Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކިނބޫ ދޫކޮށްލުން

ހަ އަހަރު ފަހުން ކިނބުލުގެ ކަރުގައި އެޅިފައި އޮތް ޓަޔަރު ނައްޓާ ކިނބޫ ދޫކޮށްލައިފި

މިކިނބުލުގެ ދިގު މިނުގައި 13 ފޫޓް ހުރޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ފެބުރުއަރީ 2022 | ބުދަ 00:17
ކިނބުލުގެ ކަރުގައި އެޅިފައިވާ ޓަޔަރު ނައްޓާލުމަށްފަހު ކިނބޫ ކޯރަށް ދޫކޮށްލަން ތައްޔާރުވަނީ

ކިނބުލުގެ ކަރުގައި އެޅިފައިވާ ޓަޔަރު ނައްޓާލުމަށްފަހު ކިނބޫ ކޯރަށް ދޫކޮށްލަން ތައްޔާރުވަނީ

ހަ އަހަރު ދުވަސްވަންދެން ކިނބުލެއްގެ ކަރުގައި އެޅިފައި އޮތް ޓަޔަރު ނައްޓާލާ ކިނބޫ ދޫކޮށްލައިފިއެވެ.

މިކިނބޫ އޮތީ އިންޑޮނޭޝިޔާގެ ސުލެވެސީގައެވެ. ކިނބުލުގެ ކަރުގައި އެޅިފައި އޮތް ޓަޔަރު ނައްޓާލީ ޖަނަވާރުން ދެކެ ލޯބިވާ ޖަނުވާރުންގެ އުޅުމާއި އެނޫންވެސް ކަންކަން ދިރާސާކުރަމުން އަންނަ އިންޑޮނޭޝިޔާގެ ރައްޔިތެއްކަމުގައިވާ ޓިލީއެވެ.

މިކިނބުލުގެ ދިގު މިނުގައި 13 ފޫޓް ހުންނައިރު ޓަޔަރުގެ ސަބަބުން އޭތި ހެދިބޮޑުވަމުން އަންނަވަރަކަށް ދަތިތައް ދިމާވެދާނެތީ އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އެކިނބޫ ހިފުމަކީ ވަރަށް އުނދަގޫކަމެކެވެ. މީގެކުރިން އޮސްޓްރޭލިއާގެ ކަމާބެހޭ މާހިރެއް ވަނީ ކިނބޫގެ ކަރުގައި އެޅިފައިވާ ޓަޔަރު ނައްޓާލުމަށް މަސައްކަތްތަކެއްކޮށްފައެވެ. ނަމަވެސް އެމަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

ކިނބުލުގެ ކަރުން ޓަޔަރު ނައްޓާލި ޓިލީ ބުނީ ކިނބޫ ހިފީ އަމިއްލައަށްކަމަށެވެ. އެކަމަށް އާންމުންގެ އެހީތެރިކަން އެދުނު ކަމަށާއި ނަމަވެސް އެމީހުން ތިބީ ބިރުންކަމަށް ޓިލީ ބުންޏެވެ.

ކިނބޫ ހިފުމަށް ދިގު ވާގަނޑެއް ބޭނުންކުރިއިރު ކިނބޫ އޭނާ ކައިރިއަށް ގެނައުމަށް ބޭނުންކުރީ ދިރި ހުރި ކުކުޅާއި އަސްދޫންޏެވެ. އެގޮތަށް އެކިނބޫ ހިފާފައި ބޭއްވިފަހުން ތިން ހަފްތާތެރޭގައި ދެފަހަރެއްގެ މަތިން ކިނބޫ ވަނީ ދޫވެފައެވެ. ނަމަވެސް ފަހުން އަނެއްކާވެސް ޓިލީ ވަނީ ކިނބޫ ހިފާފައެވެ.

ޓިލީ ބުނީ ކިނބޫ ނޫނަސް ހަރުފައަކަށްވެސް އަނިޔާވާތަން ބަލަން އޭނާއަށް ކެތްނުކުރެވޭނެ ކަމަށެވެ. އެއްވެސް ޖަނަވާރަކަށް އަނިޔާއެއް ވާނަމަ އެއަނިޔާއަކުން އެޖަނަވާރެއް ސަލާމަތްކުރާނެ ކަމަށެވެ.

2020 ވަނަ އަހަރު އިންޑޮނޭޝިޔާގެ ކަމާބެހޭ އިދާރާތަކުން ވަނީ ކިނބުލުގެ ކަރުގައި އެޅިފައިވާ ޓަޔަރު ނައްޓާލަދޭ މީހަކަށް އަގު ބޮޑު އިނާމެއްދޭނެކަން ހާމަކޮށްފައެވެ.

މިކިނބޫ ވަނީ ހަ އަހަރު ފަހުން ޓަޔަރުގެ އުނދަގުލުން ސަލާމަތްވެފައެވެ. އަދި ކިނބޫ މިހާރު ވަނީ ކޯރަށް ދޫކޮށްލާފައެވެ.

އިންޑޮނޭޝިޔާ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި
06 ޑިސެމްބަރު 2025

އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

06 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ
01 ޑިސެމްބަރު 2025

އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

01 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ
27 ނޮވެމްބަރު 2025

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި
07 ނޮވެމްބަރު 2025

ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި

07 ނޮވެމްބަރު 2025
ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު