Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އެމެރިކާގެ ހާލަތު

ކޮވިޑާއި ގުޅިގެން އެމެރިކާއިން ދަތުރުކުރުމުގައި ސަމާލުވުމަށް އެކުލަވާލި ލިސްޓުގައި 130 ޤައުމެއް

ޑިސެމްބަރު މަހުގެ މެދެއްހާ ހިސާބުން ފެށިގެން މިހާތަނަށް 60 ޤައުމަކާއި ސަރަހައްދެއް އެޤައުމުގެ ރައްޔިތުން ދަތުރުނުކުރުމަށް އެކުލަވާލާފައިވާ ލިސްޓުގައި ހިމަނާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ފެބުރުއަރީ 2022 | އަންގާރަ 02:10
އެމެރިކާގެ ކޮލޮރާޑޯ އެއަރޕޯޓް

އެމެރިކާގެ ކޮލޮރާޑޯ އެއަރޕޯޓް

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ދަތުރުކުރުމުގައި ސަމާލުވުމަށް އެމެރިކާއިން އެކުލަވާލާފައިވާ ލިސްޓުގައި 130 ޤައުމަކާއި ސަރަހައްދެއް ހިމަނައިފިއެވެ.

އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އެންމެފަހުން މިލިސްޓަށް އިތުރުކުރި ޤައުމުތަކުގެ ތެރޭގައި ކޮވިޑްގެ ކޭސްތައް މިހާރު ރިކޯޑް މިންވަރަކަށް ފެންނަމުންދާ މެކްސިކޯ، ބްރެޒިލް، ސިންގަޕޫރު، އިކުއެޑޯ، ފިލިޕީންސް އަދި ޕެރެގުއޭ ވަނީ ހިމެނާފައެވެ.

ސީޑީސީން މިޤައުމުތައް ގިންތިކޮށްފައިވަނީ ލެވެލް 4 ގައެވެ. މާނައަކީ އެޤައުމުތަކަށް ދަތުރުނުކުރާށެވެ. ޑިސެމްބަރުމަހުގެ މެދެއްހާ ހިސާބުން ފެށިގެން މިހާތަނަށް އެމެރިކާ ސަރުކާރުން 60 ޤައުމަކާއި ސަރަހައްދެއް އެޤައުމުގެ ރައްޔިތުން ދަތުރުނުކުރުމަށް އެކުލަވާލާފައިވާ ލިސްޓުގައި ހިމަނާފައިވެއެވެ. މިޤައުމުތަކަށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައިވާ މައިގަނޑު ސަބަބަކީ އޮމިކްރޯން ވޭރިއަންޓެވެ.

ސީޑީސީން ވަނީ ލެވެލް ތިނެއްގައި 11 ޤައުމަކާއި ސަރަހައްދެއް ހިމަނާފައެވެ. އެއީ ކޭސްތައް މަތި ޤައުމުތަކެވެ. އެޤައުމުތަކަށް ވެކްސިން ނުޖަހާ ތިބި އެމެރިކާ ރައްޔިތުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ބޫޓާން، ބުރޫނާއީ، ނޭޕާލް، އޮމާން ފަދަ ޤައުމުތަކެވެ.

ސީޑީސީން ލެވެލް 2 ގައި 16 ޤައުމެއް ހިމަނާފައިވެއެވެ. މާނައަކީ އެޤައުމުތަކުގެ ހާލަތު ހުރީ މެދުމިންވަރެއްގައެވެ. އަދި ލެވެލް 1 ނުވަތަ އެންމެ ދަށް ލެވެލްގައި 40 ސަރަހައްދެއް ހިމަނާފައިވެއެވެ.

އެމެރިކާއިން ވަނީ މިދިޔަ މަހު އެފްރިކާގެ 8 ޤައުމަކަށް ދަތުރުކުރުން މަނާކުރުމަށް ނޮވެމްބަރުމަހު ނިންމި ނިންމުމަށް ބަދަލު ގެނެސް އެޤައުމުތަކަށް ދަތުރުކުރުމުގެ ހުއްދަ ދީފައެވެ.

ކޮވިޑް-19އެމެރިކާ

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2025

އިރުމަތީ ޕެސިފިކް ކަނޑުގައި އެމެރިކާ އިން ދިން ހަމަލާގައި މީހަކު މަރާލައިފި

23 ޑިސެމްބަރު 2025
އިރުމަތީ ޕެސިފިކް ކަނޑުގައި އެމެރިކާ އިން ދިން ހަމަލާގައި މީހަކު މަރާލައިފި
21 ޑިސެމްބަރު 2025

އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި

21 ޑިސެމްބަރު 2025
އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި
21 ޑިސެމްބަރު 2025

ވެނެޒުއެލާ ކައިރީ އޮތް ތެޔޮ ޓޭންކަރެއް އެމެރިކާ އިން ހިފައިފި

21 ޑިސެމްބަރު 2025
ވެނެޒުއެލާ ކައިރީ އޮތް ތެޔޮ ޓޭންކަރެއް އެމެރިކާ އިން ހިފައިފި
19 ޑިސެމްބަރު 2025

ވެނެޒުއޭލާގެ ރައީސް މަދޫރޯގެ ސަރުކާރަކީ ޣައިރު ގާނޫނީި ސަރުކާރެއް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

19 ޑިސެމްބަރު 2025
ވެނެޒުއޭލާގެ ރައީސް މަދޫރޯގެ ސަރުކާރަކީ ޣައިރު ގާނޫނީި ސަރުކާރެއް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
19 ޑިސެމްބަރު 2025

އިޤްތިޞާދީ "ބޫމްް" އަކަށް ވައުދުވެ ވަޑައިގެންނެވުމާ އެކު، ޓްރަމްޕްގެ ފާޑު ކިޔުން ބައިޑަން އަށް

19 ޑިސެމްބަރު 2025
އިޤްތިޞާދީ "ބޫމްް" އަކަށް ވައުދުވެ ވަޑައިގެންނެވުމާ އެކު، ޓްރަމްޕްގެ ފާޑު ކިޔުން ބައިޑަން އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު