Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓް ފޮށިތައް ގުނަނީ

ގިނަ ވޯޓު ފޮށިތައް 4:30ހާއިރު ވަނީ ގުނަން ފަށާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 5 ފެބުރުއަރީ 2022 | ހޮނިހިރު 12:35
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓް ފޮށިތައް ގުނަން ފަށައިފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 8:00ގައި ވޯޓުލުން ފަށާފައިވާއިރު، ގިނަ ވޯޓު ފޮށިތައް 4:30ހާއިރު ވަނީ ގުނަން ފަށާފައެވެ.

މިއިންތިޚާބާއި ބެހޭ ގޮތުން އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ, މި އިންތިޚާބަކީ 100 އިންސައްތަ އިންސާފުވެރި އިންތިޚާބެއް ކަމަށެވެ. އަދި ހުރިހާ އިންތިޒާމްތަކެއް ވަރަށް ފުރިހަމައަށް ގޮސްފައިވާއިރު، އިންތިޚާބަށް އަސަރުކުރާފަދަ ޝަކުވާއެއް މިހާތަނަށް ހުށަހަޅާފައިނުވާ ކަމަށެވެ.

އިންތިޚާބުގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ށ. ފޯކައިދޫއަށް ފޮނުވާފައިވާ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އޮފިޝަލުން އިންތިޚާބަށް ނުފޫޒު ފޯރުވާކަމުގެ ވާހަކަތައް ވަނީ ފެންމަތިވެފައެވެ. މީގެ އިތުރުން މާލޭ ވޯޓު ފޮށި ބަހައްޓާފައި ހުރި އިސްކަންދަރު ސްކޫލް ކުރިމައްޗަށް ގިނަ ބަޔަކު އެއްވެ ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. އެމީހުން އަޑު ގަދަކޮށް، އެއްބަޔަކު އަނެއް ބަޔަކަށް ވަގަށް ގޮވާފައިއެވެ. އަދި ވޯޓު ވިއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެސަރަހައްދުގައި ހަރަކާތްތެރިވާ ބައެއް މީހުން ތުހުމަތުކޮށްފައިވެއެވެ. އަދި ހަމަނުޖެހުން ހިންގަފާނެކަމަށް ބެލެވޭތީ އެސްއޯ ފުލުހުން އެތަނަށް ގޮސް ސްކޫލް ގޭޓް ސަރަހައްދުން މީހުން ދުރަށް ޖައްސާފައިވެއެވެ.

މީގެ އިތުރުން ވޯޓުލުމުގެ ކަންތައްތައް ކޮމަންޑޫގައި ވަރަށް އަމާންކަމާއެކު ކުރިއަށް ގެންގޮސްފައިވެއެވެ.

މި އިންތިޚާބުގައި ވާދަ ކުރަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި، ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމް އަދި އެމްއެންޕީގެ އަބްދުލްހަންނާނު އިދުރީސްއެވެ.

ކޮމަންޑޫ ދާއިރާގެ ދިރިއުޅޭ 4618 މީހުންގެ ތެރެއިން ވޯޓުލުމުގެ ހައްގު ލިބެނީ 3309 މީހުންނަށެވެ.

ށ.ކޮމަންޑޫކޮމަންޑޫ ބައި އިލެކްޝަން

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

15 އޮކްޓޯބަރު 2025
ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން
29 އެޕްރީލު 2024

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

29 އެޕްރީލު 2024
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
26 ޖޫން 2023

ށ. ކޮމަންޑޫގެ ބިން ހިއްކުގެ މަސައްކަތް ޖުލައި މަހު ނިމޭނެ: އާޒިމް

26 ޖޫން 2023
ށ. ކޮމަންޑޫގެ ބިން ހިއްކުގެ މަސައްކަތް ޖުލައި މަހު ނިމޭނެ: އާޒިމް
28 ފެބުރުއަރީ 2023

ކޮމަންޑޫގައި ވޮލަންޓިއަރ ފަޔަރފައިޓަރުން ތަމްރީނުކުރުމަށް ޕްރޮގްރާމެއް ހިންގައިފި

28 ފެބުރުއަރީ 2023
ކޮމަންޑޫގައި ވޮލަންޓިއަރ ފަޔަރފައިޓަރުން ތަމްރީނުކުރުމަށް ޕްރޮގްރާމެއް ހިންގައިފި
10 ޖެނުއަރީ 2023

3 ރަށެއްގެ ހައުސިންގ ޔުނިޓުތައް އަޅައިދޭނެ ބަޔަކު ހޯދަނީ

10 ޖެނުއަރީ 2023
3 ރަށެއްގެ ހައުސިންގ ޔުނިޓުތައް އަޅައިދޭނެ ބަޔަކު ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު