަމަ ވެސް މިފޮތް ހުޅުވާލުމާއިއެކު ފޮތް ކިޔުމަށް ޝައުޤުވެރިކަން އުފެދުނު ކަމަށާއި، މިފޮތް ލިޔުއްވި ފެލިދޫ އަބްދުލް އަޒީޒު އިބްރާހިމް (ފެލިދޫ އަޒީބެ) އަކީ ވަރަށް ވަރުގަދަ ޝަޚުސިއްޔަތެއް ކަމަށެވެ. އަދި މި ފޮތަކީ ވަރަށް މުހިއްމު ފޮތަކަށްވާއިރު، ސްކޫލު ނިމޭ ކޮންމެ ކުއްޖަކަށްވެސް ތާރީޚާއި ބެހޭ މައުލޫމާތު މިފޮތުގެ ޒަރީއާއިން ލިބޭނެ މަގު ފަހިކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށާއި ފޮތެއް ދިރޭނީ އެފޮތް ބޭނުން ކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިފޮތަކީ ފެލިދު އަތޮޅަށް، މި މިޖުތަމައުއަށް ބޮޑުވާ ކުދިންނަށް އަތޮޅުގެ މައުލޫމާތު އެނގި، އަތޮޅުގެ ކާބަފައިން އުޅުނު ގޮތް ދަސްވެ، ކުދިންގެ ގައިގައި މިފަދަ އަސާސްތައް އަށަގެންނެވުމަށް ވަރަށް ބޭނުންތެރި އަގުބޮޑު ފޮތެއް ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހަނދާނާއި ތާރީޚުގެ ތެރެއިން ފެލިދު އަތޮޅު މިފޮތަކީ ފެލިދު އަތޮޅުގެ ތާރީޚާއި ވަރަށް ގިނަ މައުލޫމާތު އެކި ދުވަސްވަރު މަތިން އެއް ކުރުމަށްފަހު ލިޔެފައިވާ ފޮތެކެވެ. ފޮތުގައިވާ މުހިއްމު ބައިތަކަށް ބަލާއިރު ފެލިދު އަތޮޅަށް އެކި ގޮތްގޮތުން ޚިދުމަތްކުރައްވާފައިވާ ބޭބޭފުޅުންގެ މައުލޫމާތާއި، ވ. އަތޮޅުގެ ގުދުރަތީ ސިފަތަކާއި ބެހޭ ތަފްސީލީ މައުލޫމާތު، އަދި ވ. އަތޮޅުގެ އެދުވަސްވަރުގެ އިގްތިސާދާއި، މަސްވެރިކަމުގެ ގޮތުން އެދުވަސްވަރު ކޮށްފައިވާ ބައެއް މުހިއްމު ކަންކަމާއި ބެހޭ މައުލޫމާތުގެ އިތުރުން ތާރީޚީ ގޮތުން ފެލިދު އަތޮޅުގެ ކަންކަން ދައްކުވައިދޭ ފޮޓޯތަކާއި އަދި އެ ނޫންވެސް މުހިއްމު ވަރަށް ގިނަ ތާރީޚީ ވާހަކަތައް ވަނީ ހިމަނާފައެވެ.

މިފޮތަކީ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ދުވަހުން އެއްކުރެވިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔުއްވާފައިވާ ފޮތެކެވެ. 

ޖެންޑަރ މިނިސްޓްރީ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

24 ނޮވެމްބަރު 2025
''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''
28 ސެޕްޓެމްބަރު 2025

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

28 ސެޕްޓެމްބަރު 2025
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ
18 މާރިޗު 2025

ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

18 މާރިޗު 2025
ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި
09 އޮކްޓޯބަރު 2024

ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ

09 އޮކްޓޯބަރު 2024
ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ
04 އޮކްޓޯބަރު 2024

ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި

04 އޮކްޓޯބަރު 2024
ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު