Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް

ށ. ކޮމަންޑޫގެ ބިން ހިއްކުގެ މަސައްކަތް ޖުލައި މަހު ނިމޭނެ: އާޒިމް

ކޮމަންޑޫގެ ރައްޔިތުން އެދޭ ގޮތަށް ކޮމަންޑޫގެ ބިން ރައްޔިތުންނާއި ހަވާލުކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 26 ޖޫން 2023 | ހޯމަ 08:44
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

ށ. ކޮމަންޑޫގެ ބިން ހިއްކުގެ މަސައްކަތް ޖުލައި މަހުގެ ތެރޭގައި ރައްޔިތުންނާއި ހަވާލުކުރާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ން ބުނެފިއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ކޮމަންޑޫގެ ތަރައްގީއަށް ހިންގޭ މަޝްރޫއާމެދު ބައެއް ރައްޔިތުން ސުވާލު އުފައްދާ ކަމަށެވެ. ނަމަވެސް އެމަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، ޖުލައި މަހުގެ ތެރޭގައި ބިން ހިއްކާ ނިންމާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޮމަންޑޫގެ ރައްޔިތުން އެދޭ ގޮތަށް ކޮމަންޑޫގެ ބިން ރައްޔިތުންނާއި ހަވާލުކުރާނެ ކަމަށެވެ.

އަތޮޅުތެރޭގެ އެކި ހިސާބުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ކޮންމެ މަޝްރޫއުއެއް ނިންމުމަށް ވެސް ވަކި ޕްލޭނެއް އެބަ އޮތް ކަމަށާއި، އެޕްލޭންއާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. ކޮންމެ މަޝްރޫއެއް ނިންމުމަށް ވަކި ތަރީހެއް ކަނޑައަޅާފައިވާ ކަމަށާއި، އެތާރީހަކަށް ނިންމުމަށް މަސައްކަތް ކުރާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ށ. ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ ނިމިގެންދިޔަ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އެމަޝްރޫޢުގެ ދަށުން ކޮމަންޑޫގެ ބިން ހުއްކުމާއި، ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުމުގެ އިތުރުން ކޮމަންޑޫގެ އެއްގަމުތޮށި އަދި ބަނދަރުގެ ތޮށިގަނޑު މަރާމާތުކުރުން ހިމެނެއެވެ. 

މި މަޝްރޫއުގެ ދަށުން މަތިކޮމަންޑޫން 16.7 ހެކްޓަރުގެ ބިން ހިއްކުމަަށްފަހު ދެ ކޮމަންޑޫ ގުޅާލުމަށް ހަމަޖެހިފައިވަނީ ބްރިޖަކުންނެވެ. މިއީ ދައުލަތުގެ ބަޖެޓުން 249 މިލިއަނަށް ވުރެ ގިިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 730 ދުވަހުގެ ތެރޭގައެވެ.

ކޮމަންޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް އޮތް ހައްލަކީ މަތި ކޮމަންޑޫއާއި ކޮމަންޑޫ ގުޅުވާލުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ. މީގެކުރީ ސަރުކާރުތަކުގައިވެސް ދެ ކޮމަންޑޫ ގުޅާލުމުގެ ވާހަކަތައް ވަނީ ދައްކާފައެވެ.

ށ.ކޮމަންޑޫއާދަމް ޢާޒިމްއެމްޓީސީސީ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
15 ނޮވެމްބަރު 2025

ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް

15 ނޮވެމްބަރު 2025
ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް
15 ނޮވެމްބަރު 2025

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް

15 ނޮވެމްބަރު 2025
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު