Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަކީޑް ފުޓްސަލް ފިއެސްޓާ

އަކީޑް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ބާރަނައާއި ކަޅުއޮށްފުންމިއަށް

8 ޓީމްގައި 76 ކުޅުންތެރިން ކުޅުނު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 10 ޖުލައި 2022 | އާދީއްތަ 06:30
ގްރޭޑް 2-5 ކެޓަގަރީގެ ޗެމްޕިއަން ޓީމް

ގްރޭޑް 2-5 ކެޓަގަރީގެ ޗެމްޕިއަން ޓީމް

ށ.ކޮމަންޑޫ އަކީޑް ޖަމްއިއްޔާއިން އެރަށުގައި ކުރިއަށްގެންދިޔަ "އަކީޑް ކިޑްސް ފުޓްސަލް ފިއެސްޓާ" ގެ ޗެމްޕިއަންކަން ކަޅުއޮށްފުންމި އާއި އެފްސީ ބާރަނަ ހޯދައިފިއެވެ.

ފިއެސްޓާގެ ގްރޭޑް 2-5 ގެ ދަރިވަރުންނަށް އަމާޒުކުރި ކެޓގަރީން ޗެމްޕިއަންކަން ހޯދީ ކަޅުއޮށްފުންމިއެވެ. އެޓީމް ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް 2-2 ން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 7-6 ން ކުރިހޯދައިގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ކަޅުއޮށްފުންމި ޓީމްގެ ލޫކް ޝަމީމްއެވެ. އެންމެގިނަ ލަނޑު ޖަހައިގެން ދެ ކުޅުންތެރިއަކު ރަންބޫޓް ޙިއްޞާކުރިއެވެ. އެއީ މާކިލި ޓީމްގެ ރާކިން އަހުމަދު ފަހުމީއާއި, ފުއްޓަރު ޓީމްގެ ޝައިމް ޝަރީފްއެވެ. މިކެޓަގަރީގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ފުއްޓަރުގެ ޓީމްގެ ޝައިމް ޝަރީފް, ކަޅުއޮށްފުންމިގެ އަބުދުالله އައިކް, ލޫކް ޝަމީމް, އަޒީން އިބްރާހީމް އަދި މާކިލި ޓީމްގެ ރާކިން އަހުމަދު ފަހުމީއެވެ. މިކެޓަގަރީގެ އެންމެ މޮޅު ކުޅުންތެރިއަކީ މާކިލި ޓީމްގެ ރާކިން އަހުމަދު ފަހުމީއެވެ.

ފިއެސްޓާގައި ހިމެނޭ ގްރޭޑް 6-9 ގެދަރިވަރުންގެ ކެޓަގަރީގެ ޗެމްޕިއަންކަން އެފްސީ ބާރަނަ ހޯދީ ފައިނަލްގައި 2-0 ން އެފްސީ ނާގަބާޑި ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ބާރަނަ ޓީމްގެ މުޙައްމަދު ޝުނާން އިސްމާއީލްއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. މީގެއިތުރުން އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް ޝުނާން ހިމެނެއެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ ކިލާވަޅު ޓީމްގެ އަރީން އަރީފް, ނާގަބާޑި ޓީމްގެ އާޚިލް އަޙުމަދު, ހާއިޝް އަބުދުލްމާލިކް, އަދި ބާރަނަ ޓީމްގެ ޙުސައިން ނަޖާހުއެވެ.

މުބާރާތުގެ ކޮންމެ ކެޓަގަރީއެއްގައި ހަތަރު ޓީމް ވާދަކުރިއެވެ. ޖުމްލަ 76 ކުޅުންތެރިން 8 ޓީމްގައި ހިމެނިގެން ފިއެސްޓާގައި ކުޅުނެވެ.

ށ.ކޮމަންޑޫ

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

15 އޮކްޓޯބަރު 2025
ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން
29 އެޕްރީލު 2024

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

29 އެޕްރީލު 2024
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
26 ޖޫން 2023

ށ. ކޮމަންޑޫގެ ބިން ހިއްކުގެ މަސައްކަތް ޖުލައި މަހު ނިމޭނެ: އާޒިމް

26 ޖޫން 2023
ށ. ކޮމަންޑޫގެ ބިން ހިއްކުގެ މަސައްކަތް ޖުލައި މަހު ނިމޭނެ: އާޒިމް
28 ފެބުރުއަރީ 2023

ކޮމަންޑޫގައި ވޮލަންޓިއަރ ފަޔަރފައިޓަރުން ތަމްރީނުކުރުމަށް ޕްރޮގްރާމެއް ހިންގައިފި

28 ފެބުރުއަރީ 2023
ކޮމަންޑޫގައި ވޮލަންޓިއަރ ފަޔަރފައިޓަރުން ތަމްރީނުކުރުމަށް ޕްރޮގްރާމެއް ހިންގައިފި
10 ޖެނުއަރީ 2023

3 ރަށެއްގެ ހައުސިންގ ޔުނިޓުތައް އަޅައިދޭނެ ބަޔަކު ހޯދަނީ

10 ޖެނުއަރީ 2023
3 ރަށެއްގެ ހައުސިންގ ޔުނިޓުތައް އަޅައިދޭނެ ބަޔަކު ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު