Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ށ. ކޮމަންޑޫ

ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް މިފަހަރު ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2025 | ބުދަ 07:08
ށ.ކޮމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ށ.ކޮމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ށ.ކޮމަންޑޫ އެއަރޕޯޓުގެ މަޝްރޫއު ގިނަވަގެން 30 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މިޔަގީންކަން ދެއްވީ، އަންގާރަ ދުވަހުގެ ރޭ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވަނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އާ ހަވާލުކުރައްވައިގެން ކުރިއަށް ގެންދަވާ ބިންހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުމުގެ ކަންކަން ހިނގަމުންދާނެ ގޮތުގެ ތަފްސީލުތައްވެސް ހިއްސާކުރައްވާފައެވެ.

Advertisement - newsAdvertisement

ކޮމަންޑޫގައި އެއަރޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކުމަށް އަމަލީގޮތުން ކުރަންޖެހޭ މަސައްކަތްތައް ފެށިފައިވާއިރު، އެންމެ ލަސްވެގެން 8 މަސްދުވަހުގެ ތެރޭގައި ބިންހިއްކުމުގެ މަސައްކަތް ނިމޭނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވިއެވެ. އެމްއޭ.ސީއެލުން ބިންހިއްކުމުގެ މަޝްރޫއުތައް ކުރިއަށްގެންދަނީ، އެރޮނގުން ކުރިއަރާފައިވާ، އެންމެ ފެންވަރު ރަނގަޅު، ބޭރުގެ 2 ކުންފުންޏަކާއެކު ހެދިފައިވާ އެއްބަސްވުންތަކުގެ ދަށުން ކަމަށާ، ގާތްގަނޑަކަށް 11،000 ޓަނުގެ ޑްރެޖަރެއް މިމަސް ނިމޭއިރު ރާއްޖެ ގެނެވޭނެކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 3 ވަނަ ހަފުތާގެ ތެރޭގައި 40000 ޓަނުގެ ޑްރެޖަރެއް ރާއްޖެ ގެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ޑްރެޖަރު މަސައްކަތް ކުރާނީ ރަސްމާލޭގައި ކަމަށާ، 3 ވަނަ ޑްރެޖަރު ޑިސެމްބަރު މަހުގެ ތެރޭގައި ގެނަސް، ހއ. ދިއްދޫގެ ޕްރޮޖެކްޓު 3 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށްފަހު ދެން ފަށާނީ ށ. ކޮމަންޑޫ އެއަރޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ކަމުގައި ވިދާޅުވެ، މަޝްރޫއުގެ ތަފްސީލުތައް، ރައީސް މުއިއްޒު ހިއްސާކުރެއްވިއެވެ.

އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫ އަކީ ކޮމަންޑޫއަށް އެންމެ މުހިންމު މަޝްރޫއުކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވާހަކަފުޅު ދެއްކެވިއިރު، 28 ފެބްރުއަރީ 2024 ގައި ވެސް އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވަނީ އެއަރޕޯޓު އަޅައިދޭނެ ޔަގީންކަން ދެއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، 2024 ވަނަ އަހަރުގެ ތެރޭގައި، ބޮޑެތި ހުރިހާ ކަމެއް ނިންމައިދީ، ދެންހުރި ކަންކަންވެސް 2025 ވަނަ އަހަރުގެ ތެރޭގައި ނިންމައިދޭނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް 2024 ވަނަ އަހަރު ނިމި، 2025 ވަނަ އަހަރު ނިމެންދާއިރު، އެރަށުގައި ތަރައްގީގެ ބޮޑު އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށިފައިނުވެއެވެ.

މިއަހަރު ވެސް ވައުދުފުޅުތައް ތަކުރާރުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، 2026 ވަނަ އަހަރު ކޮމަންޑޫގައި 50 ހައުސިންގް ޔުނިޓް ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ. އަދި، އަންނަ އަހަރުގެ ކުރީކޮޅު، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ރަށުގެ ސްކޫލުގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށްގެންގޮސްދެއްވާނެ ކަމަށާ، ހަމައެއާއެކު އަހަރުގެ ކުރީކޮޅު، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތްތައް ފެށޭނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވިއެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވަނީ، 2025 ވަނަ އަހަރު ނިމުމުގެ ކުރިން ކޮމަންޑޫގައި ޑައެލަސިސް ޚިދުމަތް ގާއިމު ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމަވައިދެއްވައި، އެނޫންވެސް އެކި ދާއިރާތަކުން ރަށަށް ބޭނުންވާ މުހިންމު ތަރައްގީ ހޯއްދަވައި ދެއްވާނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިގެން، އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ހަގީގަތަކަށް ހައްދަވައިދެއްވައި، ރައްޔިތުންނާ ހިސާބަށް އެކަންކަން ގެނެސް ދެއްވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ތަކުރާރުކޮށްދެއްވާފައެވެ.

ރައީސް މުއިއްޒުހައުސިންގ ޔުނިޓްށ.ކޮމަންޑޫ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު