Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

މީގެ އިތުރުން ބައިޑަން ވިދާޅުވެފައި ވަނީ، އެމެރިކާ ރައްޔިތުން އިމާންތެރިކަމާއި، އުންމީދާ އެކު ތެދުވެ ބަޔަކަށް އެކަން ހަނދާން ކޮށްދީފި ނަމަ، އެކަންކަން ކުރެވޭނެ ކަމަށެވެ. އެއަށް ފަހު، އަހަރަމެންނަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ ކަމަށް ބައިޑަން ވިދާޅުވާން އުޅުއްވި ނަަމަވެސް، ވިދާޅުވެވުނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިގޮޓިޓް އެވެ. އެއާ އެކު ވާހަކަފުޅު ކުރިއަށް ގެންދަވައި ދެން ބައިޑަން ވިދާޅުވީ، އަހަރަމެންނަކީ ޔޫއެސް ކަމަށެވެ.

ކުރީގެ ރައީސް ޖޯ ބައިޑެން ވޮޝިންޓަން ޑީސީގައި ބޭއްވި އެލްޖީބީޓީކިޔު ހައްގުތަކާ ބެހޭ ފޯރަމެއްގައި ވާހަކަދައްކަވަނިކޮށް އެމެރިކާގެ ނަން ބުނުމުގައި ބޮޑު ގޯހެއް ހިނގައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2025 | އާދީއްތަ 03:32
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ނަން ވިދާޅުވުމުގައި ބޮޑު ގޯހެއް ހެއްދެވި، ބޮޑު ލަދުވެތިކަމަކާ ކުރިމަތިލައްވަން އެ ޤައުމުގެ ކުރީގެ ރައީސް ޖޯ ބައިޑަން އަށް ޖެހިވަޑައިގެންފި އެވެ.

ހުކުރު ދުވަހު އެމެރިކާގެ ވެރި ރަށް ވޮޝިންޓަންގައި ކުރިއަށް ދިޔަ ފޯރަމެއްގައި ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް، ބައިޑަން އަށް ވަނީ އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވިފަ އެވެ.

އުމުރުފުޅުން 83 އަހަރުގެ ބައިޑަން ދައްކަވަމުން ދިޔަ ވާހަކައިގައި ވަނީ، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އެ ވާހަކައިގެ ތެރެއިން ޖޯޝުގައި ވާހަކަ ދައްކަވަމުން ދަނިކޮށް، ބައިޑަން އަށް ވަނީ އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވިފަ އެވެ.

ގާތް ގަނޑަކަށް 20 މިނެޓުގެ އެ ވާހަކަފުޅުގައި ބައިޑަން ވިދާޅުވީ، މިހާރުގެ ސަރުކާރުން އެމެރިކާ އަށް އެތައް ދަތި ކަމެއް ކުރިމަތި ކޮށްފައިވާ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް، އެ ޙާލަތުން އެމެރިކާ އަރައިގަނެ، ކުރިއަށް ދާނެ ކަމަށާއި، އެކަމުގައި ރައްޔިތުން ތެދުވާން ޖެހޭ ކަމަށް ބައިޑަން ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ބައިޑަން ވިދާޅުވެފައި ވަނީ، އެމެރިކާ ރައްޔިތުން އިމާންތެރިކަމާއި، އުންމީދާ އެކު ތެދުވެ ބަޔަކަށް އެކަން ހަނދާން ކޮށްދީފި ނަމަ، އެކަންކަން ކުރެވޭނެ ކަމަށެވެ. އެއަށް ފަހު، އަހަރަމެންނަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ ކަމަށް ބައިޑަން ވިދާޅުވާން އުޅުއްވި ނަަމަވެސް، ވިދާޅުވެވުނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިގޮޓިޓް އެވެ. އެއާ އެކު ވާހަކަފުޅު ކުރިއަށް ގެންދަވައި ދެން ބައިޑަން ވިދާޅުވީ، އަހަރަމެންނަކީ ޔޫއެސް ކަމަށެވެ.

އެ ފޯރަމްގެ ވާހަކައިގެ ތެރެއިން ބައިޑަން އަށް އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވިފައިވާއިރު، އެމެރިކާގެ ރައީސް ކަމުގައި ބައިޑަން ހުންނެވިއިރު ވެސް މި ކަހަލަ ކަންކަން ވަނީ ހިނގައިފަ އެވެ. ޚާއްސަކޮށް ރިޔާސީ ފަހު އަހަރުގެ ތެރޭގައި، އުމުރުން ދުވަސް ވުމުގެ ސަބަބުން ބައިޑަން އަށް ވަނީ އެތައް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިވަޑައިގެންފަ އެވެ.

ޚާއްސަކޮށް 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން، ޓްރަމްޕް އާއެކު އޮތް ރިޔާސީ ބަހުސްގައި ބައިޑަންގެ ފަރާތުން ވަނީ ދަށް ޕާފޮމަންސްއެއް ފެނިފަ އެވެ. ވާހަކަ ދެއްކެވުމުގައި އިންތިހާ އަށް އުނދަގޫ ތަކެއް ކުރިމަތިވެ ވަޑައިގެންނެވިއިރު، ބައިޑަން ވިދާޅުވާ ވާހަކަ ސާފު ނުވާ ވަގުތުތައް ވެސް ބަހުސްގެ ތެރެއިން ދިޔަ އެވެ. އެކަމުގެ ސަބަބުން، ބަހުސްގައި ޓްރަމްޕް ގެންދެވީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އޭގެ ފަހުން ބައިޑަން އަށް އެތައް ޕްރެޝަރެއް ކުރިމަތިވެ ވަޑައިގެންނެވިއިރު، އެންމެ ފަހުން ބައިޑަން ނިންމެވީ އެމެރިކާގެ ރިޔާސީ ރޭހުން ވަކިވެ ވަޑައިގަތުމަށެވެ. ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވުމުގެ ކުރިން ވެސް، ބައިޑަންގެ ޞިއްޙީ ޙާލު ކޮޅާ ގުޅޭ ގޮތުން ސުވާލު ތަކެއް އުފެދިފައި ވަނިކޮށް، ބައިޑަންގެ ޑޮކްޓަރު ވަނީ އޭނާ ހުންނެވީ ޞިއްޙީ ގޮތުން ރަނގަޅު ޙާލަތެއްގައި ކަަމަށް ހާމަ ކޮށްފަ އެވެ.

ބައިޑަންގެ ރިޔާސީ ދައުރު ނިމުނު ފަހުން، މިއަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ ބައިޑަން އަށް ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާކަން ދެނެގަނެވިފަ އެވެ. އަދި ބައިޑަން ވަނީ ކެންސަރަށް ފަރުވާ ހޯއްދަވަން ވެސް ފައްޓަވައިފަ އެވެ.

މަސްދަރު: ނިއު ޔޯކް ޕޯސްޓް

ޖޯ ބައިޑަންއެމެރިކާޑިމޮކްރެޓިކް ޕާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު